ކޮވިޑް-19 ޖެހިގެން މިއަދު ހަތަރު ވަނަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އެ މީހާގެ އުމުރަކީ 61 އަހަރެވެ. އެ މީހާ ނިޔާވެފައި ވަނީ މިއަދު 2:21 ގައެވެ.

ކޮވިޑްގައި މީގެ ކުރިން މިއަދު ތިން މީހަކު ވަނީ ނިޔާވެފައެވެ. އެއީ 56 އަހަރުގެ އަންހެނަކާއި، 54 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ.

މިއަދު ނިޔާވި ހަތަރު މީހާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 155 އަށް އަރާފައެެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މެދުއުމުރުގެ މީހުން ނިޔާވާ މިންވަރު މިހާރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަލާއެެއް

  ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ ގެއްލެމުން ދާއިރު އެތައް ބަޔަކު މިތިބީ ފުން ހިތާމައެއްގައި. އެކަމަކު ގައުމުގެ ވެރިން ލަވަ ކިޔުމާއި މަޖާ ކުރުމުގައި

  20
  1
 2. ރާއްޖެތެރެ މީހާ

  "ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މެދުއުމުރުގެ މީހުން ނިޔާވާ މިންވަރު މިހާރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ." އެހެނެއްކަމަކު އަދިވެސް މާސްކު ނާޅާ މީހުންނާއި ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން މަދެއްނޫނެވެ. ސަރުކާރުން ވެސް ވެކްސިން ނުޖަހާ މީހުންނާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ނެތެވެ. ވަރަށް ހިތާމަ ހުއްޓެވެ.

 3. ބެއްޔާ

  ޒުވާނުން އުޅެނީ ފުޓުބޯޅަ ހުއްޓުވައިގެން މައިމޫނާ މެންގެ ކައިރީ މުޒާހަރާ ކުރެވޭތޯވިއްޔާ ދެން މިދައްކަނީ މީހުންމަރުވަނީ ޔޯ ކިހާތާހިރު