މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ ވިދާޅުވީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 8:00 އިން ފެށިގެން މެންްދުރުފަހު 14:00 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެެރެފައިވާ ކަމަށެވެ މި ދެެމެދުގެ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިވަގުތުގައި ކަނޑުތައް ގަދަވާނެ ކަމަށް އަދި، ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެެ.

މީގެ އިތުރުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވެސް ވަނީ ހުދު ސަމާލެއް ނެރެފައެވެ. އެ ސަރަހައްދަށް އާންމު ގޮތެއްގައި 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މި އެލާޓު ނެރެފައި ވަނީ 10:00 އިން ހަވީރު 16:00 އާ ހަމައަށެވެ.

މި ވަގުތުގައި މި ދެމެދުގެެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.