މިހާރު ފެތުރެެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން އަތޮޅު ތެރޭގެ ހާލަތު ބެލުމަށް އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުން ނިންްމައިފިއެވެ.

މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަތޮޅުތެރޭގެ ރަށްރަށުގައި މި ބަލި ފެތުރުން އިންތިހާއަށް އިތުރުވުމާއި އެކު ހާލަތު ބެލުން އިތުރަށް ހަރުދަނާކޮށް، ކޮންމެ އަތޮޅެއްގެ ކޯޑިނޭޝަން ވަރުގަދަ ކުރުމަށް ކޮންްމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެެވެ.

އެގޮތުން ކޮންމެ އަތޮޅެއްގައިވެސް އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ކަމަށާއި، އެެފަރާތްތަކުން ކައުންސިލް އަދި ޓާސްކުފޯސްތަކާ ގުޅިގެެން މަސައްކަތްްކުރާނީ އަތޮޅުގައި ކޮވިޑް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިކަންކަމަށް ދިމާވާ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެެންޓަރ (އެޗްއީއޯސީ)އާއި އަދި އެހެނިހެން ކަމާބެހޭ އިދާރާތަކަށް ހިއްސާކުރެއްވުމަށް ކަމަށް ބަޔާނުގައި ވަނީ ވިިދާޅުވެެފައެވެ.

ކޮވިޑް އަންނަނީ އަތޮޅުތެރޭގައި ހަލުވިކަމާއި އެކު ފެތުރެމުންނެވެ. މިއާއެކު މިހާތަނަށް 70 އަށްވުރެ ގިނަ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ.

ރާއްޖެ އިން މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 157 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 35،365 މީހުން ބަލިން ރަނގަޅުވި އިރު، ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 24،000 އަށް ވުރެ މައްޗަށް އަރައެވެ.

ކޮވިޑް ޖެހިގެން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 252 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ހޖގ

  ސަރުކާރުން އެއްބަސްވެއްޖެ ކޮވިޑް ހާލަތު ނުބެލެހެއްޓޭ ކަމަށް ……….

  22
 2. ހަަސަދު

  އެއްވެސް މައްސަލަ އެއް ބަލިމަޑު ކަމެއް ހައްލު ކުރުމުގެ ވިސްނުން ނެތް ބަޔަކަށް ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ކިހިނެއްތބާ!!!. ރާއްޖެގައި ބަންގާލުންނާ އެއްކޮށް މިހުން ތިބިވަރުވެސް އެގޭ މީހަކު ނެތް. ދެން ކާމިޔާބް ވެކްސިން ޕުރޮގުރާމެއް ވެސް ހިންގޭނީ ކިހިނެތްބާ!!!.

  14
 3. ޢ

  ާއަނެއކާވެސް ޚަރަދު އިތުރުކުރާނެ ގޮތެއް . މިފަހަރު ނޮހޮވުނު މީހުންގެތެރެއިން މީހެއްކަންނޭގެ ...

  14
 4. ފިޔަވަޅު

  އިތުރު މީހުންނަށް މުސާރަ ނުދީ މިހާރު ވަޒީރުތިބި ވަޒީރުން ލައްވާ ކުރުވާ ތިކަން

  17
 5. ކާފަބޭ2020

  ސަރުކާރުގެއިހުމާލުކަމަށްއެއްބަސްވިއަސް ރައިއްޔަތުންކިބައިން މައާފަކަށްނޭދޭވީމައެއީ އެއްބަސްވީކީނޫން އެއީއަލިފާންގަނޑަށް ފެންއަޅާލީ! އެކަންކާމިޔާބުވެއްޖެ! ދެއަޑެއްކަނޑުވާލެވިއްޖެ!

