ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ ވަަރަށްވުރެ ކުޑަކުރަން އާއްމުންގެ ޖަމިއްޔާއިން ތިން ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅައިފިއެވެ.

އެޖަމިއްޔާގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ފްލެޓްތަކުގެ އަގާއި، އަދި އެކަމަށް ދައުލަތުން ކުރަން ޖެހޭ ހޭދައަށް ބަލާފައި އަގުހެޔޮކޮށް ފްލެޓްތައް ދެވިދާނެ ގޮތްތަކެއް ސަރުކާރަށް ހުށަހަޅާފައެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ފިނިޝިން ނުލާނަމަ މަހު ކުލި އަދި ޖުމްލަ އަގު ކުރިއަށް ވުރެ ވާންޖެހެނީ ކުޑަކަމަށެވެ. ނަމަވެސް މިސަރުކާރުން މަޝްރޫއަށް ކުރި ހަރަދު ބޮޑުވެގެން އުޅެނީ ރީފައިނޭންސިން އަދި މެނޭޖްމަންޓް ހަރަދު ބޮޑުވެގެން ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުނެއެވެ. އެޖަމިއްޔާ އިން ބުނީ އެއީ ކުންފުނި މެނޭޖުކުރަން ނޭނގުމާއި، ރޭޓިން ދަށްވުމާއި، މަޝްރޫއު ދެ އަހަރަށް ލަސްވުން ފަދަ ކަންކަމުގެ ނަތީޖާ ކަމަށެވެ. "މިއިން އެއްވެސް ކަމަކީ އާންމު މީހާގެ ސަބަބުން ކުރިމަތިވި ކަމެއް ނޫނެވެ. ވީމާ އެކުށުގެ އަދަބު ރައްޔިތުންނަށް ދީ ކުލި -/7،500 އަށް ބޮޑު ކުރުމަކީ އަޅުގަނޑުމެންނަށް ގަބޫލު ކުރަން ދަތި ކަމެކެވެ." އާއްމުންގެ ޖަމިއްޔާގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާ އިން ފުރަތަމަ ހުށަހެޅުމަކީ ފުރަތަމަ އަށް މަހަށް މަހު ކުލި -/6،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެގޮތައް މަދުވެގެން ތިން އިހްތިޔާރެއް އާންމުންނަށް ދިނުމެވެ. އެޖަމިއްޔާ އިން ބުނީ އެއީ ޑައުންޕޭމަންޓު ނެތް އިހްތިޔާރާއި ޑައުންޕޭމަންޓާއިއެކު ކުލި -/6،000 އަށް ވުރެ ބޮޑު ނުވާނެ އިހްތިޔާރުތަކެއް ކަމަށެވެ.

"މިއީ މިވަގުތާއި ހާލަތަށް ބަލާއިރު ސަރުކާރަށް ކުރެވޭނެ ކަމެކެވެ. 6720 ފްލެޓުގެ އަގު -/6،000 އަށް ތިރި ކުރަން ސަރުކާރުން ހަވާލުވާން ޖެހޭނީ 90 މިލިއަނެއްހާ ރުފިޔާއާއެވެ. މިއަހަރު ސަރުކާރުގެ ދަތުރުތަކަށް އެކަނިވެސް 170 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާއިރު 6720 އާއިލާގެ ބޯހިޔާވަހިކަމުގެ މިކަމުގައި ބޭނުންވާ ނިސްބަތުން މި މަދު ލާރިކޮޅު ދެވޭނެ މާލީ ގާބިލްކަން ސަރުކާރުގެ ހުންނާނެވެ." އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

