މާލޭ ސަރަހައްދުގެ މިސްކިތައް އެރައިގެން މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގުމަށްފަހު، މިސްކިތުން ފެން ކަނޑައި މިސްކިތްތަކުގައި ތަޅުއަޅުވާފައިވާއިރު، މިސްކިތްތަކަށް އަރާފަރާތްތައް ޖޫރިމަނާ މިހާރު ކުރަން ފަށާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަ ދައްކަވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން މީސްމީޑީއާގައި މީހަކު ބުނެފައިވަނީ ބޭރުގައި އުޅުމުގެ ފާސް ލިބިގެން މިސްކިތައް އެރުމުން 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށެވެ.

ވަކިން ނަމާދު ކުރަން ވެސް މިސްކިތްތަކަށް ނޭރޭ ގޮތައް ބަންދުކުރަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ މާލޭގެ ބައެއް ގެތަކުގައި ޖާގަ ހުންނަ ގޮތުން ގޭތެރޭގައި ނަމާދު ކުރަން ދަތިތައް ހުންނާތީއެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ އިއްޔެގެ ވަގުތެއްގައި މުއްދަތެއް ނެތް ގޮތަށް އެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައެވެ.

މިދަނޑިވަޅުގައި މިސްކިތަކަށް ވަޑައިނުގެންނެވުނު ކަމުގައިވިއަސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމްމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް މިނިސްޓްރީން ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބުއްޅަ

    ހަމަ ކޮއްފާނެ ޖަރުމަނުގަ އުޅޭ ކުދިންނައް ލާރި މަދުވެގެން

    31
    1
  2. ޅ

    Geya dhaa magu matheega kuraanެ

  3. އަރީ

    މިސްކިތައް އަރައިގެން ޖޫރިމަނާ ކުރުމުން ރައްޔިތުން ރަތައް އެރީމަ ޕުރެޝަރުބޮޑުވެގެން ނެރޭ ބަޔާނެއްގަ ޖޫރިމަނާ ކުރިކަމައް އެއްބަސް ވާނެތަ؟

    10
  4. ހުސޭނުބެ

    ތިކަން ކުރަން ފަށަން ފެނޭ ތިހެންވީރު

    1
    1
  5. ސިފަ

    މިސްކިތަށް އަރައިގެން ނުކުރޭ. މިސްކަތަށް ދަނިކޮށް ދޯ ކުރަނީ. ނޫނީ ބޭރުގައި ތިބެގެން ދޯ

  6. އެބަފެނޭ

    އަހްމަދު ޢަލީ ކިޔާކުއްޖެއްގެ (ޓްވިޓާރ) ޕޯސްޓެއް 1000/- އިން ޖޫރިމާނާ ކުރިކަމަށް

    7
    1
  7. ސަޓޯ

    ކުރި .. ހަމަ ކުރާނެ... މިއީ ކޮން ބައެއް...

    10
  8. ވާނުވާ

    މިސްކިތަށް އެރުން ވަކިއުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭގޮތް ހައްދަވާދެއްވާ. މުސައްލަ އަދި މާސްކު އަޅައިގެން ނޫނީ ނަމާދު ނުކުރެވޭގޮތް ހަދާފަ ހުލުވުންމުހިމު. ޢަދި މިކަންކަމާ ހިލާފުވާމީހުނަށް ފިޔަވަޅު އަޅާނީ

  9. މުހައްމަދު

    ދޮގުވާހަކަ ނުފަތުރާ، ތީ ދޮގެއް...މިއަދު ވަކި ބަޔަކު ފުރުުގާން މިސްކިތުގަ ވަކި ޖަމާތް ހަދައިގެން މީހުން ޖެހިޖެހިގެން ތިބެ ގިނަ މީހުން މާސްކުުވެސް ނާޅާ ހުކުރު ކުރީމަ ފުލުހުން ނަސޭހަތްދިނީ އަދި ޖޫރިމަނާވެސްް ނުކުރޭ އަހަރެން މީ އެތާގަ ހުރި މީހެން.. ފުލުހުން

    2
    6
  10. ޚަޓޭ

    މުހައްމަދުު އެބުނީ ތެދުވާހަކަ،،ފުލުހުން ނަސޭހަތް ދިނީ ވަރަށް ރަގަޅު ފުލުހުން ތަކެއް އަައީ.. އެތަނަން އައީ ގަލޮޅު ޕޮލިސްގަ ޢުޅޭ ބަޔަކު، އެމީހުން ވަރަށް މިސްކިތުގެ ބޭރުގަ ތިބެފަ މަޢުލޫމާތު ނަގާފަ ދިޔައީ

    2
    1
  11. ޢަހުމަދު

    ދޮގު ނަހަދާ ޤަވާއިދާ ހިލާފާށް ހުއްދަ ނުނަގާ އުޅެންޏާ ޖޫރިމަކުރާނެ މިސްކިތާ ނަ މާދާ އަޅުވާގެން ދޮގު ނަހަދަ

    1
    1
  12. ޙަމޭ

    މިސްކިތައް އަރާގެން ޖޫރިމާނާ ކުރި މެސެޖުގެސުކްރީން ސޮޓެއް ލާބެ އަ އޭރުން ތެދުވެރިކަން އިގޭނީ

  13. Anonymous

    މިސްކިތަށް ނޭރޭނަމަ އަޅުގަނޑު ނަމާދު ކުރާނީ. މަގުމަތީގައި!! ނޫނީ ކޮންމެވެސް މައިދާނެއްގައި! ނޫނީ ރަސްފަންނާއި އާރޓިފިޝަލް ބީޗްގައި.! ނަމާދަށްހުޓައި ފުލުހުން ޖުރިމަނާކުރުމަކުން މައްސަލައެއް ނެތް!! ނަމާދު ނުކުރުމުން އެ ލިބޭ ވޭނީ ޢަޒާބުން ސަލާމަތްވާނެ!! انشاءالله