 6. ނިމް

  ކޮވިޑް އެލަވަންސް ހޯދަންވެގެން ތި އުޅެނީ. އަތޮޅުތަކަށް ބޭނުންވަނީ ވަސީލަތަތްތައް

  17
 7. ބާބޫ

  ބޮޑު މުސާރަ ދީފަ ސިޔާސީ މަޤާމެއް އުފެއް ދުން ބޭނުމަކީ....ވާނެ ފައި ދާއެއް ނެތް....

  18
 8. އައިމަން

  އަނެއްކާވެސް ކޮންމެ އަތޮޅަކަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ހަމަޖައްސަންވީ ދޯ؟ އަ ދިވެސް ދޭން ޖެހޭ މީހުންނަށް ވަޒީފާ ދީ ނުނިމެނީތަ؟
  ކޮންމެ އަތޮޅެއްގައި ހުންނާނެ އަތޮޅު ކައުންސިލްގެ ރައީސެއް
  މިހާރު ކޮންމެ އަތޮޅެއްގައި އަތޮޅުހިސްޕިޓަލް ހުންނަންޖެހޭނެ މެނޭޖަރަކާއެކު
  ކޮންމެ ރަށެއްގައި ހުންނާނެ ސިއްޚީ މަރުކަޒެއް ހިންގަން ހަވާލުކޮށްފައިވާ އިސް ފަތާތަކާއެކު
  ސްޓޭޓް މިނިސްޓަރަކަށް ވުރެ މާ ރަގަޅަށްވެސް މި ދެންނެވި މީހުން އެކަންކޮށްފާނެ މެނޭޖްކޮށްބަލަ ވަޞީލަތުގެ ބޭނުންކޮށްގެން

  17
 9. ޢިޔާބު

  ރަށަކަށް 5 އޯކޭވާނެ. މުސާރަ މަހަކު 25000.00

  14
 10. އަޖޭ

  ތިކަން ކުރަން ފުލުހުންނާއި ސިފައިންނާ ހަވާލުކޮއްފާ އެއްފަރާތް ވެބަލަ އޭރުން އެމިހުން ބޭބުން ގޮތަކަށް ބޭބުން ބަޔަކު ނެރެގެން ތިކަން ކުރެވިދާނެ ކަމަށް ދެކެން ދެންވީ ތިޔަބުނާ މަންދޫބަކަށް މިލިޔަނުން ރުފިޔާދޭން އޭރުން ކޮވިޑެއްނޫން ދެންހުރި ބަލިތައްވެސް ފިލާފާނެ ބޯހަލާކު

 11. ބީރުމީހާ

  ބަލަ ކޮންމެ އަތޮޅެއްގަ އަދި ކޮންމެ ރަށެއްގަވެސް ރައްޔިތުން ހޮވާފަ މުސާރަ ދީފަ ހުންނާނެ މަންދޫބެއް އިތުތަށް ލާކަން ނުޖެހޭނެ
  މީ ހަމަ މަންދޫބުންގެ ރައީސްތާ ކޮންމެ މިނިސްޓަރަކަށް މަންދޫބެއް އެނޫންގޮތެއް ނެތީތަ

  13
 12. ސަންނު

  ރައްޔިތުންގެ ހާލު ބަލާކަށް ނޫންތޯ އަތޮޅު ކައުންސިލާ ރަށު ކައުންސިލާ އެލްޖީއޭ އާ ހޯމްއެފެއާޒް އާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ތިބެނީ. ކޮންމެހެން އިތުރު ބޮޅުތައް ސަރުކާރާއި ދައުލަތް ހިންގުމުގެ ތެރެއަށް އިތުރުކުރަންޖެހޭތޯ. އިތުރު އޮޅުން ބޮޅުމާއި ހިޔާލު ތަފާތުވުން ނޫންކަމެއް ތިޔަ ކަމުން ނުވާނެ. ކަމެއް ސާފު ނުވެގެންތޯ މި އުޅެނީ.

  12
 13. ޑީޑީ

  މިއުޅެެނީ ވާނުވާ ނޭގިގެނެއް ނޫން. މިއުޅެނީ ވާނުވާ އެނގޭ މީހުން ބުނާގޮތް ސަރުކާރުން ނަހަދާތީ.

