"ވަގުތު" ގެ ހުރިހާ މުވައްޒަފުންގެ ޗުއްޓީ އަށް ސްރީލަންކާ އަށް ފުރައިފިއެވެ.

"ވަގުތު" ގެ މެނޭޖްމެންޓްގެ ޚަރަދުގައި ހުރިހާ މުވައްޒަފުން ކުރާ މިޗުއްޓީ ދަތުރުގައި "ވަގުތު" ގެ 25 މުވައްޒަފުން ބައިވެރިވެއެވެ.

"ވަގުތު" މުވައްޒަފުންގެ ޗުއްޓީ ދަތުރުގެ ޓްރެވަލް ޕާޓްނަރަކީ އޭސް އޭވިއޭޝަނެވެ.

"ވަގުތު" މުވައްޒަފުން ޗުއްޓީގައި ސްރީލަަންކާގައި 15 ދުވަސް ހޭދަކުރާނެއެވެ.

"ވަގުތު" ގެ ޚަރަދުގައި ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދިނުމަށް "ވަގުތު" މެނޭޖްމަންޓުން ނިންމީ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުުކުރުމަށާއި މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ.

"ވަގުތު" މުވައްޒަފުން ޗުއްޓީގައި ހޭދަކުރާ މުއްދަތުގައި ވެސް "ވަގުތު" ގައި އެއްވެސް މެދުކެނޑުމެއް ނެތި ޚަބަރުތައް ޝާއިއު ކުރެވޭނެ އިންތިޒާމްތައް ވަނީ މިހާރު ހަމަޖައްސާފައެވެ. ނަމަވެސް ޚަބަރުތައް ޝާއިއު ކުރުމުގައި ޗުއްޓީގައި ތިބި އެއްވެސް މުވައްޒަފަކު ބައިވެރިއެއް ނުވާނެއެވެ. ކުރިއަށް އޮތް ދެހަފްތާ ދުވަހު "ވަގުތު" ގައި ޚަބަރު ޝާޢިއު ކުރަމުން ގެންދާނީ ވަގުތީ ގޮތުން ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނެވެ.

"ވަގުތު" އަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ދިވެހިރާއްޖޭގެ ވެބްސައިޓެވެ. "ވަގުތު" އަށް ދުވާލަކު ދޮޅުލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ. އެންމެ އަވަހަށް ޚަބަރުތައް ގެނެސްދިނުމުގައި ކިޔުންތެރިންގެ އިތުބާރު ހޯދާފައިވާ "ވަގުތު" އިން ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދީފައި ވާއިރު "ވަގުތު" ވެފައި މިވަނީ ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދިން ދިވެހިރާއްޖޭގެ ދެވަނަ ކުންފުންޏަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެއްސެއް

    ވަރައްގަދަ ވަރައްފައްކާ .... ރިޒޯޓް އޯނަރުން ލަދުގަންނަޖެހޭނެ . އޭގެއިތުރުން ލައްކައިން ޑޮލަރު ވަންނަ ރާއްޖޭގެ ކުންފުނިތައް ހުރިއިރު މިވަރުކަމެއް ކޮއްލާދޭންނުކެރޭ. ދެންއަގުވަޒަންކުރާ ކަމުގަބުނެ ކޮންމެވެސް ތަނަކުން ފްލައިވުޑްފިލާ ކޮޅެއް ނޫނީ ޕްލާސްޓިކްކޮޅެއް ރީތިގޮތަކައް ހަދާލާފަ ހަނދާނީފިލައެއް ދީފާނެ އެނިމުނީ . 20 ނުވަތ 30 އަދި 40 އަހަރު ހިދްމަތުކޮށްދީ ތިބޭ މުއައްޒަފުންނައް ވެރިމީހާ ހަދިޔާއްެއް ދޭން އަތުކުރީގަޑއެއް ނޫނީ ސެންޓް ފުޅިއެއް ދިނުމަކީ މިފަދަކަންކަމާ އަޅަބަލާއިރު ލަދުކަމެއް. އަވައްޓެރިގައުމުތަކުގަ މިހާދުވަހު ހިދްމަތް ކޮށްފަތިބޭ މުއައްޒަފުން ރިޓަޔަރ ކުރާއިރު ކުންފިނީގެ ހަރަދުގަ ގެދޮރު ދީފަ އެބަހުރި މާލީބޮޑެތި އިނާޔަތްތައް ދީފަ އެބަހުރި . ކޮންމެއަކަސް ވަގުތު މެނޭޖްމަންޓް ތިޔަދައްކައިދިނީ ވަރަށް އަގުހުރި މިސާލެއް. ޝުކުރިއްޔާ

  2. މަރޭ

    ތިއޮތީ އާކަމެއް ފެށިފަ... ހިތުން ވަރަށް މޮޅު ކަމެއް..

  3. ޚފޖފ

    އެންޖޯއީ ޔުއަރ ޓްރިޕް

  4. އިއްބެ

    ނަސީބެއްނު .. ދެން އަބުރާ ނާންނާތި .. ވީ ޑޯންޑް ނީޑް ފިތުނަ ފަސާދަ އިން މޯލްޑިވްސް ..