އަށް މަސް ފަހުން ކޮވިޑު ހަމަޔަަކަށް އެޅި، އިގްތިސޯދު އާރާސްތުވާން ފަށާނެ ކަމަށް ބަލައި، ފެށޭ އަހަރުގެ ބަޖެޓުގައި މިކަން ހިމަނައި، އަގު ކުޑަ ކުރެވޭނީ ކިހާވަރެއް ތޯ އަންދާޒާކޮށް ކުރެވޭނެވަރު ސަރުކާރުން އާންމުންނާއި ހިއްސާ ކުރެވިދާނެ ކަމަށް ޖަމިއްޔާގެ ރިޕޯޓްގައި ބުނެފައިވެއެވެ. "އަށް މަސްފަހުން ފިނިޝިން ނުނިންމާ ހުރި އެ ފްލެޓު ތަކުގެ މަހު ކުލި -/5،000 އަށް ވުރެ ބޮޑު ވެގެން ނުވާނެއެވެ. އެކަމަށް ތައްޔާރުވާން ސަރުކާރަށް އަށް މަސްވެސް ލިބޭނެއެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާ އިން ހުށަހަޅާފައި ވަނީ މެއިންޓަނަންސް ފީގެ ގޮތުގައި -/1000 ރުފިޔާ ނެގުމުގެ ބަދަލުގައި ފުރަތަމަ އަށް މަސް ދުވަހު -/500 ރުފިޔާގެ މެއިންޓަނަންސް ފީއެއް ނެގުމަށެވެ.

މެއިންޓެނެންސް ފީ އަށް މަހަކު -/1،000 ރުފިޔާާ އަކީ މިހާރުވެސް ހުޅުމާލޭ އެހެން ތަންތަނުގެ ރޭޓްކަން ފަހަގަކޮށް ޖަމިއްޔާ އިން ވިޔަފާރި އުސޫލުން ފައިދާ ވާގޮތަށް ހިޔާ ފްލެޓްތަކުގެ މެއިންޓެނަންސް ފީނަގައިގެން ނުވާނެ ކަމަށެވެ. "އަޅުގަނޑުމެން ހުށަަހަޅަނީ ފުރަތަމަ އަށް މަހު މެއިންޓެނެންސް ފީ -/500 ރުފިޔާއަށް ކުޑަ ކުރުމަށެވެ. އެއަގުގައި އެކަން ކުރެވޭނެއެވެ. ފުރަތަމަ ކޮޅު މެއިންޓެނެންސް ގެ މާބޮޑު މަސައްކަތެއް ކުރާކަށްވެސް ނުޖެހޭނެއެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި އަށް މަސް ފަހުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަން ކުރާ ގޮތައް ހިޔާ ފްލެޓު ތަަކަށް މީހުންނަށް ވަދެވުމުން ފްލެޓުވެރިންގެ ޖަމްއިއްޔާއެއް ނުވަތަ ކްލަބެއް އުފައްދައިގެން މިމަސައްކަތް ކުރަން އެޖަމިއްޔާ އިން ވަނީ ހުށަހަޅާފައެވެ. "އޭގެ ބޯޑުގައި ހިޔާ ފްލެޓު ތަކުގައި އުޅޭ މީހުން ހޮވާ ތަމްސީލު ވެރިންނާއި ސަރުކާރު އަދި އެޗްޑީސީގެ މަންދޫބުން ހިމަނާށެވެ. މެއިންޓެނެންސް ކަންތަކުގެ ޒިންމާ އެ ކްލަބާއި ހަވާލު ކުރާށެވެ. އޭރުން ފްލެޓު ތަކުގެ މަންދޫބުން ހިމެނިގެން މެއިންޓެނެންސް ހަރަދު ވީހާވެސް ކުޑަކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތްތަށް އަމިއްލައަށް ރޭވޭނެެއެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ހިޔާ ފްލެޓްތަކުގެ ހުރިހާ ކަމަކަށް ވެސް ބޭނުން ކުރާނީ ސަޕްލައި ފެން ކަމަށްވާތީ މިހާރު އާންމުން އުޅޭ ތަންތަނަށް ވުރެ ހިޔާ ފްލެޓުގެ ފެން ބިލު ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭކަމަށެވެ. އެހެންވެ ކުރީ ސަރުކާރުން ވެސް މަޝްވަރާ ކުރަމުން އައީ ހިޔާ އަށް ހާއްސަ ޑިސްކައުންޓް ރޭޓެއްގައި ފެން ދޭން ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުނެއެވެ. "ސަރުކާރު ބަދަލުވެގެން އެ މަޝްވަރާތައް ބަދަލުވި ކަމެއް ނުވަތަ ކުރިއަށް ދިޔަ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ވީމާ މިކަންތައް ބަލައި ހިޔާ ފްލެޓުތަކަށް ހާއްސަ ރޭޓެއްގައި ފެން ދެވޭނެ މަގެއް ހޯދުމަށް އަޅުގަނޑުމެން ސަރުކާރަށް ހުށަހަޅަމެވެ." އާއްމުންގެ ޖަމިއްޔާގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ އެޖަމިއްޔާ އިން ހުށަހެޅީ ހަމައެކަނި ހުސް "ޑިމާންޑު" ތަކެއް ނޫން ކަމަށެވެ. "ބޭނުންވާ ކަންތަކާއިއެކު އެގޮތަށް އެކަން ކުރަން ޖެހޭ ސަބަބު އަދި ކުރާނެގޮތް ވެސް އަޅުގަނޑުމެން މިވަނީ ކޮންމެވެސް ވަރަކަށް ތަފްސީލު ކޮށްދީފައެވެ. އާންމުންނަށް ލިބޭ ކޮންމެ ފައިދާ އަކީ ދައުލަތަށް ލިބޭ ފައިދާ އެކެވެ. ވީމާ އަޅުގަނޑުމެން އުންމީދު ކުރަނީ ސަރުކަރުން މިކަންތަކާއި މެދު ހުރިހާ ފަރާތްތަކާއި މަޝްވަރާކޮށް ބިނާކުރުވަނިވި ހައްލުތަކެއް ހޯދާނެ ކަމަށެވެ." އާއްމުންގެ ޖަމިއްޔާގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާގެ ރިޕޯޓް
އާއްމުންގެ ޖަމިއްޔާގެ ވައިބާ ގްރޫޕް

