ލިލީ މަގަށް ވެއްޓުނު ގަހުގެ ގޮފިތައް ނެގީ ޔާނު ސްޕީޑްގައި ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގެ ބޮޑު ގަހެއް ގޮފިތައް ބިނދިގެން ވެއްޓުމާ ގުޅިގެން މުޅި ލިލީ މަގުގައި ދަތުރު ނުކުރެވޭ ގޮތަށް އޮތީ ބަންދުވެފައެވެ.

އެ ގަސް ވެއްޓި ލިލީ މަގު އެއްކޮށް ބަންދުވެފައިވާ ފޮޓޯއަކާއި، އެ ގަހުގެ ގޮފިތައް ނަގައި، މަގު ސާފްކޮށްފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ޝުޖާއު ވިދާޅުވީ، ގަސްވެއްޓުނީ ހެނދުނު 7:00 ޖެހިހާއިރު ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން ސައިޓަށް ދިޔައީ 9:30 ގައި ކަަމަށާއި، މަގު ސާފްކޮށް ހުޅުވީ 12:30 ގައި ކަމަށެވެ.

"ސާބަހޭ އާދަމް ރަމީޒް، ތިޔަ ނިންމަލާވެއްލީ "ޔާނު"ސްޕީޑްގައި ހުރިހާ މުވައްޒަފުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން". އޭނާ ކުރެއްވި ޓްވީޓްގައި ވެއެވެ.

ޝުޖާއުގެ އެ ޓްވީޓްގައި "ޔާން" ބޭނުންކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށެެވެ. އެމަނިކުފާނުގެ ފަސް އަހަރުގައި ރާއްޖެއަށް ތަރައްގީ ގެނައުމުގެ ސްޕީޑް ވަރަށް ހަލުވިކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރާ ކަމަށް އިދިކޮޅު އިސްބޭފުޅުން ވިދާޅުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ލިލީ މަގަކީ ދެކޮޅަށް ދުއްވޭ މަގެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވގ

    ބަގެޓް ކާލި ސްޕީޑްގަތަ އެއީތަ ޔާނު ސްޕީޑަކީ

    9
    57
    • ރާނި

      2 އަހަރު ބަޖެޓް ދިރުވާލައި ހިލަމެއްވެސް ނުވޭ~

      12
      4
  2. ސާޖިދާ

    ވައްކަންވެސް ހަމަ އެސްޕީޑްގަ ދެއްތޯ

    7
    57
  3. ޗި އް ޕޭ

    ކަލޭމެން ހުރި ހާ ކަމެއް ކުރާނީ ޔާނު ސްޕީޑު ގައި@ ޓިނު ވެސް ޖަ ހާނީ ޔާނު ސްޕީޑު ގައި@

    7
    51
  4. ނާނި

    މިތާނގަ ކޮމެންޓްކުރާ އެމް ޑީ ޕީ ކުދިންނަށް ހަޖަމެއްނުވި، އެމީހުންނަށްވެސް އެނގޭ އެމީހުނަށް ކަމެއްނުވާކަން.

    60
    5
  5. ވަޖީޙް/ ފޮއްދޫ

    މި ސަރުކާރަކު ވައްކަމެއް ނުކުރާނެ.....މޮޔަވެދާނެ... ހަޖަމުވިޔަސް ނުވިޔަސް ޔާޏު ވަރެއް ނޯންނާނެ

    60
    6
    • ފާތަޅޭ

      ގާތްގަނޑަކަށް މިރާއްޖޭގެ 90% މީހުންނަކީ ވަގުން. އެކަމަކު ވެރިމީހާޔާ އޭނާގެ އަނބިންނާ ދަރިން އެކަމަށް ވަނީމަ މައްސަލައަކީ

      1
      9
  6. ނަައީމް

    ރައީސް ޔާމީން ގެނެސްދެއްވީ ބާރު ހަލުވި ސްޕީޑުގެ ތަރައްގީ މިވެރިކަމުގަ ނުވި އެކަމެއް ސާބަހޭ މާލޭ ކައުންސިލުން ތިޔަކުރާ ހިއްވަރައް

    18
    6
  7. Anonymous

    ސާބަހޭ ޝުޖާ ދަރިފުޅާ.
    ޤައުމީ ލޭ ނާރުތަކުގައި ހިނގާހާ ހިނދަކު ނުތިބެވޭނެ. ހުއްޓުވާދީ އައްޑޫ ގައި އަޅަން އުޅޭ ކޮންސްލޭޓް. ގެރިމޯދީމެންނަށް ކުޅިދައްކާލަން އެބަޖެހޭ. އިންޑިޔާގެ ތަރިކަ މުދާގަނޑެކޭ ހިވާކަހަލަ ދިވެހި ބިމަކީ. ފަހާ ފޮނުވާލަންވީ. އަވައްޓެރި ކަމުގައި ވިޔަސް ހައްދެއް އޮންނަށް ވާނެ

    13
    2
  8. ޢާދަނު

    ބޮޑުވަގު ސްޕީޑްދޯ..

    4
    13
  9. ތިރިބެ

    އެވަރު ކަމަކައް އެޓެއްޑު ވެވުނީވެސް 2:30 މިނެޓފަހުން މަސައްކަތައް 3 ގަޑ ހޭދަވީމަ ވަރައްއަވަސްކަމައް ބުނިއިރު އަހަރެމއެއްކުއްފުނިވެސް ތިޔައްވުރެއް އަވަސްވާނެ، އަދި ކުރީރޭ އަލިފާނުގެ ހާދިސާގަ އެއްމެންޑީއެފުން ރިޕޯޓުކުރިތާ 4ވަރަކައްމިނެޓުގަ ފުތަމަ ވެހިކަލު ހަރަކާތްތެރިވި ނިއްވާލައް 1 ގަޑިއިރުވެސް ނުވޭ މޭޔަރުއައިސް ބުނީ މާލަހޯ ބޯހަލާކު

    4
    4
  10. ފައިސަލް ވޭވަށް

    އެންމެ 10 މިނިޓުން އަޅުގަނޑުމެން ހުޅުމާލޭ ބޮޑަތި މަގުތައް މައްޗަށް ފަލަ ފަލަ ފިތުރޯނު ގަސް ވައްޓާލައި ނަގައި ހެދިން...އެތަކެއް ގަހެއް!!! ޓްރެފިކު ޖާމް ނޮކޮށް😊😊

  11. ބެއްޔަހުއްތު

    ތިއޮތީވާ ކަމެއްކުރެވިފަ!

    1
    2
  12. Anonymous

    އަލިފާނުގެ ހާދިސާގަ ގުޅިތާ 4 މިނިޓް ތެރޭގަ މަސައްކަތް ފަށާ އެއް ގަޑި