ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި ފަރާތަކާ ޙާވާލާދީ "މިހާރު" ނޫހުން އެ މަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށް ބުނެ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް އެމްޑީޕީ އިން ނުރުހުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ނަޝީދު އަވަހަރާކޮށްލުމަށް ޓެރަރިޒަމުގެ ޙަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް، ތަޙްޤީޤުން އަދިވެސް ނުހޯދި ވާއިރު، އެ ޙަމަލަ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށެވެ. "މިގޮތުން އެ ޙަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ޙަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ޙަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ ޓެރަރިޒަމުގެ އެ ޙަމަލާ އަމާޒުވެ، އަނިޔާލިބުނު ފަރާތަށް އިލްޒާމުއަޅުވައި މިގޮތަށް ޕްރޮޕެގެންޑާ ފަތުރާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަޤާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާންކުރާ ކަމަށެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވާކަމަށް އެމްޑީޕީިން ބުންޏެވެ.

އެމްޑީޕީިން ބުނީ "މިހާރު" ނޫހުގައި ލިޔެފައިވާ ސެކިއުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ޙަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަޤީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާކަމަށެވެ. އެފަރާތުން "މިހާރު" ނޫހާ ދައްކާފައިހުރީ ސީދާ ނަޝީދުގެ ސެކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭކމަަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީން ބުނީ އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސެކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ޙައިޞިއްޔަތުން ލިބޭ ފަރާތަކުންކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

"މިއީ ވެސް މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ސެކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ސެކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއެސް މައްސަލައެއްކަމަށް ދެކެމެވެ. އެހެންކަމުން، ފޮރުވިގެންހުރެ ސެކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާއަކީ ޤައުމީ މަސްލަޙަތާ ގުޅިފައިވާ ސީރިއެސް ބޮޑު މައްސަލައަކަށްވާއިރު، އެ ޙަމަލައިގެ އަޑީގައި ތިބި ފަރާތްތަކާއި ފަންޑުކުރި ފަރާތްތައް އަދި ވެސް ނުހޯދޭއިރު، އެކި ދިމާތަކުން ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރައި، އިތުރު ސުވާލުތައް އެފެދޭ މޭރުމުން މަތިމައްޗަށް އިޙްމާލުވެ، ފުރައްސާރަކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލާކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. މޑޕ

    އެމްޑީޕީ އަކީ ނަޝީދު ގެ ތަރިކަ މުދަލެއްނޫން. މިވެސް މީ އެމްޑީޕީ ގެ ހާޑްކޯ މެމްބަރެއް،. އެކަމު ޕާޓީ ގެ ފަރާތުން ކީއްވެ ވަކި މީހެއްގެ ދިފާއުގަ އުޅެނީ. ތިދެން ތަންފުކެއް ބޮޑުވަރު. ޕާޓީގެ އެންމެން ނަކީ ވެސް ހަމަހަމަ ބައެއް. އެކަމު .

    121
    5
    • ބޭބެ

      އެމްޑީޕީގެ ވަކިބަޔަކު ކިތަންމެ ވަރަކަށް ތެޅުނަސް ނަޝީދަކަށް ދެން މިރާއްޖޭގެ ވެރިކަން ނުލިބޭނެ!!!

      39
      2
  2. ޠޮނި

    ތިޔަހެން ހަމަ ހުއްޓާލާށޭ ބުނާހާއަވަހަކަށް ކިހިނެއްތަ ހުއްޓެނީ އެއްވެސްކަމެއް.

    78
    2
  3. ކިނބޫ

    ކެކެކެ. ފުރައްސާރައޭ! ކާކު ކަލޭމެނަށް ދަސްކޮށްދިން ބަހެއް!
    ތިމާމެން މީހުނަށް ފުރައްސާރަ ކުރާއިރު އެކުރެވެނީ ފުރައްސާރަކަން ނޭނގޭ ގުނބޯލުންނަށް އެހެން ބަޔަކު ފުރައްސާރަ ކުރިޔަސް ނޭނގޭނެ. މީހުން ކިޔައިއުޅޭ ބަހެއްވީމަ ބޭނުން ކޮށްލީ އުތަ!