  12
 14. މަބޭ

  ދެންތިޔަެިސްކުރާފަރާތްތައް މަސަތްކަތްކުރޭތޯބަލަން އެމީހުންގެ މައްޗައްވެސް އަދިމީހަކު އައްޔަންކުރާނެ. މިއޮތީވާސަރުކާރެއް

  12
 15. ިވިސްނާ

  ވަންނަ ރުފިޔާ ގިނައީ ދޯ...

  13
 16. ރައްޔިތުމީހުން

  ކައުންސިލް ތައް އެއޮތީ ނޫ.. އަނެއްކާ އިތުރު ބަޔަކަށް ލާރިގަނޑެއް ދޭންވީ؟؟؟

  17
 17. ދިވެހި ދިދަ

  މި ސޯލިހަކީ މަންދޫބުން އައްޔަންކުރަން ލާފަހުރިމީހެއްބާ؟ (މަންދޫބު ރައީސް) ތިކަމަށްވެސް ބޭރުމީހުން އައްޔަން ކުރާތި

 18. ކިޔުންތެރިއެއް

  އަނެއްކާވެސް ސިޔާސީ މަގާމުތަކެއް އުފައްދަން ރަނގަޅު ފުރުސަތެއް. ސަޅިދޯ؟ ދައުރުނިންމާލާނީ ރާއްޖެ ނާރާގަނެވޭނެ ފުން ވަޅުގަނޑަކަށް ގަޅާލާފަ. ފެއިލެެއްނުވޭ އަދިވެސް ، ބާރަށް ކުރިޔަށް. ރައްޔިތުންތިބޭ ބަސްއަހާގެން އަތް ދޮވެ ދޮވެ ގޭގައި. މިވަރު ދެފުއްފެއްނަ ހެޔޮވެރިކަމެއް ބަޔަކަށް ކޮށްދެވޭނީ.

 19. މަބޭ

  ކުރިން ނަސީދު ވެރިކަމުގަވެސް ޕްރޮވިންސް އޮފީސްތަކެއް ހަދާފަ ބަޔަކުއައްޔަންކުރި އަނެއްކާ އެކުޅިވަރުފެށުނީ

 20. ނާނި

  ތިކަން ބަލާނެ މީހުން ރައްޔިތުން ވޯޓްލައިގެން ހޮވާފަ އެތިބީ، ކޮންމެ އަތޮޅަކުން 2 މީހުން، 80 ހާސް ރުފިޔާގެ މުސާރައާ، 20 ހާސް ރުފިޔާގެ އެލަވަންސާ ކޮމެޓީ އެލަވަންސާ ، އަދި ނުވިތާކަށް، ބަލިވިޔަސް ނުވިޔަސް ސާކްގެ 8 ޤައުމުން ހިލޭ ބޭސްފަރުވާއާއެކު ، އަދި ފުރިހަމަ ސެކިއުރިޓީއާވެސްއެކު،
  އެމީޙުން ލައްވާ ތިކަން ނުކުރެވެންވީ ސަބަބެއް ނުވިސްނޭ،
  ރައްޔިތުންގެ މަޖުލީހެއް އޮންނަންޖެހޭ މައިގަނޑު ސަބަބަކީވެސްމީ، މިކަހަލަ ހާދިސާތައް ދިމާވާ ދަނޑިވަޅުތަކުގަ އެންމެ ގާތުން ރައްޔިތުންގެ ޙާލުބަލާ އަވަސްފިޔަވަޅުތައް އެޅުން. މީ އަސްލު މަޖުލިސްމެމްބަރުންގެ ޒިންމާއަކީވެސް، މަޖުލިސް އޮތުމުގެ ބޭނުމަކީވެސް،
  މިކަންކަން ނުކުރެވޭނަމަ މިހިދުން މިހިނދަށް ތިޔަ މަޖުލިސް އުވާލަންވީ،
  ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަދީފަ ނަގާ ގޮނޑިއެއްގަ ބައިންދާފަ ބައިތިއްބާކަށް ނުޖެހޭނެ. މިކަހަލަ ދަނދިވަޅުތަކުގަ އެމީހުންގެ ބޭނުން ނުހިފޭގޮތަކަށް،
  މަޖުލިސްއެއް ނެތަކަސް ޤައުމުހިންގޭނެ، ކޮންމެ ކަމަކަށް ވުޒާރާއެއް ހުންނާނެ،

