އައްޑޫ ސިޓީއަށް އިނގިރޭސިވިލާތުގެ ކޮންސިއުލޭޓެއް ބޭނުން ނުވާ ކަމަށް ނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ، އައްޑޫ އަށް އިނގިރޭސިވިލާތުގެ ކޮންސިއުލޭޓެއް ހުޅުވުމަށް އެއްވެސް ވަރަކަށް ބޭނުން ވޭތޯ މީހަކު ކުރި ޓްވީޓަކަށް ރިޕްލައި ކުރައްވަމުންނެވެ.

ރޮސްލާ ވިދާޅުވީ، އައްޑޫއަށް ކޮންސިއުލޭޓެއް ބޭނުންވާހެން އޭނާއަށް ހީނުވާ ކަމަށެވެ.

"އެހެން ނަމަވެސް އައްޑޫއަށް އަނެއްކާވެސް ޒިޔާރަތް ކުރެވޭނެ ނަމައޭ ހިތައް އަރާ. އައްޑޫ އަކީ އަހަރެން ރާއްޖެ އައި ފަހުން އަބަދުވެސް ޒިޔާރަތް ކުރަމުންދާ ތަނެއް". އޭނާ ވިދާޅުވެފައި ވެއެވެ.

ސަފީރު މިގޮތަށް ވިދާޅުވެފައިވާއިރު، އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ކުރުމުން އެކަމުގެ އަޑުތައް ވަރަށް ބޮޑަށް މި ވަނީ ގަދަވެފައެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން އެކަމަށް އަދި ގޮތެއް ނުނިންމަވައެވެ.

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރުމާއި އައްޑޫ ގިނަ ރައްޔިތުން ވަރަށް ބޮޑަށް ދެކޮޅު ކަން މީސް މީޑިއާއިން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ.

ބައެއް މީހުން ބުނަމުން ދަނީ މިއީ އައްޑޫ ރައްޔިތުން އަޅުވެތި ކުރުމުގެ ބޭނުމުގައި އިންޑިއާ އިން ކުރަން އުޅޭ ކަމެއް ކަމަށެވެ.

ކެރޮން ރޮސްލަރ އަކީ ހަމައެކަނި ދިވެހިރާއްޖެއަށް ހާއްސަކޮށް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި ކެރޮން ހަވާލުވެ ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޖާނޭ

  ޢެހެންތާވާނީވެސް. ބަޑިއަށް ބޭސްލައްވާ ތައްޔާރުކޮށް ދެނީ އިގިރޭސީން. މިހާރުވެސް ދުނިޔޭގައި ހިގާ ހުރިހާ ޓެރަރިސްޓް ހަރަކާތް ތަކެއްގެ ހެޑް އޮފީސް ހުންނާނީ އިގިރޭސި ވިލާތިގައި. މުސްލި މު ޤައުމު ތައް ބައި ކުރަނީ އިގިރޭސީން. ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމ މުންނަށް އަޒާބު ދައްކަނީވެސް އިރޭސީންނާއި އެ މެރިކާގެ އެހީތެރިކަ މާއެކުގައި. ދިވެހިރާއްޖެ ބައިކުރަންވެސް އިގިރޭސީން އެހީތެރިވާނެ. ޢެހެނަ ބަޔަކު އެ މީހުންގެ ހުވަފެން ހަޤީޤަތަކާް ހަދަންޏާ ކިހާ އުފަލެއްވާނެ.

  4
  1
 2. ބޭހޮއްކޮ

  ތިޔަ ވިދާޅުވީ ތެދުފުޅެއް. އެޒަމާން ފާއިތުވެއްޖެ. މިހާރު އެތަނަށް ބޭނުންވާނީ ޖަނަވާރުންނަށް އަޅުކަންކުރާ ވިސްނުން ހުންނަ ވައްތަރު. އިންސާނުންނަށް ޖަނަވާރުންގެ ވިސްނުން އައިމާ މިނޫން ގޮތެއް ނޯންނާނެ.