    126
    5
  4. ޞަބްރާ

    7 ފެބްރުއަރީ އަދި 8 ފެބްރުއަރީ ގަ ސަލާމަތީ ބާރުތަކުން ރ.ނަޝީދަށް ރައްކާތެރިކަން ނުދިންނަމަ އެދުވަހު އެތައް އަނިޔާއެއް ރ.ނަޝީދަށް ލިބޭނެ. އެކަމަކު ރ.ނަޝީދު ގައިގަ ކޫރުމެއްވެސް ނޭޅޭ. އިންސާނުންގެ ކަރާމާތައް އަރައިގަނެ މީހުން ރަހީނު ކުރާމީހަކު ވެރިކަމުގަ ނުބެހެއްޓޭނެ.

    119
    4
  5. ހާލަތު

    ކޮންކަމަކާ ރުޅިގަދަވާކަށް އެންމެންނަންވެސް އެނގޭ ނަޝީދު އުޅެނީ ސެކިއުރިޓީއެއް ފޯރުކޮށްދެވޭ ގޮތަކަށް ނޫންކަން. އެކަމަކުވެސް މިހަމަލާ ދެވުނުއިރުގެ ވީޑިއޯއިން ފެންނަ މަންޒަރުން ސެކިއުރިޓީ ރަގަޅަށް ނުބެލެހެއްޓޭކަން ހާމަވޭ.

    67
    13
  6. ކަންބަލާ

    ކީރިތި މާތްރަސޫލާ މުޙައްމަދު (ޞ) އަށް ފުރައްސާރަކޮށް މަލާމާތްކޮށް އެއްޗެހިގޮވީމާ ނޫސްބަޔާން ނެރެން ނޭނގުނު ބަޔަކު މިއަދު މިއުޅެނީ އަނެއްކާ ކީއްވެގެންބާ؟؟؟؟؟؟؟؟؟

    135
    4
  7. ޕާޕަ ޕާޕާ

    ވީމާ ތިމަނިކުފާނުގެ އެބައުޅެއެއްނުން މައްސަލައެއް.
    ރައީސަކަށަ ހުރިއިރުވެސް ބާޒާރުމަތީ ސްޓައިލަށް ވާހަކަ ދައްކާނީ.
    މަޖިލިހުގައިވެސް ހަމަ އެގޮތް.
    ޢެއްކަމެއްވެސް މީހުންބަލައިފަންނަ ގޮތަށް ކުރަން ނޭނގޭ.

    100
    2
  8. ނިޒާމު

    ކޮންބައެއް ތިބީ ރުޅިގަދަވާން ތިޔަޕާޓީ މުޅިން ހަލާކިކޮއްފޮ ދޮގާއި މަކަރާޖަހައި ލަދުންބޯފަޅައިގެން ހިނގާދާނެ މަސަލާމް...

    88
    3
  9. އެޖެންޑާ2021

    އަންނި އަކީ މީހުންނަށް އެންމެ ގިނައިން މީހުނަށް މަލާމާތް ކުރަންޏާ އެހެންމީހުންވެސް
    ކުރާނެ. އަންނި މަލާމަތް ކުރީމާ އެހެހެންމީހުންގެ
    ޢާއިލާއިން ވަރަށްގަދަރުޅިއާދެއެވެ. އަންނި ދައުލަތުން ދެމުސާރަ ނަގައިގެން އެހެންމީހުން
    ނަށް ވާމޮޅެއެއްއޮވޭތަ؟

    85
    3
  10. އައްޑޫ މީހާ

    ހަހަ ތުނޑު ހަސަނާ ކެޔޮކެއި ވަރު އެނގޭނީ ބިތުފަންގި ނެގީމަ އެވާހަކައިގެ ޒިންމާ ނަގަން ޖެހޭނީ އެވާހަކަ ދެއްކި މީހަކު ހަހަހަހަ އމޑޕ އިން ތިޔަ ފާޑުފާޑުގެ ބަޔާންތައް ނެރޭގޮތުން ކަމެއް ފޮރުވަން އުޅޭހެން ހާދަ ހީއެބަވެޔޭ ނޫނީ ކަމެއް ފަޅާ އަރަން ގާތްވީމަވެސް ތިޔަގޮތައް ބަޔާން ނެރެހަދާނެ ބައެއް މީހުން