 21. Ok

  އަތޮޅު ކައުންސިލް އަށް ތިކަންވާނެ

 22. އެދުރޭ

  ރައީސްގެ އިގްތިސޯދީ ދުރުވިސްނޭ ސިޔާސަތުގެ ދަށުން މިއަހަރުގެ ބަޖެޓުން 1 ބިލިއަން ރުފިޔާ ހަރަދު ކުޑަކުރުމަށް ނިންމާ އެކަން ތަންފީޒްކުރުމުގެ ގޮތުން ރައީސް ނިންމެވި ވަރަށްވެސް ހަރުދަނާ ނިންމެވުމެއް.. ޝުކުރިއްޔާ ސޯލިހް

  3
  1
 23. ރާކަނި

  ކޮބައިތަ ކޮންމެ ރަކަށް އައްޔަން ކޮށްފައި ތިބޭ ޕޮލިޓިކަލް އެޕޮިންޓީ އެކޭ ކިޔާ ބަޔަކު . ތަނެއް ދޮރެއް އެނގޭ ބަޔެއްނޫން. ކުރހން އެނގޭ ކަމަކީ ނަރުސްކުދިންނަށް ވަޒީފާގެ ބިރުދެއްކުން. ވާނުވާ ނޭނގޭ ސަރުކާރު. ދަރުބާރުގެ ފުރާވެސް މީހުން. ދެންބަލަންތިިބޭ. ފްރޮންޓް ލައިންގަ މަސައްކަތްކުރާ ނަރުހުންނަށް އެއްޗެއްނުދީ މިބައިގަނޑު ގެ ޖީބުތައް ފުރާލާނެ. ކިއްކުރާ ކައރުންސިލްތަކެއްތަ އިހައްދުވަހު ހުވާކުރީ. ހުރިހާބާެރެް ދީފަޔޯ. މީއެެއުޅޭ ހެލްތުމިނިސްޓްރީގެ ތިބޭ ބައެްގެ މޮޅު ޚިޔާލު. ކޮމިޓީ ސަރުކާރު. އިރުއިރުކޮޅުން ބަޔަކު އައްޔަނު ކުރާނެ. ވާކަމެއްހަރާން

 24. Anonymous

  އަނެއްކާ އަނެއް ލާރިގަނޑު!!

