ރާއްޖެ އިން އިތުރު 901 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 468 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 417 މީހުން، ރިސޯޓްތަކުން 11 މީހުން، ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ހަތަރު މީހުން އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ މެއި މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި މެއި މަހުގެ 04 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހަކީ ވެސް މިއަދެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4821 މީހުންނެވެ. މިއަދު ކޮވިޑަށް ކުރި ޓެސްޓްކުރި މީހުންގެ ތެރެއިން ފައްސިވެފައި ވަނީ %18.69 މީހުންނެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް މެއި މަހުގެ 05 ވަނަ ދުވަހަށް ފަހު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 24818 އަށް މަދުވެފައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ މިހާރު މަދުވަމުންނެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 252 މީހުންނަށެވެ. މިއަދަކީ މެއި މަހުގެ 11 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިހައި ބޮޑަށް މަދުވި ފުރަތަމަ ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދާން ފަށާފައި މިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    އަލްޙަމްދު ލިﷲ

    11
  2. ދޫނި

    ﷲ ގެރަޙުމަތުން މިބަލި މަޑުކަމުން މިންޖުކުރައް ވާންދޭެވެ

    11