ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ފަސް ވަނަ މީހަކު ރާއްޖެ އިން ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ މައުލޫމާތު އަދި އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 156 އަށް ވަނީ އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މެއި މަހު އިތުރުވާން ފެށުމާއިއެކު ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް މެއި މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނާ

    މިއަދު ފަސްވަނަ މީ ހަކަށް ވާނީ 12ން ފެށިގެން މި ހާތަނަށް 5:30އާ ހަމައަށް ނިޔާވާ މީ ހުން ހަމައެ ހެންބާ!

  2. ބޭބެ

    ރައުސް ސޯލިހް މިކަމުގެ ޒިންމާ ނަގަންޖެހޭނެ!! އޭނާގެ ނާގާބިލްކަމާ ކޮވިޑް މެނޭޖްކުރަން ހަރުދަނާ ފިޔަވަޅު ނޭޅުމުގެ ސަބަބުން މުޅި ރާއްޖެއަށް ކޮވިޑްފެތުރި އެތައް ދިވެހި ރައްޔިތުންގެ ފުރާނަތައް މިވަނީ ނުރައްކަލަށް ހުށަހެޅިފަ! އަދި އެތައްބަޔަކު ކޮންމެ ދުވަހަކު މިދަނީ މަރުވަމުން!! މިކަން ބަލާ ފިޔަވަޅު އަޅަންޖެހޭ!! ބޭރުގައުމެއްނަމަ މިހާރު މައްސަލަބަލާ ދައުވާވެސް އޮންނާނީ އުފުލާފަ!! މިއީ ބެލެންޖެހޭ މައްސަލައެއް!! ހަމަސަރުކާރުގެ ދޯދިޔާކަމުން މިރާއްޖެ މިހާލަތަށް މިދިޔައީ!! އެކަމަށް އިއުތިރާފްވެސް ވަނީވެފަ!! ދެން އޮތީ ފިޔަވަޅުއެޅުން!!