ހުޅުމާލެ ފޭސް އެކެއްގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ދެވަނަ ކޮމްޕްލެކްސް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްުޔެ ހެނދުނު އެޗްޑީސީން ވަނީ ހުޅުމާލެ ފޭސް އެކެއްގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ފުރަތަމަ ކޮމްޕްލެކްސް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައެެވެ. އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 116 ޔުނިޓް އިމާރާތް ކުރުމަށެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ދެވަނަ ކޮމްޕްލެކްސް އިމާރާތް ކުރުމަށް އިއްޔެ ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.

ވޭޗުއަލްކޮށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސް.ޖޭ ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ. އަދި މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

އެޗްޑީސީން ވިދާޅުވީ، އެޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެއް ކަމަށެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ދެވަނަ ކޮމްޕްލެކްސް އެޅުމަށް އެސްޖޭ އާ ހަވާލުކުމަށް ބޭއްވި ރަސްމިއްޔާތު

އެގޮތުން އެ ޕްރޮޖެކްޓްގެ ތެރެއިން ޖުމްލަ 26,969.06 އަކަފޫޓޫ ހުންނަ މި ބިމުގައި 103 ޔުނިޓް އިމާރާތް ކުރެވިގެންދާނެ ކަމަށާއި އޭގެތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1987.23 ޖީ.އެސް.ޓީ ނުލައި ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތައް ކަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ.

އަދި ބާކީ 42 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތައް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވިއެެވެ.

އެޗްޑީސީން ވިދާޅުވީ، މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫޢޫތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމުމަށެވެ.

މި މަޝްރޫޢު ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި ނިއްމުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫޢުތަކެއް ހުޅުމާލޭގައި އެކޯޕަރޭޝަންގެ ފަރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް އެއްމެ ޒަމާނީ ފެންވަރުގައި ގާއިމުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް އެކުންފުނިން ދަނީކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިބިހޫރް

    ވެރިކަން ނިމެންވާއިރައް ގޭސްތައް ގިނަވާނެ..

  2. ނަން

    ކަލޯ ވަގުން ނާ މިކަން ހަވާލު ކޮއްފައި މިއޮތީ. މިއީ ދެވެރިކަމުން ކަމުންދާ ޤައުމު ދަވަމުން ދާބައެއް. މި ޖަރީމާ ކުންފުނި ހުއްޓުވޭނެ ގޮތެއް ނުވަނީބާ. މި މީހުން އަޅާތަނެއް އަވަހަކަށް ނުނިމޭނެ. 100 ގުނަ ފައިސާ ނަގާނެ. ދޫނި ރާއްޖެ ނެތް ރަގަޅުވާކަށް.

  3. ތިރިބެ

    އެސް ޖޭ ތިހާދަވަރުދަ ބައެއް ހިމެނޭ ކުއްފުންޏެކޭ ޙީވޭ އަދިވެސް މިސްކިރުގެ އެޑުވާސް 30 މިލިޔައް ނޮހޯދޭ އެކަމަކު 7ވަރަކައް އަހަުތެރޭ ރާއްޖޭގަ އެއްބޮތި ކުންފުނިތަކުގެ ތެރޭގަ