"ހިޔާ" ފްލެޓްތަކުގެ ކުއްޔަކީ -/7500 ރުފިޔާ ކަމަށާއި އަދި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު -/1000 ރުފިޔާ ދައްކަން ޖެހޭނެކަން ސަރުކާރުން ހާމަކުރުމުން ފްލެޓްތަކަށް ކުލީގެ ގޮތުގައި އާއްމުންގެ ދެއްކޭނެ އަދަދެއް ސަރުކާރަށް ހުށަހަޅަން އާއްމުންގެ ޖަމިއްޔާއިން ތައްޔާރުވާން ފަށައިފިއެވެ.

އާއްމުންގެ ޖަމިއްޔާ އަކީ ބޯހިޔާވަހިކަމުގެ މައްސަލައިގައި އާއްމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ވެސް އެޖަމިއްޔާ އިން ވަނީ މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު "ވަގުތު" އަށް ވިދާޅުވީ ކުލީގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް މިހާރު ސަރުކާރުން ބުނާ އަދަދު ދައްކަން ގިނަ ބަޔަކަށް ދަތިތަކެއް އެބަހުރިކަން ޖަމިއްޔާގެ މެންބަރުންގެ ފަރާތުން މިހާރު ވެސް ބުނަމުން އަންނަ ކަމަށެވެ. އެހެންކަމުން ފްލެޓް ލިބުނު މީހުންނަށް ކުލީގެ ގޮތުގައި ދެއްކޭނެ މިންވަރު އޮޅުން ފިލުވުމަށްފަހު އެކަން ރަސްމީކޮށް ސަރުކާރަށް ހުށަހަޅާނެ ކަމަށް މިދުއަމް ވިދާޅުވިއެވެ.

އާއްމުންގެ ޖަމިއްޔާ އިން މިހާރު ވަނީ ފްލެޓްތަކަށް ކުލީގެ ގޮތުގައި ދެއްކޭނެ އަދަދެއް ބެލުމަށް އެޖަމިއްޔާގެ ވައިބާ ގްރޫޕްގައި ވޯޓެއް ނަގަން ފަށާފައެވެ. އެ ވޯޓްގައި ވަނީ ހަތަރު އިހްތިޔާރެއް މެންބަރުންނަށް ދީފައެވެ. އެއީ ކުއްޔަށް -/7000 ރުފިޔާ، -/6500 ރުފިޔާ، -/6000 ރުފިޔާ އަދި -/5500 ރުފިޔާއެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ މެންބަރުން ވޯޓް ދެއްވާއިރު އެންމެ ކުޑަ އަގަށް ވޯޓް ދިނުމުގެ ބަދަލުގައި ހަގީގަތުގައި ވެސް ކުލީގެ ގޮތުގައި ދެއްކޭނެ އަގަށް ވޯޓް ދިނުން އެދޭކަމަށެވެ.

އާއްމުންގެ ޖަމިއްޔާގެ ވައިބާ ގްރޫޕް

އާއްމުންގެ ޖަމިއްޔާ އިން ވަނީ ކުރީ ސަރުކާރުގައި ހިޔާ ފްލެޓް ލިބުނު، ނަމަވެސް މިސަރުކާރު އައިސް ގެނައި ބަދަލުތަކުގެ ސަބަބުން ފްލެޓް ގެއްލުނު މީހުންގެ ހައްގުގައި ވެސް މިހާތަނަށް ގިނަ ކަންކަން ފާހަގަކޮށް އެކަންކަން ސަމާލުކަމަށް ގެނެސްފައެވެ. އެޖަމިއްޔާ އިން ބުނާ ގޮތުގައި ފްލެޓް ގެއްލުނު މީހުންގެ ހައްގުތައް ހޯދައިދިނުމަށް ޖަމިއްޔާ އިން ކުރާ މަސައްކަތް އަދިވެސް ހުއްޓައިނުލައި ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އާދަމުގެދަރި

