22:02

އިތުރު 1062 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:04

ކިޑްނީ ފެއިލްވެފައި ތިބި، ޑައިލިސިސް ހަދާ 25 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ.

19:25

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތާއި ދޭތެރޭ ވިސްނާ ހިސާބަކަށް އަދި ނުދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ.

16:47

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ކޮވިޑް-19 އަށް ފައްސިވެފައި 100އަށްވުރެ ގިނަ ގައިދީންނާއި، ބަންދު މީހުން ތިބިކަން ހާމަކޮށްފި.

15:47

ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ) އިން އިއުލާން ކޮށްފި

14:34

ސްރީ ލަންކާގައި ކޮވިޑް-19 ޖެހުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި.

13:03

ކޮވިޑް-19 ގެ ރޯގާއަށް ފައްސިވި ފަހުން ހާލަތު ވަރަށް ގޯސްކޮށް ދިއުމަށް ފަހު މިހާރު ހާލަތު ވަރަށް ބޮޑަށް ރަނގަޅު ވަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ.

10:08

ކޮވިޑްގެ ހާލަތު ބެލުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުން މަންދޫބެއް އައްޔަން ކުރަން ނިންމައިފި.

09:53

ކޮވިޑްގެ "ބޮޑު ރާޅެއް" ދުނިޔެއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މޮޑާނާ އިން ދީފި.

09:10

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެހަފްތާ ތެރޭގައި ވެސް ދަށަށް ނުދާ މިންވަރަށް މިއަދު ދަށަށް ދިއުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޖާގައަށް ނުކަތާވަރަށް ބަލި މީހުންގެ އަދަދު އިތުރުވެ، ފަރުވާ ދިނުމުގައި އެތައް ދައްޗެއް ކުރިމަތިވެފައި ވަނިކޮށް ކޮވިޑަށް ފައްސިވާ އަދަދު ދަށަށް ދިއުމަކީ ހިތްހަމަޖެހުމެކެވެ. ނަމަވެސް ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު އަދިވެސް އަންނަނީ އިތުރު ވަމުންނެވެ. މިއަދު އެކަނިވެސް ފަސް މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ.

މިއަދަކީ މެއި މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި މެއި މަހުގެ 04 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހަކީ ވެސް މިއަދެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4821 މީހުންނެވެ. މިއަދު ކޮވިޑަށް ކުރި ޓެސްޓްކުރި މީހުންގެ ތެރެއިން ފައްސިވެފައި ވަނީ %18.69 މީހުންނެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް މެއި މަހުގެ 05 ވަނަ ދުވަހަށް ފަހު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 24818 އަށް މަދުވެފައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ މިހާރު މަދުވަމުންނެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 252 މީހުންނަށެވެ.

އެހެންކަމުން އުއްމީދު ކުރެވޭ ގޮތުގައި ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ދަށަށް ދާނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.