ކޮވިޑް ޖެހިގެން ފަރުވާ ދެމުން ގެންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައި ވަނީ ރޭ ފަތިހު 5:30 ހާއިރެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި 157 ވަނަ މީހާއެވެ.

މިއާ އެކު މި ބަލީގައި މި މަހު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 85 އަށް އަރައިފައެވެ. މެއި މަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވި މަހެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު