ކޮވިޑް-19 ޖެހުނު ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ދެން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ ތ. ވިލުފުށީގެ ހަތް އަހަރުގެ އަންހެން ކުއްޖަކަށެވެ.

މިކުއްޖާއަށް ފަރުވާ ދެމުން އަންނަނީ މާލޭގައި ކަމަށާއި ކުއްޖާ މާލެ ގޮސްފައިވަނީ ކިޑްނީ ބައްޔަށް ބޭސް ކުރަން ކަމަށް އެ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސްއަށް ގުޅުއްވުމުން ވިދާޅުވީ، އެކަމާއި ބެހޭ ގޮތުން އެއްވެސް މައުލާމާތެއް އެނގިނުލައްވާ ކަމަށެވެ.

މިއީ މިރާއްޖެއިން ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އެންމެ ހަގު ކުއްޖާއެވެ.

ރާއްޖެއިން މިހާތަނަށް 60،943 މީހަކަށް ބަލި ޖެހިފައިވާއިރު، މި ބަލިން 35،365 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިވަގުތު 25،419 މީހަކަށް ބަލި ޖެހިގެން ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 270 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    شفاك الله

    50
    1
  2. احمد

    شفاك الله 🤲
    وننزل من القرآن ما هو شفاءورحمه للموء منين ولايزيدالطلمين إلا خسارا

  3. saamy

    Avas shifaa akah edhen... Enmenmves heyo duaa kohdhehvaaa...