ހިޔާ ފްލެޓްތަކަށް އަންނަ މަހު މީހުންނަށް ވަދެވޭނެ ކަމަށް ސަރުކާރުން މިހާރު ވަނީ ބުނެފައެވެ. އެތަނުގެ ކުއްޔަށް -/7500 ރުފިޔާ އަދި މެއިންޓަނަންސް ފީއަށް މަހަކު -/1000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަކުރަމް

    މެއިންޓެނަންސް ފީއޭކިޔާފަ ނަގާ ރުފިޔާ ހައްގުތޯ ފުރަތަމަ ސުވާލު ކޮށްލަން އެބަޖެހޭ؟ ކުރާ މެއިންޓަނަންސްއެއް ނެއް ފެންނާކަން މިހާތަނަން. އެންމެ ކުޑަމިނުން ކުލަކޮޅެއްވެސް ހާކާލަ ނުދޭ؟ ސާފު ކުރަނީކީ ނޫން އެންމެ އެކަށީގެން ވާ ގޮތުގަ. 500 ރުފިޔާވެސް މަހަކަށް ބޮޑު. ކުނި ނެގުމަށާއި ސިޑިބަރި ކެހުމަށް ދެން ބާކީ ޖީބަށް ވާބައި ލައިގެން 250 ރުފިޔާއާށް ވުރެ ބޮޑު ކުރެވިގެން ނުވާނެ. މިހާރުން މިހާރަށް އެނަގާ މެއިންޓަނަންސްފީ ވެސް ކުޑަކުރޭ.

    14
    2
  2. ރަންތަރި

    ކޭއްވެހޭ ސަރުކާރުން ކޮންމެމީހަކަށް ލާޒިމުވާ. ގާނޫނުގައި ބުނާ ކޮންމެދިވެހިރަތްޔިތަކަށް ބިމެއްދޭންޖެހޭއިރު އެވާހަކަ އެއްވެސްސަރުކާރަކުންނުދަށްކަނީ. މިހާރު މީހަކު އުމުރުހުސްވެ މަރުވާއިރުވެސް އެމީހަކަށް މިދިވެހިރާއްޖޭގެ އެއްވެސްތަނަކުންބިމެއްލިބޭގޮތެއްނުވޭ. މީދެންކިހާދެރަކަމެއްތޯ