  10
  1
 3. ރާއްޖެތެރެ

  ސާބަހޭ ސަފީރު

  5
  3
 4. ހުސެން

  ކޮންސިއިލޭޓޭ ކިޔައިގެން ރާއްޖޭން ތަންތަން ވިއްކާފަ ފިލަންއުޅޭ ބައިގަނޑުގެު ހުންގާނުގައި ހުރީ ސޯލިހހހ ހު އާއި އަންނި

  10
  1
 5. ިބޯކިބާ

  އައްޑޫގެ ވާހަކަ އިހަށް ބާއްވާފަ މީނަ ރާއްޖޭގަ ހުރެގެން ކުރާކަމެއް ބަލަންވެއްޖެއެއްނު ނޫސްވެރިންވެސް. ތަރައްގީގެ މަޝްރޫއެއް ހިންގަދޭ ބައެއްނޫން، ބޭނުމެއްހިފޭވަރުގެ ލޯނެއް ހިލޭއެހީއެއް ދޭބައެއްނޫން، ގައުމުގަ ވެކްސިން ހަދައިގެން އެހެރަ ވިއްކާ ނަގަނީ، ޗައިނާ އިންޑިއާއިން ލައްކައިން ވެކްސިން ހިލޭދިންއިރު ތޯލާއެއްގެ މިންވަރުވެސް ދިއްކޮށްލީއެއްނޫން، މިވަރުބައެއްގެ ފަހަތުން ނުނެއްޓިގެން އުޅޭބަޔަކުވެސް އެބައުޅޭ އަދިވެސް.

  9
  2
  • ސަފީރް

   ތި ގޮލާ ތީ ވެލްފެއަރ ގަ އުޅޭ ގޮލަ އެއްތަ؟

 6. ޔަހޫދީ

  މިޔަ ހޫދީދައިތަވެސް މިއުޅެނީ އަޑިނޭގޭ ރޭވުމެޢް އޮތީމަދޯ 70އަ ހަރުވީމަ އެ ހެންނާ ރަށުގައި އޮވެބަލަ!

 7. ރަތްޔިތު ދޭސީ އަހަންމަދު

  މިބޭފުޅުން މިއުޅުއްވަނީ 1940 ގެ އަހަރު ތަކުތޯ ސުވާލް އެބަ އުފެދޭ އެއީ ތިޔަަ ކިޔާ ކޮންސިއުލޭޓަރ ތަކަކީ އެކޮންސިއުލޭޓަރ ހުންނަ ގައުމެއްގައި މަގުތަކުގަ ތާޅު އަޅާ ފާޙާނާ ހޮޅިއަޅާ ގޭސްހޮޅި ރިހާކުރު ހޮޅި އަޅާދޭ ތަންތައްވިއްޔާ ދުނިޔޭގެ ފަގީރު ގައުމުތަކުގައި ކޮންސިއުލޭޓރ ތައް އަޅައިގެން ތަރައްގީވެފައެއް ނޫންތޯ މިހާރު ހުންނާނީ ތިޔަ ކިޔާ އިންޑިޔާގައި ފާޙާނާ ތައްޓެއް ލޮލުން ނުދެކޭ ކިތައް މިލިޔަން މީހުން އުޅޭތޯ ބައްލަވާލަ ބައްލަވާ އައްޑޫގެ މޭޔރ ގޮދޮރުނެއް ބޯހިޔާވަހިކަމެއްނެތް ކިތައް މިލިޔަން ރައްޔިތުންތިބިދޯ ދެން މިގައުމައް ތިޔާބުނާވަރުގެ ކަންތައްތަކެއް ކޮއްދޭނީ ކޮންމެވެސް އަޑިނޭންގޭ ފައިދާތަކެއް ތިޔާ އައްޑޫ އިން ތިޔަ ކިޔާ ގައުމައް ވާނެތީ އެހެންނޫނީ ތިޠާ ވަރެއް ދައްކާ ލައިގެންނެއް ނޫލޭނެ ވައްތަރީ ސަތޯރަހަ އަތްދަށުލާ މަސް ކނޑުތަކައް ބާރުފޯރުވަން ވެދުން

 8. މިތުރާ

  ތިމީހުންގެ ހިސްޓުރީ އޮންނާނެ ވ ތަފުސީލު ކޮށް އެނގެން ، ދި އެނަކީ ،،ފޮތުގަ،،،ރޯޔަލް ޕައިރެޓުން،،،