މި އަހަރުގެ މިހާތަނަށް މާލެ ސަހަރައްދުގައި ވެކްސިން ނުޖަހައި، މާސްކް ނާޅައި އުޅެނީ ޒުވާނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ 20-29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 39 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ ކަމަށެވެ. އަދި ރައްކާތެރިވާން މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް އެގޮތަށް އަމަލު ނުކުރާ މީހުންގެ 48 އިންސައްތަ މީހުންނަކީ މި އުމުރުފުރާގެ މީހުން ކަމަށެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުގައި މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދެ ވަނަ އަށް އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ އުމުރުން 21-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 8،515 ފިރިހެނަކަށް އަދި 5،331 އަންހެނަކަށް ކޮވިޑު ޖެހިފައިވެއެވެ.
As young people are more mobile, they have the highest risk of exposure to the virus.
Protect yourself and your loved ones by vaccinating, and practicing life saving behaviours. pic.twitter.com/AXVnRAFCcE
— Health Protection Agency (@HPA_MV) May 28, 2021
ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހުއެވެ. މިހާތަނަށް 308،905 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 163،789 މީހުންނެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ މީގެ ކުރިން ގޮސްފައި ނުވާ މިންވަރަށް ނުރައްކާވެފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ.
ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. މި ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތީ ވެސް ވެރިރަށް މާލޭގައެވެ.
ކަލޭމެން ތިއުޅެނީ ވެކްސިން ހުސްވެގެން. ދެވަނަ ޑޯޒްވެސް ޖަހާނުދިން. ޢިއްޔެ ގުޅާފަވެސް ހަމަ އެހީ އެވާހަކަ. ކަލޭމެން ފެއިލް ވީމަ އެހެން މީހުން ބޮލަށް ޖަޙަާ އޭރުން ނިމުނީ.
ޒުވާނުން ނުކިޔާ ވަކި !
ފުރަތަމަ ޑޯޒުޖެހޭވަރުވީ ކިރިޔާ ދެވަނަޑޯޒު ނުޖެހިގެން މިއުޅެނީ
މުއްދަތުހަމަވަނީ
ވާވީގޮތެއް ނޭގޭ
ހަދަންވީގޮތެއް ނޭގޭ
Hannan beyya gengulhey muvazzadunves mask naalhaa ulhenee
ކޮވިޑް ވެކްސިން ނުޖަހައި މާސްކް ނާޅައި މަގުތައްމަތީގައި ގުރޫޕް ހަދާފައި ޒުވާނުން ގޮތެއް ފޮތެއް ނެތި އުޅުނަސް ސަލާމަތީ ބާރުތަކަށް އެމީހުން ހުއްޓުވައި ޖޫރިމަނާކުރާކަށް ނުކެރޭނެ. އެމީހުން ހުއްޓުވާއިރަށް އެމީހުން ވައިލެންޓްވެ ތެޅެންފަށާނެ. ދެން ވަށައިގެން ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާއަށްލީމައި ސޯޝަލް މީޑިއާއިން ސަރުކާރު ހިންގާ މީހުންނާއި އެހެން ކޮމިޝަންތަކުން މިކަމާއި ކަންބޮޑުވެ ތެޅެންފަށާނެ. އެހިސާބުން އެ ޒުވާނާ ހުއްޓުވި މީހާ ގޯސްވެ ވަޒީފާއިން ކަނޑައިލާނީ. ޒުވާނާ ހުންނާނީ ކުރިއަށްވުރެ ބާރުވެރިކޮށް. ދެން އާންމުން ތިބެގެން ކިޔާނީ އެއްދޮރުން ވައްދާފައި އަނެއް ދޮރުން ނެރެނީއޭ. ކޮވިޑް ވެސް މިވަރަށް ފެތުރިގެން މިއުޅެނީ މިއުޅޭ ސަރުކާރަށް ކޮންޓްރޯލް ކުރަން ނުކެރޭ ޒުވާނުންގެ ބަލާވެރިކަމާއިހުރެ. އަޅުގަނޑު ކުރިމަތިން ދެ ޒުވާނަކު ވަރަށް ބާރަށް ސައިކަލުގައި އަރިއަރި އަޅުވާފައި މާސްކްވެސް ނާޅައި ހުއްދަވެސް ނެތި ފުލުހުންނާއި އެމްއެންޑީއެފް މީހުން ތިބި ޕޯސްޓެއް ކުރިމަތިން ދިޔައީ ހުއްޓުވާކަށް ނުކެރުނު. އަޅުގަނޑު ހުއްދަ ނަގައިގެން ޤަވާޢިދާއެއްްގޮތަށް މަޑުން ދުއްވާފައި ދިއުމުން ކޮންމެ ޕޮއިންޓަކުން ހުއްޓުވާފައި ސުވާލުކުރޭ. މަގުމަތިން މިހާރުގެ ޒުވާނުން ގުރޫޕް ހަދާފައިވެސް މާސްކް ނާޅައި އަޑުގަދަކުރަމުން ހިނގާފައިދޭ. ހުއްޓުވާކަށް ނުކެރޭ. ނަމަވެސް މިސްކިތުން ނަމާދުކޮށްގެން އެކަނި ނުކުމެގެންދިޔަ މީހާ ހުއްޓުވާ ނަމާދުކުރުމުން -/1000 ރުފިޔާއިންޖޫރިމަނާކުރި. މިހާރު ސަރުކާރު ހިނގަނީ ކޮންމެ ހެޔޮ ޢަމަލަކަށް 10 ސަވާބާއި 1000 ޖޫރިމަނާ.
