ހުޅުމާލެ މެޑިކަލް ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައި ތިބޭ މުވައްޒަފުން ގިނަ އިރު މަސައްކަތް ކުރާ އިރު، އެމީހުންނަށް މުސާރަ ނުދޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއާރުސީއެމް އިން މިއަދު ހާމަކޮށްފިއެވެ.

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކޮމިޝަނުގެ ޓީމެއް ވަނީ މިދިޔަ އަންގާރަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައެވެ.

އެޗްއާރުސީއެމް އިން އެ ތަނަށް ޒިޔާރަތް ކުރުމަށް ފަހު ނެރުނު ބަޔާނެއްގައި ވަނީ ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތް ކުރުވާ ކަމަށެވެ. އެހާ ގިނަ އިރު މަސައްކަތް ކުރުވާފައި އެމުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއް ކޮމިޝަނަށް ފާހަގަކުރެވުނު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޮމިޝަނުގެ ޒިޔާރާތުގައި ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކެއްގެ ގޮތުގައި ލޮޖުކޮށް ބަލަމުންދާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަހައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވޭ ކަމަށް ވެސް ބަޔާނުގައިވެއެވެ. އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަށް އެކޮމިޝަނުން ބާރު އަޅާފައިވެއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އަދަދަށާއި، ބަލިމީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

އަދި އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމާއި، އެހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަން ވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ޒިިޔާރަތް ކުރުމުން ބަލި މީހުންނަށް އިތުރު އުނދަގޫތައް ކުރިމަތިވާ ވަރަށް ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަލޯ

    ހެވެއްނު. ހެލްތް މިނިސްޓްރީގެ ބޮޑުން އޯޓީ އަށް 80،000ރ މަހަކު ނަގާ. ކޮބައިތޯ އިންސާފު؟

    18
  2. ރައްޔަތުން

    ސަރުކާރު އޮތީ ފޭލް ވެފަ. ވާނެ ހާ ވެސް ކަމަކީ ވައްކަން ކޮއް ބައިތުލް މާލު ބަހާ ހުސްކުރުން. ރައްޔަތުން ހަނާ ވެއްޖެ

  3. Anonymous

    އިބްރާހީމް ކަލޭ އިސްތިއުފާދީ ނުވިއެއްނު.
    ހާދަ ލަދުފުޅު ކުޑައޭ.
    މިޤައުމުގެ މައިދޮރުއަށި އިންޑިޔާ އަށްދީ މަތިފަޑީގެ 5މަޤާމުގައި އިންޑިޔާގެ މީހުން ބައިތިއްބާގެން ކޮބާ ލަދުޙަޔާތް ޕުޅު

  4. Anonymous

    ޙަހަހަ.........

  5. ބީރުމީހާ

    އިންޑިއާގެ ކޮންސިއުލޭޓެއް ވީހާވެސް އަވަހަށް ހުޅުވަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީޕް ވިޕް ރޮޒެއިނާ އާދަމް އިއްޔެ ވިދާޅުވެއްޖެއެވެ. މި މީހުންނަށް މިކަން މާމުހިއްމު

  6. ނާރު

    ރައީސްގެ ޓީމު ދަރުބާރުގެއަށް ފޮނުވީމަ ކޮވިޑް ބިރުން ދަނީ
    ވުސްނާލަބަލަ އެމީހުންނަށް މުސާރަ ޑަބަލް އެތަނުގައި މީރުކޮއް ކައިގެން ކޮފޯބޮއިގެން އަބަ މަބުރޫކު ޓީމު މަޖާކޮއްފަ ބޮޑު މުސާރަ ނަގަނީ ހާހުންހާހުން ލިބޭ ވާހަކަ ބުނި މަބޫ ޓިމު ބަލު މީހުންގެ ޚިދުމަތްތެރިން ގެ ހާލު މިއެގުނީ ފަޒުނާ އެތަނަށް ދިޔާމަ އެ މީހުން އެވަރަށް ހަޅޭ ލެވީމަވެސް ކަހާތަން ހިރުވާވެސް ނުލާ މިއަދު ކޮން ހިއުމަންރައިޓްސް އެއް

  7. ނާރު

    ޓީވީތަކަން އަރާ އަނގަ ތަޅުވާލީމާ 80ހާސް ލިބޭ މޮޕްލީމާ މުސާރަ ނުލިބެނީ
    ނިކަން ކަލޭމެނަށް ކެރޭނަމަ ތިޔޮއް ޖޫރިމަނާ ކުރަމުންދާ މީހުން ފައިސާ ނުދައްކާތީ ފެސިލިޓީ ސާފުކުރަން ގެންދެބަލަ ޖޫރިމަނާ ދައްކަން ނުޖެޭގޮތަށް