ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ މިސްކިތްތައް ބަންދު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލިއެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން، މާލެ، ވިލިމާލެ އަދި ހުޅުމާލެ މިސްކިތްތައް އާންމުންނަށް ނުވަދެވޭނެ ހެން ވަނީ ބަންދުކޮށްފައެވެ.

އެކަމާ ގުޅިގެން އަލީ ރަމީޒް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަށް އެއްގޮތަކަށް ވެސް ނުވަދެވޭ ގޮތަށް މިހާ ހަރުކަށިކޮށް މިސްކިތްތައް ބަންދު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅޭ ތަންތަނަކީ ފަސޭހަ އިން ނަމާދު ކުރެވޭ ގޮތަށް ހުންނަ ތަންތަނެއް ނޫން. މިސްކިތްތައް ހުޅުވާ،" ރާއްޖޭގެ ނޫހަކުން ގެނެސް ދިން ދެ ހަބަރެއްގެ ސްކްރީން ޝޮޓާއެކު އަލީ ރަމީޒް ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ސަލަފް ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ ރަމީޒަކީ ދިނީ ކަންކަމުގެ އިތުރުން ރާއްޖޭގައި ހިނގާ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވައި އެކިއެކި ވާހަކަތައް ދައްކަވާ ބޭފުޅެކެވެ. މީގެ ދުވަސްތަކެއް ކުރިން އޭނާގެ ޓުވިޓާ އެކައުންޓް ވެސް ސަސްޕެންޑް ކުރިއެވެ.

އެކަމަކު އޭނާގެ އެކައުންޓް ޓުވިޓާ އިން އަނބުރާ ވަނީ ދީފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނަ އިރު މި ބަލި މިހާތަނަށް އައިއިރު 61،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 157 މީހަކު ނިޔާވެ، 24،000 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

77 ކޮމެންޓް

  1. ތަރު ޖަމާނި

    ޕުރޮޕެގަންޑާ ފެތުރުމުގެ ކުރިން އެޗްޕީއޭ ގެ ބަހެއް ހޯ ދިންތަ؟ ހިލޭ އެތަނަށް ގުޅޭ ގޮތަށް ދިވެހި ސަރުކާރުންވަނީ ހަމަޖައްސަވާ ދީފައި

    43
    75
    • މުން

      އެހެން ބަންދު ކުރަންޖެހުނީވެސް ތިޔަ ކަހަލަ ސަލަފީ މީހުން މިސްކިތަށްއަރާ ބޮޑެތި ޖަމާއަތްހަދައިގެން ގައިދުރުކަމެއް ނެތި ސަފު ހަދައިގެން ނަމާދުކޮށް ގަދަކަން ދައްކާތީއެއްނޫންތަ.. ކުރިންކީ ސިއްޚީ ކަންކަމުގަ އަޅާ ފިޔަވަޅުތަކުގަ ސިއްޚީ ނާހިރުންހެ ނިންމުމަށް ތަބާވާށޭ!! މިހާރު އެހެން އެއްޗެއް ތިޔަ ވީދެނީ.. މުނާފިޤުކަން

      26
      47
    • Anonymous

      ތިޔަ އެޗް. ޕީ. އޭ އަކަށް ތަބާވެގެން އުމުރު ހުސް މިވަނީ. ވާ ކަމެއް ހަރާން.

      44
      12
      • އަސްލު

        ތިހެން ބުނާނި އެޗުޕީއޭއަށް ތަބާވާ ވާހަކައާ އެޗުޕީއޭ ނުބައިވާހަކަ އެކަމު ތިހެން ބުނާ މީހާގެ މާސްކުވެސް އޮންނަނީ ދަތްދޮޅީގަ

        9
        4
  2. ހިރިގާ

    ދީނީ އިލްމު ކިޔެވި މަދަރުސާއެއްނެތް ބޮޑެތި އިލްމުވެރިން މިއުޅެނި

    62
    100
    • ސިޔާސީ

      ސިޔާސީ އިލްމް ކިޔެވި މަދަރުސާ އެނގޭ މީހުން ހޮވައިގެން ތި އުޅެނީ؟

      61
      9
    • ޙިރިގާގެ އަމާ

      ބުނަން ރަނގަޅު ވާހަކައެއް. މިސްކިތް ހުޅުވާފަ ބަހައްޓަން މާގިނަ ޑިގްރީތަކެއް ބޭނުމެއްނުވާނެ. މުސްލިމުންނަކީ މުންކަރާތް ނަހީކޮށް ހެޔޮކަންކަމަށް އަމުރުކުރަންޖެހޭ ބައެއް. އެއީ މިއުންމަތް އެންމެ ހެޔޮ އުންމްތުގެ ގޮތުގައި ނެރުއްވާފައިވާ ސަބަބު. ތިކަހަލަ އަނގައިން އިސްލާމު ވެގެން އުޅޭ މީހުން ގިނަވެގެން މި މުޖުތަމަޢު މިހާލަތަށް ވެއްޓިފަ މިއޮތީ

