ހުއްދަ ނަގައިގެން ބޭރުގައި އުޅޭ މީހުންނަށް މިސްކިތަށް އަރާ ނަމާދު ކުރުމުގެ ފުރުސަތު ބަންދުކޮށްގެން ނުވާނެކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިގޮތަށް ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގުމަށްފަހު، މިސްކިތުން ފެން ކަނޑައި މިސްކިތްތަކުގައި ތަޅުލައި، އަދި މިސްކިތްތަކަށް އަރާފަރާތްތައް ޖޫރިމަނާ މިހާރު ކުރަން ފަށާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަ ދައްކަމުންދާތީ އެކަމާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ވަނީ މިސްކިތްތައް ބަންދުކޮށްފައިވާކަން އިއުލާން ކޮށްފައެވެ. ނަމަވެސް މިސްކިތްތައް އެރި މީހަކު ޖޫރިމަނާ ކުރިކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގު ކުރެއެވެ.

ވަކިން ނަމާދު ކުރަން މިސްކިތައް އަރާ މީހުންނަށް ވެސް މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން އިތުރަށް ވާހަކަދައްކަމުން ޑރ. އިޔާޒް ވިދާޅުވީ، މިސްކިތުގެ ފާހަނާ އިންނާއި އިސްކުރު ބަރިން ފެންކަނޑާލުމަކީ އޭގެ އުނދަގޫ ވަރަށް ގިނަ ބަޔަކަށް ކުރާނެ ކަމެއް ކަމަށެވެ.

"މިކަމުގައި ދެވަނަ ވިސްނެވުމަކަށް ދާންޖެހޭ." ޑރ.އިޔާޒް ވިދާޅުވިއެވެ.

މިއަދު މީސް މީޑިއާގައި މީހަކު ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، ބޭރުގައި އުޅުމުގެ ފާސް ލިބިގެން މިސްކިތައް އެރުމުން 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެކަމާއި ފުލުހުންގެ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން މާލޭގެ މިސްކިތްތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރީ ބުދަ ދުވަހު އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ހުއްދައާއި ނުލައި ޢާންމުން ބޭރަށް ނިކުމެއުޅުންވެސް މަނާކުރެވިފައިވާތީ، ކޮވިޑުން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭގެ މިސްކިތްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކެރެޓު ޝޭހު

  ނަމާދަކީ ގޭގަވެސް ކުރެވެން އޮންނަ އެއްޗެއް. ބޮޑުބައްޔެއް ފެތުރޭއިރު ގޭގަ ކުރުން ބުއްދިވެރީ. މިކަހަލަ ބޯހަމަނުޖެހޭ ވާހަކަ މިދއްކަނީ މާމޮޅައް ދީން ކިޔަވައިގެން ހުރި މީހެކޯ. 3އަހަރުގެ ކުއްޖަކަށްވެސް އިނގޭނެ މީކީ މިސްކިއްތަކަށް އަރާއުޅެންވީ ގަޑިއެއްނޫންކަން. އިޔާޒަކީ ޝޭހުއްނޫން ބޮޑު ސޭކެއް.

  10
  10
  • ނަން

   މިފަދަ ފިތުނަވެރި އަދި އިސްލާމްދީނާއީ ޙިލާފު ކަންތައްތައް ސަރުކާރުގެ ތެރެއިން ކުރަމުން ދާތީ ދީން ރައްކާތެރިކުރުމަށް މަސްލަހަތަށްޓަކައި އީމާން އެ ވާހަކަ ދެންނެވޭ އެގޮތަކަށް ވެސް ބަލަން ރައްކާތެރި ނުވާށޭ ނޫން އެ ވިދާޅުވީ