    78
    4
  11. ޙުއްތު

    ޢަޅެ އެމްދީޕީ މީކިހިނެއް ވެގެންތަ

    46
    2
  12. ބަޅ

    ތި ބުއްޅަބޭ ދީނަށް ފުރައްސާރަކުރާތީ އަ ހަރެމެންވެސް ރުޅިގަދަވޭ

    97
    4
  13. ޚުކުންބެ

    ކެކެކެކެކެކެކެކެ ބޮޑުލާދީނީ

    75
    5
  14. މަޒް

    ނަސީދު ބަލާ 3 އެމްބިއުލާން ވަކްތުން ވަކްތަށް ބޮން ގޮއްވިތަނަށް އައިކަމަށް ބުނޭ.. ސައިކަލު އެކްސިޑެންޓްގައި ނިޔާވި ކުއްޖާ ބަލާ އައީ 14 މިނިޓުން ކަމަށް ބުނޭ.. ބޮޑުންނަށް މޮޅު ގޮތް.. ރޯޔަލް ފެމިލީ ނޫންވީމާ ދެރަގޮތް..

    78
    3
  15. އާދަމުގެދަރި

    އެބަޔަކު ކުރި ކަމެއް އެބަޔަކާ އަރާ ހަމަކުރާނެ. ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނައިން މީސްތަކުންގެ އަބުރަށް އަރައިގަތް ޕާޓީއަކަށް ތިޔަ ޕާޓީވާނެ. މީސްތަކުންނަށް ވަނަން ހެދި ޕާޓީއަކަށް ތިޔަ ޕާޓީވާނެ. ކާޅުވަހީދާއި ފިލިވަހީދާއި ގޮޅާބޯއާއި ބޮޑިބަތްޖަމީލާއި ހޮޅިމުއިއްޒު ފަދަ ހުތުރު އެތައް ނަމަކުން އެތައް ބަޔަކަށް އެއްޗެހި ގޮވައި ހެދި ޕާޓީއަކަށް ތިޕާޓީވާނެ. ދައުލަތުގެ ބާރުތަކަށް ގޮޅާފޯސް ފަދަ މަލާމާތުގެ ނަންތައް ހަދައި މަނީ މަނީ ސަރ ގޮވީވެސް ހަމަ ތިޔަޕާޓީން. މުޅި މާލޭގައި ދުންއަޅަމުން ކާޅާއި ހާލުގައި ތަވީދު އައްސައިގެން ދުވީވެސް ހަމަ ތިޕާޓީން. ކޮންމެވެސް ދުވަހަކުން ތިމާމެންނާ މިކަންކަން އަރާހަމަކުރާނެ ކަމެއް އޭރު ނޭނގުނުކަމީ ތިމާމެންގެ ކިބައިގައި ހުރި ގަމާރުކަމާއި ޖާހިލުކަން ފިޔަވައި އެހެން ދެން ކޮންކަމެއްބާ!

    114
    1
  16. ރޯ

    އެންމެ ރަނގަޅަށް ތިޔަ ޒާތުގެ ކަންކަންކުރަން އެނގޭނީ އެމްޑިޕީ ކުދިންކޮޅަށް

    82
    1
  17. ޕޮގުބަ

    އެއީ ފުރަށްސާރަ ކުރަން ނުވާވަރު މީހެއްތަ؟

    72
    4
    • މަކްރޫހް

      ފުރައްސާރަކުރުމުގެ ރޮނގުން ޕީއެޗްޑީ ހަދާފަ ތިބިބައެއް އެހެން މީހުން ފުރައްސާރަކުރާ ވާހަކަ ދެއްކުމަކީ މަކްރޫހު ކަމެއް ހެހެހެ

