އައްޑޫ ސިޓިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.

އައްޑޫން މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން ފައްސިވި އަށް މީހަކާއި، މަރަދޫން ފައްސިވި އެކަކާއި، މީދޫން ފައްސި މީހެކެވެ.

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި 11 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިއާއެކު އެެ ސިޓީން ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު ވަނީ 93 އަށް އަރާފައެވެ.

އެ ސިޓީން ކޮވިޑް ބަލީގައި މިހާތަނަށް ދެ މީހަކު ނިޔާވެފައި ވެއެވެ.

އައްޑޫގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ހަވީރުން ފެށިގެން ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި އެއްއަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑީޑީ

    އައްޑޫގަ އައްޑޫ މީހ ހުން އުޅޭތަ އައްޑޫގަ އުޅެނީ މާލޭދަފްތަރު ބޭފުޅުން ނޫނީ ކޮންމެވެސް މާލޭ އަންހެނަކާ އިނދެގެން އެމޯހާގެ ތައްޕާހުގައިއުޅޭ މީ ހުން ތިޔައީ އިނގިރޭސިވިލާތައް ވިއްކާލަން ލަސްވެފައޮތް ތަނެއް......

    1
    2
    • ޙަސަދަ ޑީޑީ

      ރަނގަޅަށް ވިއްޔާ ކަލޭ ތިއުޅެނީ ކޮންމެވެސް މީހެއްގެ ތައްޕާހުން .