ފިހާރަތަކަށް ޕާން ޑެލިވަރީކުރާމީންވެސް މާސްކެއްނާޅާ ރަގަޅަކަށް. ޢަބަދުވެސް ދަތް ދޮޅީގަ މާސްކް އަޅުވާފަ ހުންނަނީ.
އެއީ ތެދެއް. ބަންގްލަދޭޝް ޒުވާނުން.
ކިހިނެއްތަ ވެކްސިން ޖަހަނީ . ނެތް އެއްޗެއް.. މި ދެން ކޮންފަދަ ބޮޑު ބަ--އްތަ އަޅެ!
މިއަދު ހަވީރު 4:00 ން 4:30 އާދެމެދު ބެލްކަނީގައި ހުރެގެން އަޅުގަނޑު އޮބްޒާރވް ކުރިއިރު 100 ވަރަކަށް މޫވްމެންޓް މިހިސާބު ގަނޑު ގައި އުޅުނެވެ. އޭގެ ތެރެއިން %50 މޫވްމެންޓްގައި ހިމެނޭ މީހުން މާސްކް އަޅާފައި ވަނީ ދަތްދޮޅީގައެވެ. މިފަދަ ކަންތައްތައް ޒިއްމާދާރު ގޮތެއް ގައި ފުލުހުންނަށް އޮބްޒާރވް ކުރެވިގެން އެކަމަށް އެކްޝަން ނެގިގެން ނޫނީ މިކަމަށް ހެޔޮއަސަރެއް ނުކުރާނެއެވެ. މިޤައުމުގެ ފުލުހުންނަށް މިވަރުކަމެއް ކޮށްނުލެވެނީ ކީއްވެ ހެއްޔެވެ؟ އެހެން ޤައުމު ތަކުގައި ކުރެއެވެ.
ދެން ބަންގާލިން މީ ކިހިނެއް އުޅޭބައެއް. މާސްކް އަޅަފަ ހުރޭ ދަތްދޮޅީގަ. އެމީހުންނަކީ ވައިރަސް ފަތުރާ ބައެއް ނޫންތަ.
ސަރުކާރުގެ ނާގަބިލްކަމުން ތިޔަ ހުރިހާކަމެއް ވަނީ 1 އަ ހަރުވަނި މެނޭޖްކުރާތާ އަދިވެސް ވާނުވާގަ އިބޫގެ ޕްރެސް ހީވަނި ހޮޅުއަށީގަ ދެއްކިވާ ހަކަޔައްވުރެއްވެސް ކަޑަ. ކޮބަ ވެކްސިން އިންޑިޔަގެ އައްނބޮޑިޔައް ވެއްޓި އެމީ ހުން ބުނާ އެއްވެސް ކަމެއް ފުރި ހަމަޔެއް ނުވާނެ ، މިކުރަނީ މދެނީ މިޖަމާކުރަނީ ކަލްދޯ ބަޖެ
ކެރަފާ ނަސީމުއާ ހިންނަވަރު އިބޫ ތިބީ ފަގުޑި އަޅައިގެންދޯ