      19
  18. Anonymous

    ޖަލައްލާނަނަން ހުޜޭ

    53
    2
  19. ޢަބްދުﷲ

    ނަޝީދަށް ފުރައްސާރަކޮށް ޕްރޮޕެގެންޑާ ފަތުރާފައިވާކަމަށް ބުނެ އެމްޑީޕީ "ރުޅިގަދަވެއްޖެ"

    ގޮއްވާ ވާހަކަޔާ ، ފުރައްސާރާޔާ، މިއީ މިޔަދަކު އިއްޔެއަކު ކަމެއްނޫން. އެންމެ ފުރަތަމަ މިރާއްޖޭގައި ބޭއްވި ސާކްސަމިޓް ގައި ވެރިން ތިއްބަވަން ހަމަޖެހިފައިވާ ސްޓޭޖް ގޮއްވާލަން އެއްޗެއް ތައްޔާރުކޮށް ބާއްވަން ބޭނުންވިތާ އެއެތި ނުބޭއްވިގެން މާލޭ ތިލައަށް ގޮސް އޭތި ގޮއްވާލީ ކޮބަޔަކު ކަން އެނގޭބާ؟؟؟؟؟

    59
    1
  20. ާއަބްދުލް

    ޢަބްދުﷲ ތިބުނާއެއްޗެއް ގޮއްވާލީ ކޮންބައެއްކަން އިބަ ވ، ބޮޑައް ރައްޔިތުންނައް ސާފްކޮއްލަ ދޭންޖެހޭ.

    52
    2
  21. 8 ފެބް

    މުޅި ޤައުމުގައި ހުޅުޖަހާ އަންދާލީމާވެސް ހިމާޔަތާއި ރައްކާތެރިކަން ދޭންވީ ހުޅުޖެހި މީހާއަށްތަ؟ މީއީ ކޮންފަދަ ކަމެއްތަ މި ނޫނީ ދުނޮޔޭގައި ހިމާޔަތް ކުރަންޖެހޭ މީހަކު ނެތޯތަ؟

    21
  22. މޮހޮރުތަޅާ

    ފުރައްސާރަކުރާށޭ ނެތިމޮށޭށޭ ޤީބަބުނާށޭ (ރ ނސދ)ބުނެފަ ވާވީޑިއޯއެއް ފެނުނު ހަދާންވޭ ވީމާޒިމްމާ ނަގާނީކާކުބާ

    16
  23. ދާރާ

    ބަލަ ނަސީދުކީއްކުރާ ސެކިއުރިޓީއެއް؟ މުގާބޭވީމަދޯ

    16
  24. ސޮއި

    ގައުމު މިހާލަތުގައި އޮއްވައި ތިބޭފުޅާގެ ސިކުއުރިޓ ދިނުމަށްވުރެ ޖަރުމަން ހޮޓަލެއްގައި ބަހެއްޓިއްޔާ މާ ޚަރަދު ކުޑަވާނެ.
    ސިފައިންނާއި ފުލުހުން ކުރަން ބައިވަރު ކަންކަން އެބަހުރި.

    17
  25. ޕާޕަ ޕާޕާޕ

    ތިއީ މުޅިގައުމު ރެއާއި ދުވާލު ދައްކަންޖެހޭ ވާހަކައެއްނޫން.
    ނަށީދުގެ ވެރިކަމުގައި ވަޒީފާގެ ބުރާއި ކުރިނަތިލީ ކިތައްމީހުން ؟
    ޕާޓޭމެން ނިކުމެ މަރާލީ ކިތައްމީހުން.
    މިހާރު ކުރާކަމަކީ ގާނޫނުހެދުން. މީހުންގެ ހިތުތެރޭގައި އަދި ޖިސްމާނީ އަނިއާދޭ މީހުން ހިފައި ހައްޔަރު ކުރަން ކިތައް ގާނޫނުހެދއްޖެތަ ؟

    10
  26. ބިންގޯ

    ގޮޅާބޯ. ކާޅު. ގަންޖާބޯ. ބޮޑުވަގު. ކަދުރުފާތުމަ. މިބަސް ބަހަކީމިހާރު މިރާއްޖޭގަ ފުރަށްސާރަ އެއް ނޫން. މީދިވެހިބަހުގެތެރޭގަ މިހާރު ހިމެނިފަ ހުރިބަސްބަސް.