 25. ޒަމީންރ

  މަންދޫބުން ނަގަން އަދި ތަންކޮޅެއް އަވަސްނޫންތޯ. އަދި އެހެން ނޫނަސް މި ސަރުކާރުން ގަބޫލުކުރާ ލާމަރުކަޒީ ނިޒާމާ އިދިކޮޅުކަމެއް ނޫންތޯ ތިޔައީ..ކައުންސިލްތައް ތިއްބާ. ކައުންސިލަރުންނާއި ނޫންތޯ ރައްތަކުގެ ހާލަތު ބެލުން ހަވާލުވެފައި އޮންނަނީ. ކައުންސިލް ނިޒާމު މަސައްކަތް ނުކުރާކަން ސަރުކާރައް ރޭކާލީތޯ. އަދި ކައުންސިލަރުންނައް ކީއްކުރަންތޯ މުސާރަދީފަ ބައިތިއްބަނީ ރައްޔިތުންގެ ހާލަތު ސަރުކާރާއި ހަމައަށް ނުގެނެވޭނޭނަމަ. އަނެއްކާވެސް ކޮންމެ މަންދޫބަކައް 20 ހާސް ރުފިޔާ މުސާރައާއި 15000 ރުފިޔާ އެލަވެންސު ދެއްވަންތޯ ތިޔަ އުޅުްވަނީ. އެއީތޯ މިވަގުތު ޚަރަދުބަރަދު ކުރުމައް އޮތް އެންމެ ހިކުމަތްތެރިގޮތަކީ. ސޯލިހު އިސްތިއުފާދީ.. ސޯލިހަކައް މިކަމެއް ނުވި. އަހަރެމެން ރައްޔިތުން މިތިބީ ފެޑްއަޕް ވެފަ ސޯލިހުގެ ނާގަބިލުކަމާއި ދެއުޅިއެއްނެތް ނިންމުންތަކާއި އަމަލުތަކުގެ ސަބަބުން. ދެން އަވަހައް ގެޔައް ވަޑައިގަންނަވާ. ކުރަން އިނގޭ ކަމަކާއިގެން އުޅޭ. ވެރިކަމެއް ސޯލިހަކައް ނޭނގޭ ކުރާކައް. ލަކުޑިބުރިއެއް މޫދައް އެއްލާލިޔަސް އުފުލިފައި އޮންނަބީދާއިން ސޯލިހުވެސް ވޯޓުލައިގެން ހޮވުނީމަ ވެރިކަމުގަ ތިހުރީ. އެކަމަކު އެކަށީގެނެއް ނުވޭ ހަމަ ކުޑަ މިންވަރަކައްވެސް. މިއީ އެއްގޮތަކައްވެސް ޖެއްސުމުގެ ވާހަކައެއް ނޫން. މިއީ ހަމަ ސާފު ހަގީގަތް...

 26. ފާތުމާ

  އެމް.ޑީ.ޕީ ކައުންސިލް އިންތިޙާބު ކާމިޔާބު ނުވި ބޭފުޅުންގެ އުނދަގޫ ކުރާވަރުން ރައީސަށް މަޖުބޫރުވާނެ ތާދޯ ، އެމީހުންނަށް ކޮންމެސް ނަމެއް ކިޔާފަ މަޤާމެއް ދޭން ، އަޅުގަނޑު ހިތަށް އަރާ މިހެން އައްޔަން ކުރާ މީހުންނަކީ ކޮން ފެންވަރެއް ހުރެގެން އައްޔަން ކުރާ ބައެއް ބާއޭ
  ޕާޓީ ކުދިންނަށް ވަޒީފާ އެއް ދިނުމަށް ކުރާ ކަމެއް ދޯ މީ

 27. ޔުމޫން

  ރާއްޖޭގެ ކޮވިޑު ދިރާސާކުރަން ސެޓެލައިޓެއް އަރުވަންވީނޫންތޯ.

 28. ާވަތުބަތާނަ

  އަބަ ދުވެސް އަޑު އިވެނީ މިވެނިކަމެއް ކުރަން ނިންމައިފި. ނުއެއްކުރެވޭ.

 29. ޙހހހ

  މާކުރިންވެސް އެނގޭ ސަރުކާރަށް ނުލިބޭ ކައުންސިލްތަކަށް ސަެުކާރުން އަތްބާނާނެކަން

 30. ކޮރަޕްޝަން

  ދެން ކީކުރާ މަޖްލިސް މެމްބަރަކާ ކައުންސިލަރުން ތަކެއް ؟!

 31. ބަރުގޮނު

  ކޮވިޑް ގެ ކަންތައްތައް ބަލަހައްޓަން އަތޮޅަކަށް ހަމަ އެންމެ ބޭފުޅެއް ފުދޭނެބާ !!!!! މިދެން މިކަމާ އުޅޭވަރު ދައްކަން ކޮއްލާ ހިތުން ވަރަށް މޮޅުކަމެއް.