    ދެ ކޮޓަރީގެ ފްލެޓަކަށް 5 ނުވަތަ 6 ހާސް ރުފިޔާއަށްވުރެ ބޮޑު އަދަދެއް ރައްޔިތުން ދައްކާކަށް ނުޖެހޭނެ. ސަބަބަކީ ޑިމޮކްރަސީއޭ ކިޔައިގެން އައިސް 2008 ން ފެށިގެން މިއަދާ ހަމަޔަށް ދައުލަތުން ވީނުވީގޮތެއް ނޭނގިފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ހުރި ފައިސާއިން ތިޔަ ކަހަލަ އަދި 7 ހާސް ފްލެޓަށްވުރެ ގިނަ ފްލެޓް އަޅައި ރައްޔިތުންނަށް ހިލޭ ބަހައިލެވޭނެތީ. ފުރަތަމަ ގެއްލިފައިވާ ލާރި ދައުލަތަށް ހޯދާ. ރައްޔިތުން އަތުން މާބޮޑު އެއްޗެއް ނުނެގިޔަސް އޭރުން ދައުލަތް ހިންގާނެ ފައިސާ ހުންނާނެ. ފްލެޓް އަޅާނެ ފައިސާވެސް ހުންނާނެ.

  2. ތިރިބެ

    ތިހާ އިހުލާސް ތެރިއްޔާ އެތައްއިމާރާތްކުރައް ބޮޑުއަގުގަ ކަޓުނެގި މީހުން އަތުން އެބައި ހޯދަބަލަ އެހެން ނޫނީ ދައުލަތުން ސަބުސިޑީބިނީމަ ވާގޮތަކި ދެއް އަނެއް 5 އަހަރުފަހުން އަނެއް ސޯސަލްހައުސް އެޅެނީ މުއިޒު ތިކައްކުރީ މުއިޒު ގަޑުވަރު ސުކެއާ ފީޓަކައް -/1800 ރ ސޯސަލް ހައުސިއް ސުކެއާފީޓަކައް-/2200ރ އެވެސް މުށިނުޖަހާ ކަރައްޓުނުލާ ކުލަނުލާ ކޮތަރުކޮއްޓެއް

    1
    7
  3. ައަހާ

    ކަލޯމެންނަށް އެގޭތަ ތިއަށްވެރެ ދެގުނަ އަގު ކުޑަކޮށް ހެދި ކުރީގެ ޗައިނާ ފްލެޓްތަކުގެއަގު މަހަކަށް 7350 ރުފިޔާ. 3 ކޮޓަރި 2 ފާޙާނާ. ތިޔަ ހިޔާފްލެޓްތައް ހެދީ ޗައިނާ ފްލެޓްތަކަށްވުރެ 2 ގުނަ އަގު ބޮޑުކޮށް. ކިހިނެއް އެފްލެޓްތައް 5000 ރުފިޔާއަށްދެވޭނީ. އެބައި ކަޓްނެގި މީހުން ގެ އަތުންހޯދާ.

  4. އަލްޖިބްރާ

    މި ދެން ހާ ދަ ވަރުގަ ދަ ބައެކޭ ދޯ. ބަންގާޅިކޮށި ހަ ދާފަ ދޭންވީ 5500 އަށް

  5. މުއީޒު

    އިބޫ ތިތަން މަހަކު 2000ރ އައް ދީބަލަ. ހަމަ ޔަގީނުންވެސް ދެން ވެރިކަމައް އަންނަބަޔަކައް ދޯ ތީގެ ބަލާ ޖެހޭނީ. ދެތިކި ޕީ..

  6. ....

    ކޮބާަހޭ ގާކޮއްޓާ އަރަބިއްޔާކޮށީގެ ފުލެޓުގެ އަގު20000ރުފިޔާ އޯކޭ ހެއްޔެވެ.

  7. .....