    7
    1
  27. ރަން ރީނދޫ

    ސެކިޔުރިޓީ ނުދެވޭނެ ދޯ ބޮޑު މޮޔަޔަކަށް. ހިތުން ހަކުޅި ކުރީގަ،އެކަމު ހިންނަވަރު މޯދީ އާއި އޮޅުލައި ގަތީމާވެސް ބޮއްކެއްވެސް ނާރާ އަޑިޔަށް.

    12
  28. އަބްދޫ

    ސަލްޓަން ޕާކްގަޔާއި ހެންވޭރު ދޯނި އހެ ހެލާތަނުގަ ގޮއްވީ ނަސީދު އަކީ ބައިވެރިއެއް.

  29. އަބްދޫ

    ނަސީދު ގެނުވި ދުސްތޫރީ ބަގާވާތުން ރާއްޖެ ސަލާމަތް ކުރީ 7ފެބްރުއަރީ 2012 ގާނޫނު އަސާސީ ހުއްޓިއްޖެ ކަމަށް އިއުލާންކޮށް ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށްނަގާ އަމިއްލަޔަށް ގައުމު ހިންގަން ލިޔެ ހެދީމަ އެގެނެވުނީ ދުސްތޫރީ ބަގާވާތެއް.

  30. އަބްދޫ

    ތިޔައީ ދިވެ ހިގައުމަށް ޖެހި ހިފަ ހުރި ބަލާއެއް

    14
  31. އުދަރެސް

    ނަޝީދަށް ލިބިނު އަނިޔާ ކުއްވެރި ކުރަން،، އެކަމަކު މި ނަޝީދަކީ ފައްކާ މޮޔައެއް،، އުޅެނީވެސް، ކުރަނީވެސް މޮޔައިން ކުރާ ޒާތުގެކަންތައްތައް،، މީނާ ރަނގަޅުވާނީ ގުރައިދޫގަ ހައްޔަރުކޮށްފަ ބެހެއްޓިޔާ

    15
    1
  32. ނަައީމް

    އައްނި ރާވާ ހިންގި ހަމެކޭ ބުނީމާ ކަމުނުދިޔައީ އަދީބު ކުއްވެރިޔާ ޔާމީން ބޮލައް ހުރިހާ ކަމެއްޖެހީމާ ކަމުދިޔަ މީ ތަ އިންސާފަކީ މިހެންކަންކުރާބަޔަކައް ހަމަޖެހުމެއްނުވާނެ ދޯ

    16
  33. ދަރަނި ދަންތުރަ

    ރީނދޫ ގުރޫޕު ބުރާންތިއެރީތަ ؟ މިގައުމުގައި މީހުއްނަން ފުރައްސާރަކޮށް ، މީހުން ވަގަށްނަގާ ، މީހުން ރަހީނުކޮށް ، ތަންތާ ހުޅުޖަހާ އެންދީ ތިޔަބުނާ ރޫހާނީ ލީޑަރުގެ ލީޑަސިޕުދަށުންނޫންތަ؟ ކައުއިތުރު މާތް ނަބިއްޔާއަށް ފުރައްސާރަކުރުން އެއީ ގޯހަކަށް ތިޔަ ރީނދޫ ބައިގަނޑަށްނުވޭ...

    21
  34. މަހުދީ

    މިހާރު ހަޖަމެއްނުވޭ ފްރީޑަމް އޮފް ސްޕީޗް. ކުރީގައި މައުމޫނާ އެދި ޖެހުނު މީހަކަށް އަމަޔަށް ބަފަޔަށް އަދި ވަގަށް، ކާޅަށް ގޮވުން އެމް.ޑީ.ޕީ އަށް އޯކޭ ދޯ.

  35. Anonymous

    ސާބަހޭ ''މިހާރުއޮންލައިން''.