   10
   1
 2. އާދަމުގެދަރި

  މިސްކިތް ބަންދުކޮށްގެން ނުވާނެ. އެކަމަކު މި އިޔާޒުމެންނަކަށް މިސްކިތަށްދާއިރު ޒީނަތުގައި ހިފަން އޮންނަ އާޔަތެއް ނުފެންނަ ތާނގައި ދުނިޔޭގައި ލެއްވިހައި އެއްޗެއް ލެއްވީ ޒީނަތްތެރިކަމަށް ކަމަށް ކަމަށާއި އެއީ މިތިބަ އާދަމުގެ ދަރިން އިމްތިހާނު ކުރެއްވުމަށް ލައްވާފައި އޮތްގޮތެއް ކަމެއް އެނގިފައި އޮތްހެނެއް ހިއެއް ނުވޭ. އެހެން ނޫންނަމަ މިސްކިތަށް ދާއިރު ތިމާ ނަމާދުކުރަން ހުންނަ ތަން ޒީނަތްތެރިކުރުމަށް މުސައްލަ ގެންދިއުމާއި މާސްކުއެޅުމަށް އެންމެފަހަރަކުވެސް ގޮވާލާނެތާ!

  7
  1
 3. ފާޓޭ

  މިއަދުވެސް ވަަކި ޖަމާތް ހަދާގެން ފުރުގާން މިސްކިތުގަ ހުކުރު ކުރީ...އެހެން ހެދީމަ ފުލުހުންވެސް ދާނެ ދޯ ...ކޮށްމެ ކަމެންވެސް ގޯސް ކުަރަން ބަޔަކު އެބަތިބިވިއްޔަ

  11
  4
 4. ނާޅި

  ނަމާދު ރަގަޅީ ޖަމާޢަތުގައި މިސްކިތުގައި އަދާކޮށް ޤާއިމް ކުރުން، ކޮވިޑް ދެކެނޫން ބިރުގަންނަންވީ ، ބިރުވެތި ވާންވީ ﷲ ތައާލާ އަށް އެއީ ކޮވިޑް އާއި އެންމެހައި މަހުލޫޤުން ހަލްޤު ކުރެއްވި ފަރާތަކީ، އަދި ތިޔަ ކޮވިޑުން ރައްކާތެރިކޮށްދީ ސަލާމަތް ކޮށްދޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ، އެއީ އިންސާނުން ދިރުއްވާ މަރުގަންނަވާ ފަރާތަކީ، ބައްޔާއި ބޭހަކީ އިންސާނުން ދިރުއްވާ މަރުއްވާ އެއްޗެއް ނޫން ! ހެޔު ޢަމަލު ގިނައިން ކޮށްގެން ﷲ ގެ ރަހުމަތާއި ފުއްސެވުން ލިބޭނީ !

  2
  3
 5. ކާފަބޭ2020

  މިހެންބުނަންބޭނުންނުވިޔަސް ދެއްވިފަތުވާގެމައްޗަށް ސަރުކާރުންކުރިއަމުރުބޮލާލާޖެހީމަ ދެންއެއަށްވުރެ ހަރުކަށިވާން ޖެހުނީ ނިކަމެތިކަންލިބުނީ ގެދޮރުކުއްޔަށްހިފައިގެން މުޅިއާއިލާ ކުޑަކޮޓަރިއެއްގެތެރޭގައިދިރިއުޅޭމީހުނަށް ތިޔަބޭފުޅުންކަހަލަ ފެންވަރުރަނގަޅުބޮޑެތިކޮޓަރިތަކުގައުޅުއްބޭފުޅުންނަކަށްނޫން! ވީމާ، ޙާލަތާމެދުވިސްނާފިކުރުކުރަންނެޖެހޭތޯ؟

 6. ޢަހޫ

  ޢިއާޒުމެން އެއްލޮލުން ކަންކަން ބަލާތީ މައްސަލައަކީ .އީއާޒު ކަންބޮޑު ނުވޭތޯ ދަތް ދޮޅީގަ މާސްކް އަޅުވައިގެންނާއި މާސްކްމާސްކް ނާޅާ މިސްކިތައްމީހުން އަޜާތީ. ޢީއާޒު ކީއްތޯވާނީ