    މަށަށް ދެރައީ އަދިވެސް ދިވެހިން ތަހުޒީބު ނުވާތީ....ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ އޭދެ އަގު ދޭން ޖެހޭ އެއްޗެއް ނޫން....އެއީ ހަގީގަތަކީ....އަދިވެސް އަސްލަށް ވާސިލްވާކަށް މަސައްކަތެއް ކުރާކަށް ނުވޭތަ....ދުނިޔެ ދައްކާފަ ހުރި ހަގީގަތްތައް ފެންނަވަރަށް ލޯހުޅުވާލާފަ ދެން ބަލާލަން ވީ އެންމެން އެކީގަ

  8. ޣޯސް

    އަހަރެމެންނަށް ލިބުނު ފްލެޓަށްވެސް އަހަރެމެނަށް ދެއްކޭނީ 2000 ރުފިޔާ. ބަލަ އެޗްޑީސީއިން ލޯނެއް ނަގައިގެން ހަދާފަ ވިއްކާއެއްޗެކޭއެއީ. ގަންނަން ބޭނުންނެތިއްޔާ ދޫކޮށްލާ. ތިޔަތާ ގިނަ މީހުންނަކީ ރަށުގަ ގެދޮރުހުރިމީހުން. ހިލޭ ބުނަންވީނު. ބަލަ ކަލޭމެންނޫނަކަސް ބޯހިޔާވަހިކަން އެ ހޯދަނީ އަދި މާބޮޑެތި ކުލިދައްކައިގެން. ތިޔަތާގައިވެސް ބޮޑު މުސާރަލިބޭ ބައިވަރު މީހުން އެބަތިބި. މަށަށްފެންނަނީ ލިފްޓްގެ ހިދުމަތްވެސް ނުދެން އޭރަށް އަގުހެޔޮވާނެ.

    1
    1
  9. ޅަތީފު

    2 ކޮޓަރީގެ ފުލެޓަކަށް 2500ރ މަހަކު މެއިންޓެނަންސް 200ރ 50އަހަރަށް ބަހާޅިމަ ސަރުކާރަށް އެބަލިބޭ 1800000ރ މި ފުލެޓް ހަދަން ޙަރަދު ކުރީ 616800ރ ސަރުކުރާށް ފުލެޓަކުން ފައިދާގޮތުގަ އެބަލިބޭ 1183200ރ މި ވަރުވެސް މަދީ ތޯ؟

  10. ތުބުޅިބެ

    ވަރަށް ކުޑަ ތަންކޮޅެއް...8500 މާބޮޑު މަގޭ އަގަކީ 4500 ރުފިޔާ އެތަން ކޮންމެ 2 ތަނެއް އެއްކޮށްލާފަ 8500 އަށް އޯކޭ

  11. ޢަލީ

    "2 ކޮޓަރީގެ ފުލެޓަކަށް 2500ރ މަހަކު މެއިންޓެނަންސް 200ރ 50އަހަރަށް ބަހާޅިމަ ސަރުކާރަށް އެބަލިބޭ 1800000ރ މި ފުލެޓް ހަދަން ޙަރަދު ކުރީ 616800ރ ސަރުކުރާށް ފުލެޓަކުން ފައިދާގޮތުގަ އެބަލިބޭ 1183200ރ މި ވަރުވެސް މަދީ ތޯ؟"
    ލަތީފު މީ ކިހިނެއް ޖެހި ހިސާބެއް. ކިޔާދީބަލަ؟ ވިސްނާ ވިސްނާ ވެސް މިއަދަދެއް ދިމައެއް ނުވި.

  12. ކކުރުބެ

    ގާކޮށްޓާ، ވެއިސައިޑް އާ ތަފާތުތަނެއްމީ ހުޅުމާލޭ ފުލެޓަކީ އޭރުގެ ސަރުކާރުން ކުންފުނި ތަކާވާހަކަ ދައްކައި މުޅިންފާސްވެފައިވާ އަގުތަކެއްގެ މައްޗަށް ބިނާކޮށް ހަދާއިނިންމާފައިވާތަންތަން ވީމާ މުއިއްޒު އެދުވަނީ ރައްޔިތުންނަށްޓަކައި