      58
      13
    • ޕާޕަ ޕާޕާޕ

      ކާލޭ ގްރޭޑް 7ކާ ހަމަޔަށް އިސްލާމް ކިޔެވިނަމަ ތިވަރުގެ ތާކުންތާކު ނުޖެހޭ ވާހަކައެއް ނުދައްކާނެ.
      ޢަލީރަމީޒް ލަވަކިއި އިރު އެކަމުގެ ހުނަރު ދާދި އަވަހަށް އޭނާ ދަސްކުރި. ޢެތައްސަތޭކަ ލަވައެއް ލައިވް ޕާފޯމަންސަ ތަކުގައި ލިއުމެއްނުބަލައި ކިޔާލި.
      ވީމާ އެވަރު މީހަކަށް މިއުޒިކަށްވުރެ ބޮޑު ޖޯށަކާއިއެކު ދީނީ ކަންކަމުގައި އުޅޭއިރު ކުރު 500 ވަރަކަށް ހަދީސް މާނަޔާއި އެކު ދަސްކޮށް އެވްރެޖް ދިވެހިންގެ ދީނީ އިލްމަށްވުރެ ކުޜީގައި ހުރެދާނަކަން އެއީ ހަމަ ޔަގީން ކަމެއް.
      ޝޭހަކަށްނުވިޔަސް މައުލޫމާތު ހުރެދާނެ.

      71
      22
    • ސަންގުމަރުމަރު

      މަގުމަތީ ދަމާކަނޑާ ދީން ނުވެސް ދަންނަ ރޯނު އެދުރުން ނާ ގައުމު ހަވަލުކުރީމަ ވާނެ ހައެތި މިއޮތްގެން ވަނީ. ކީއްވެތަ އެވާހަކަ ނުލިޔުނީ.

      13
      2
  3. ޑިމްކޮރަޓިކްޕާތީޖަގަހައިން

    ސާބަހޭ. ޢަލީ ރަމިޒް

    125
    48
  4. ދިވެހިން

    މީނަހައްޔަރު ކުރޭ!

    49
    135
    • އަރަބިން

      ކޮންކަމަކު؟

      37
      8
      • ހަޔަސިންތް

        ޤައުމުގާފިތުނަ ަުފެދޭގޮތައްވާހަކަދެއްކުން

        8
        16
  5. Anonymous

    މިސްކިތްތަކުގައި ވަނިީ ފަލަާހަާއި ކަަާމިޔަާބު ބަލިފެތުރުމެއްނުން އިބްރަާހިމް އިސްތިއުފަާ

    119
    31
    • ރާގޮޑިރާޖަ

      ފަލާހާއި ކާމިޔާބުލިބޭނީ ގައިންތާހިރުވެގެން މިސްކިތަށްއަރައިގެން.

      34
      5
    • ސާމާނުބެ

      ތިހެން ތިކަން އޮންނައިރު މިދިޔަ އަހަރު ހައްޖައް މީހުންނަށް ނުދެވުނީކިއްވެޔޯ؟

      9
      1
    • ވާނުވާ

      އަހަރެމެން މިކިޔަނީ ތިކަން ސާބިތުކޮށްދޭށޭ މިހާތަނަށް ގަބޫލުކޮށްގެން މިތިބީ ކޮވިޑުބަލިޖެހޭކަށް މިސްކިތެއް ސިނަމާއެއް ސައިހޮޓަލެއް ފުޓުބޯޅަދަނޑެއް ވަކި ނޯންނަކަމަށް