 7. ޢަހޫ

  ޢިއާޒުމެން އެއްލޮލުން ކަންކަން ބަލާތީ މައްސަލައަކީ .އީއާޒު ކަންބޮޑު ނުވޭތޯ ދަތް ދޮޅީގަ މާސްކް އަޅުވައިގެންނާއި މާސްކް ނާޅާ މިސްކިތައްމީހުން އަޜާތީ. ޢީއާޒު ކީއްތޯވާނީ ބަލިކޮންޓްރޯ ކުރުމަށް އެޅިފަހުރި ފިޔަވަޅުތަކަށް ހުރިހާއެއްމެން ތަބާވުމަކީ ކޮންކަހަލަ ކަމެއްކަން އަހުންނަށް ހަނ ދާންކޮއްދިނީޔާ.

  • .....

   ބޭފުޅާ....މާސްކު އެޅުމާއި ލޮކްޑައުން ކުރުނަކީ ހައްލެއް ނޫންކަން އަދިވެސް އެނގޭހާ ނުވަނީ ތިބޭފުޅުންގެ ބުއްދި ފުރިހަމަވެ އަރާއަރަފޯދުނު ގޮތުންތޯ....ދުނިޔޭގަ އެބަތިބި ގައުމު މާސްކެއް ނާޅާ ލޮކްޑައުން އެއް ނުކޮށް މިބަލިން ރައްކާތެރިވެފަ ތިބި ގައުމު...ބަލި އުފެދޭ ސަބަބު ބާއްވާފަ ބަލިން ރައްކާތެރިވާން އުޅުނަކަސް ކުރިއެރުމެއް ނުފެންނާނެ...މިސްކިތަށް ވަކިވަކިން އެރީމަ ގޯސްވާއިރު، ކީއްވެތޯ ފިހާރަތަކަށާއި ކެފޭ ތަކަށް ހުއްދަ ހިފައިންވިޔަސް ދާ އިރު ގޯސް ނުވަނީ....މިސްކިތް ވީމަތަ ގޯސްވަނީ....ކެއުން ބުއިން ހެން ނަމާދަކީ ވެސް ދޫކޮށްލެވޭނެ ކަމެއްނޫން މުސްލިމަކަށްް...މިކަހަލަ ވާހަކަ ދެކެވެނީ އެ ފުރުސަތު އޮންނާތީ....ދީނީ ކަންކަމަށްވުރެ ދުނިޔެވީ ކަންކަމަށް އިސްކަންދެވޭތީ...ރޫހާނީ ސަބަބުތަކަށްވުރެ މާއްދީ ސަބަބުތައް އިސްކުރާތީ....މި ބަލި މަޑުކަން އަދި މިއޮތް ވަރުން ތެޅެން ނުޖެހޭހާ ބޮޑަށް ތެޅިތެޅި ހުޅުނބު ދަނީ....ވަރަށް ބަލާފަ މިބުނަނީ...ވޭތުވެދިޔަަ ފަސް އަހަރު މަހުން މަހަށް ބެލިޔަސް މަރުވާ ރޭޓް މި ދެ އަހަރު ދަށް...ދެން އެއީ ކޮވިޑޭ ނުވަތަ ކެންސަރޭވެސް ބުނެވިދާނެ

 8. ސސ

  އެންމެ ބޭފުޅުންނޭ ﷲ މުސްތަހީލު އެއްވެސް ކަމެއް ނޯވޭ އެކަލާގެ އެކަމެއްވާށޭ އެންގުމުން ހަމަ ވަގުތުން އެކަމެއްވާނެ ގިނައިން ގިނައިން ޔަޤީން ކަމާއި އެކު ދުޢާ ކުރަންވީ އެންމެ ބޮޑު ދުޢާ އަކީ ނަމާދު އަދާކުރުން ޖަމާއަތުގައި !

 9. ލޮލް

  އިޔާޒު ކަލޭ މަހަށް ދޭބަލަ

 10. މަ އިސްމު ކަ

  ބަ އެއް ބޭ ބޭފުޅިން ކިޔަވާ ވިދާޅުވީ ފޮތުގެ ބޭރު ހަންގަނޑު ބ؟