    12
    2
  3. ރަންތަރި

    ކޮބާހޭ ކޮންމެމީހަކަށް ދޭންޖެހޭ ލާޒިމުކުރާބިން. ކޮންމެމީހަކަށްވެސް ގާނޫނުގައި އެބުނާ ބިންކޮޅު . ރާއްޖޭގެ އެއްވެސް ރަށަކުންމިހާރު އެބުނާ ބިމެއްނުލިބޭ. މިޖެހެނީ ލާރިހަރަދުކޮށްގެން ފުލެޓެއްހޯދަން. މީތޯދިވެހިންގެ ހާލަކީ. މިކަމާވިސްނާނޭ ސަރުކާރެއްނެތީތޯވވވ

    11
    2
  4. ޢަލިފުތުބެ

    ފިނިޝިން އަށް ތިން މަސް ދީގެން ހަތްހާސް ފްލެޓް ގައި އެއްފަހަރާމަސައްކަތް ފެށޭނެވަރަށް މަސައްކަތް ތެރިން މާލެ ސަރަހަޢްދުން ލިބޭނެ ކަމަށް އެއްވެސް ދިރާސާއެއް ކުރެވުނުބާ! ޢެވަރަށް ތަކެއްޗާއި އެހެނިހެން ވަސީލަތް ލިބޭނެތޯ!

    11
    3
  5. ސަރަގޭ

    ތަނުގަ އުޅެންވާނީ ފްލެޓް ލިބުނު މީހުން އެހެން ބަޔަކު އުޅެގެން ނުވާނެ. ކުއްޔަށް ދިނުން މަނާވާންޖެހޭނެ. މިކަން އާއްމުންގެ ޖަމިއްޔާއިން ބަލަންވާނެ.

    18
    6
  6. މާހީ

    އާއްމުންގެ ޖަމިއްޔާގެ ހުށަހެޅުމުގައި ހިޔާ ފްލެޓްގައި އުޅެންވާނީ ފްލެޓް ލިބުނު މީހުން ކަމާ ކުއްޔަށް ދީފިނަމަ ތަން ސަރުކާރަށް އަތުލަން ޖެހޭނެކަން ފާހަގަ ކުރިނަމަ ވަރަށް ރަނގަޅުވީސް އެތަން އިތުރު ކޮށްލާ. އެހެން ނޫނީ ހުށައެޅުން ގަބޫލު ނުކުރާތި!

    16
    4
  7. ޢިބްނި

    ޜައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދުކޮށްގެން ތަންތަން ހަދާފަ ހުރިހާ ރައްޔިތުން ދަރަނިވެރިކޮށްފަ 6720 މީހުންނަށް އެކަނި އާންމުންގެ ޖަމިއްޔާ ކިޔައިގެން ބަޔަކު ވަކާލާތުކުރުން ޖޯކުކަމަކަށް ވެއްޖެ. 2 ކޮޓަރީގެ އެޕާރޓްމަންޓް އަކަށް މަހުކުލި 8500 ބޮޑުކަމަށް ވަންޔާ ފްލެޓް ދޫކޮށްލާ. ޢެއްކޮށް ނިންމާފަ ދިނަސް ނުނިންމާ ދިނަސް ޝުކުރުކުރޭ. ޝުޖުރުކުރަން ދަސްކުރަން ވެއްޖެ، ސިޔާސީ ނުވެ ލިބޭ މިންވަރަށް ޝުކުރުކުރޭ.

    3
    9
    • ޟަރީނާ

      2 ކޮޓަރި ތަނުގެ ސައިޒު އެނގޭތަ ތިޔަ ބޭފުޅާއަށް. ނޫނީ ސޯޝަލް ހައުސިންގްގެ މާނަ އެނގޭތަ

  8. ދެރަވަރެއްމީ

    ކަލޯމެނަށް ތިތަން ހަދަން ހަދަންނެގި ލޯނުގެ އަދަދާއި، ތިތަނުގެ ފޫޓަކަށް ދިޔަ ހަރަދުގެ އަދަދު އެންގޭތަ، އެހެން ނޫނަސް 3-5 އަހަރުކޮށްލާފަ، ތިތަން ބަޔަކަށް ކުއްޔަށްދީފަ ކަލޭމެން ނިކުންނާނީ އެހެން ތަނެއް ހޯދަށް، އެއީ ތިތަނަކީ ދިގު މުއްދަތަކަށް އައިލާއެއް ގޮވައިގެން އުޅެވޭ ގޮތަކަށް ހަދާފައި ހުރިތަންތަނެއްނޫން.