  36. އިސްތިއުމާރު

    މިދެންކާކު؟ ދެންނޭގެ އާއްސަ މަޖިލީހުގަ ދަމާނީ ކޮން ހާސަރެއްކަމެއްވެސް

  37. ހައްގު

    އެމް.ޑީ.ޕީގެ ފަރާތުން ފުރަތަމަ ރައީސް ނަޝީދުއަށް ނަސޭހަތްތެރިވެބަލަ ރައީސަކު އުޅޭގޮތަށް އުޅުމަށާއި އެހެން މީހުންގެ ލަފާ ގަބޫލްކުރުމަށް. އެހެންމީހުންގެ ލަފާ ގަބޫލްކުރުމަކީ ހިތްތިރިކަމެއް. ރައީސް ނަޝީދުއަކީ ހުރިހާކަމެއްގައިވެސް ގޮތްދޫނުކުރައްވާ އަމިއްލަގޮތްގަނޑު އިސްކުރައްވާ ބޭފުޅެއް.

  38. ރައްޔިތު

    ދިވެހި ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި މުއައްސަސާ ތަކާއި
    ކެރިފޯރުންތެރިކަން އެންމެ މީހަކަށް ޚާއްސަ ކުރުމަކީ އެހެން
    ރައްޔިތުންނަށް ވެވޭ އިހުމާލެކެވެ މިކަމަށް ސަމާލްވުމަށް
    ސަރުކާރަށް ގޮވާލަމެވެ.

  39. ސައްފަތު

    އެމްޑީޕީ ކިތަންމެ ރުޅިގަދަވިޔަސް، ރައީސް ނަޝީދަށްވުރެ މީހުންނަށް ފުރައްސާރަކުރުން ގިނަ މީހަކު މިގައުމަކު ނުހުންނާނެ. މިގައުމުގަ ވެރިންނަށް އެންމެ ފުރަތަމަ ފުރައްސާރަކުރި މީހަކީ ރައީސް ނަޝީދު. އަދި އެހެން މީހުންނަށް އެގޮތަށް ފުރައްސާރަ ކުރަން ދަސްކޮށްދިން މީހަކީވެސް ރައީސް ނަޝީދު. ހަނދާންކުރަންޖެހޭ ކަމަކީ ތިމާ އެހެންމީހުންނަށް ފުރައްސާރަކުރާނަމަ ކޮންމެވެސް ދުވަހަކުން ތިމާއަށް ފުރައްސާރަ ކުރާނެ ބަޔަކު ނުކުމެދާނެކަން. ޙަޤީޤަތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން ދައްކާފައިވާ ވާހަކައަކީ ފުރައްސާރައެއްނޫން. އެއީ ރައީސް ނަޝީދުގެ ކިބައިގައި އެކަން ހުރިގޮތް.

  40. ޖުންދުﷲ

    ނަސީ ދަކީ ވެސް ދިވެއްސެއް، އެއަށް ވުރެ މުހިންމު ކަންތައް ވެސް އެބަހުރި.

  41. އަލީ

    ނޫސްވެރިންނޭ ކިޔެއްކަމަކު ބޮލުރޮދިނެތް ކުދިން. ތިބީ. ގައުމެއް ދީނެއް. ވަހުދަތެއް. އުއްމަތެއް. ދަންނަ ކުއްޖަކު ނޫޅޭ.

  42. އުސްމާނުބެ

    ފުރައްސާރަ ކުރަން ޔާ ފުރައްސާރަކުރަން ވެސް ހަމަ ދަސްކޮއްދެއްވީ ތިޔަބޭފުޅުން ، މިއަދު ކޮންމެ މީހަކު އިއްޒަތްތެރި މެންބަރު ކިޔާފަ އަގަފުޅާކުރާކައް... ކެއްނުވަންޔާ އެހެން ގައުމަކައް ހިޖްރަކުރޭ.... ކަލޭމެން ހޮވާފަ ތިތިބީ ނާޗަރަންގީ ކުޅެ އަރުމެން ޓެކްސް އައްދައްކާލާރި ތަޅާބުރުވާކައްނޫން.....