މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރަގައި ކ. އަތޮޅު ތުލުސްދޫއަށް ރާޅު އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

އިއްޔެ އާއި މިއަދު އެރަށަށް ރާޅު އަރައި ގެއްލުންތަކެއް ވަނީ ވެފައެވެ.

އެރަށު ކައުންސިލް ރައީސް އަސްލަމް މޫސާ ވިދާޅުވީ، އެރަށަށް އިއްޔެ އާއި މިއަދު ރާޅު އަރާފައި ވަނީ ރަށުގެ ހުޅަނގު އުތުރު ފަރާތުން ކަމަށެވެ. އަދި އެ ސަރަހައްދަކީ އާއްމުކޮށް ރާޅު އަރާ ދުވަސްވަރު ރާޅު އަރާ ސަރަހައްދެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުލުސްދޫއަށް ރާޅު އަރާފައި - ފޮޓޯޅ ކައުންސިލް

އަސްލަމް ވިދާޅުވީ، ރާޅު އެރުމުގެ ސަބަބުން ހުޅަނގު އުތުރު ސަރަހައްދުގައި ދިރިއުޅޭ ފަސް ގެއަކަށް ފެން ވަން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާޅު އެރުމުގެ ކުރިން އެ ގެތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުން ބޮޑުވަރުވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަސްލަމް ފާހަގަކުރެއްވި ގޮތުގައި، ރާޅު އެރުމުގެ ސަބަބުން ގެއްލުންތައް ބަލައި އެ މައުލޫމާތުތައް ޑިޒާސްޓާއާ ހިއްސާ ކުރާނެއެވެ.

އަދި ރަށުގައި އެފަަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެރަށު ޒުވާނުންގެ ތެރޭގައި އޮންނަ ވަރުގަދަ ޓާސްކްފޯސް އާއި ކައުންސިލް ގުޅިގެން އަބަދުވަސް މަސައްކަތް ކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކ. ތުލުސްދޫއަށް ރާޅު އަރައި ގެއްލުންވެފައި - ފޮޓޯ: ކައުންސިލް

އޭނާ އިތުރަށް ވިދާޅުވިގޮތުގައި، ރާޅު އެރުމުގެ ސަބަބުން ރަށުގެ ހުޅަނގު އުތުރު ކޮންކްރީޓް ޖެޓީއަށާއި، އެރަށު އުތުރު ފަރާތުގައި ކޮންކްރީޓާއި ލަކުޑިން އަޅާފައިވާ ފާލަމަށްވެސް ވަނީ ގެއްލުންތައް ވެފައެވެ. އެގޮތުން ޖެޓީގެ ކޮންކްރީޓް ޝީޓްތައް ނައްޓައިގެން ގޮސްފައިވާއިރު، ފާލަމުގެ ލަކުޑިތައްވެސް ނައްޓައިގެން ގޮސްފައި ވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްތަކަށް ރާޅު އަރާނެ ކަމަށް މޫސުމާއި ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަބަރޭ

    ރާއްޖޭގެ ރަށްރަށުގައި ވަށައިގެން ތޮށިގަނޑު ނުލާނަމަ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ވާގޮތުން ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ރަށްތައް ގިރުމުގެ ފުރުސަތު ބޮޑުވާނެ ތިމާވެށީގެ ބައްޕަޔާ ތިމާވެށީގެ ދޮންބަފަޔަށް އެވަރު ނޭންގެނީތަ

    10
    1
  2. Anonymous

    މިހެން މިވީ ފާލަން ކޮޅުގަ ޖަހާފަ ހުރި ނުބައި އެއްޗެއްގެ ސަބަބުން!