    3
    6
    • މަރީނާ

      މީ އެހުރިހާ ހަރަދެއް އެނގޭ މީހެއްބާ

  9. ރަށުމީހާ

    ޢާންމު ޖަމިއްޔާއަކަށް ނުފެނޭތޯ މިފަހަރު ފުލެޓް ނުލިބުނު މީހުން އުޅޭލެ ހާލަތެއް. ބޯހިޔާ ވަހިކަން ލިބެންޖެހޭކަމަށް ސަރުކާރަށްވެސް ޤަބޫލުކުރެވޭ އެތައް ހާސްބައެއް އަދިވެސް އުޅޭކަން ޢާންމު ޖަމިއްޔާއަށް ނޭގުނީބާ؟ ފުލެޓް ލިބުނު މީހުން މާކެޓް ރޭޓަށް ވުރެ އެތައް ގުނައެއް ކުޑަ އަގުގައި ފުލެޓް ލިބުނީމަވެސް އަދިވެސް ކުޑަކުރަން ހިފާފަ. ފުލެޓް ނުލިބޭ މީހުންނަށް ބޯހިޔާ ވަހިކަމެއް ހޯދާއި ދިނުމުގެ މަސައްކަތް ކުރުން ތިބުނާ ޢާއަމު ޖަމިއްޔާ އަށް މާ އައުލާކަން ބޮޑު ކަމަށް ދެކެން.

  10. ހޯރަ

    ހިލޭ ދޭށޭ ބުނެބަލަ!

  11. މެކުނު

    އަދިވެސް ތަނެއްއޮތިއްޔާ ބޯކޮއްޕާލާތި

  12. ތެދުބަސް1111

    ސަރުކާރަށް 2 އަހަރު ތެރޭ ތަނުގެ މަސައްކަތް ނިންމާ ހަވާލު ނުކުރެވުނު އިރު އާންމު ރައްޔިތުން ކިހިނެއްތޯ 3 މަސްތެރޭ މަސައްކަތް ނިންމާ ތިތަނަށް ވަންނާނީ. 3 މަސް ތެރޭ މަސަތްކަތް ކޮށް ދޭނެ އެ ކެޕޭސިޓީ ހުރި ރަނގަޅު އިތުބާރު ހިފޭ ކުންފުނިތަކެއްވެސް ނެތް. ސަރުކާރުން މިކަހަލަ ކަންކަމަށް ވިސްނުން ވަރަށް މުހިއްމު...

  13. ނަޝީދާ

    ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން އަސްލަމްއާއި މިނިސްޓްރީއިްން މިހާތަނަށް ދެކެވިފައިހުރީ ޢާންމުންގެ ގިނަބަޔަކު ހިތްހަމަޖެހޭ ވާހަކަތަކެއްނޫން. މިހެންމިކަން އޮއްވައި މި ދަތި ދުވަސްވަރު ފްލެޓްތަކުގެ އަގަކީ -/8500ރ. ކަމަށް ބުނުމުން ދޭހަވެގެންދަނީ ނާޤާބިލް ސަރުކާރަކުން ރައްޔިތުންނަށް ދުއްތުރާކުރުން ނޫން ކޮންކަމެއްތޯ؟ ރައްޔިތުންގެ އަތްފައި ބަނދެވިފައި ވަނިކޮށް ސަރުކާރުން މިފަދަ އިހާނެތިކަމެއް އެ ރައްޔިތުންނަށް ދިނިުމުން ހާމަވެގެންދަނީ އެމް ޑީ ޕީގެ ސަރުކާރަކީ ފެއލްވެފައިވާ ސަރުކާރެއްކަން.
    ަިޔާފްލެޓަށްއެދިފައިވާ ވަރަށް ގިނަ ފަރާތްތަކަކީ ދިރިއުޅުމުގެ ޙާލަތު ހަމަ ޒީރޯ ގައި ތިބި ބައެއް. އެހެންކަމުން އެ ނިކަމެތިން އިތުރަށް ނިކަމެތިކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫން. އިބްރާހިމް މުޙައްމަދު ޞޯލިޙު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން އަޅުގަނޑު ގޮވައިލަން.