      5
      2
  6. ސަމްކުޅިބޭ

    އެޗްޕީއޭ އިން އަންގަނީ ގިނައިން އަތްދޮވުމަށާ މާސްކް އެޅުމަށް. މިސްކިތަށް ނަމާދަށް އަރާމީހާ އަރަނީ އަތާ ފަޔާ މޫނާ އަނގަޔާ ނޭފަތާ އަތުގެ މުލައްދަނޑިޔާ ހުރިހާ ތަނެއް 3 ފަހަރުދޮވެގެން، އެބަހީ ވުޟޫ ކޮށްގެން. އަދި އޭގެ އިތުރުން މާސްކްވެސް އަޅައިގެން. ނަމާދުކުރަނީ ވަކިތަނެއްގާ ހުރެގެން. ނަމާދު ނިމުމާއެކު ވީހާ އަވަހަކަށް މިސްކިތުންފައިބާ. މިސްކިތަށްއަރާ މުޅިމިސްކިތުގައި ލާޗާރު ބިޗާރަށް ހޫރިއެއް ނުހަދާ. އެހެންވީއިރު އެޗްޕީއޭގެގައިޑް ލައިނަށްވުރެވެސް ރަނގަޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާގެން މިސްކިތުގައި ނަމާދު ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް. އަތްފައިވެސް ނުދޮވެ މާރުކޭޓާ، ފިހާރަތަކާ ހޮޓާ ކެފޭ ތަކަށް ވަދެ ހުރިހާ އެއްޗެއްގައި އަތްއުނގުޅާ ހުރިހާތާކު ލާޗާރު ބިޗާރަށް ދުވެހަދާއިރު މާރުކޭޓް ބަންދު ނުކުރަނީ ކީއްވެބާ؟ އަހަރެންގެ ދުޢާ އަކީ، ކީރިތިޤުރްއާނުގެ އަޙްޒާބް ސޫރަތުގެ 67ވަނަ އަދި 68ވަނަ އާޔަތުގައި ވާ ދުޢާއެވެ. އެދުޢާގެ މާނައަކީ"އަޅަމެންގެވެރި ރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެންގެ ސާހިބުންނަށާއި އަޅަމެންގެބޮޑުންނަށް އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ޢަޒާބުގެ ތެރެއިން ދެގުނަ އެއުރެންނަށް ދެއްވާދޭނވެ، އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން އެއުރެންނަށް ލަޢުނަތް ލައްވާދޭނވެ." އާމީން!

    44
    11
  7. އަދުރޭ

    ފިނި މޫސުން ނުވަތަ ބޯކޮށް ވާރޭވެހުނަސް ގޭގަ ނަމާދުކުރުވޭ. ދެން މިއުޅެނީ ބޮޑު ބަލިމަޑުކަމެއް އައިސް ކޮންޓްރޯލްނުކުރެވިގެން. އެހެންވީމަ މިސްކިތައް ދިއުން ވަގުތީ ގޮތުން ހުއްޓުވާ ގޭގަ ނަމާދުކުރަން އެންގުމަކީ މައްސަލައެއްނޫން. ދީނުގެ ކޮންމެ ކަމެއްކުރުމުގަ ސިއްހަތަށް ބަލަން އޮވޭ. ރޯދަ ނުހިފޭ މީހާ ބަލި ރަނގަޅުވަންދެން މަޑު ކުރުން. ކޮޅަށްހުރެ ނަމާދުނުކުރެވޭ މީހާއަށް ވެސް ލުއިފަސޭހަގޮތްތައް އެބަހުރި. މިވަގުތު ބަލިޖެހިފަ ހުރިމީހެއް، ބަލިނުޖެހޭ މީހެއް އެންގެން ނެތުމުން އެންމެންވެސް ގޭގަ ނަމާދުކޮށް ސިއްހަތަށް އިސްކަންދީ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުން މުހިންމު. އިސްލާލްދީނަކީ ހަމަކައެކަނި ހައްގު ދީން. އެންމެ ލުއިފަސޭހަ ދީން. މިސްކިތަށް ނުދެވޭތީ ހުރިހާ މުސްލިމުންވެސް ދެރަވާނެ. އެކަމަކު އެވަގުތަކު މިންވަރުކުރެއްވި ގޮތް ބަލައިގަނެ ދީނުގަ އޮއްލުއިފަސޭހަ ގޮތުގައި ހިފުން ބުއްދިވެރި. އަދި މާތް ނަބިއްޔާވެސް ދީން ހުއްދަކުރާ ހުރިހާ ލުއިފަސޭހަ ކަމެއްކުރައްވާ މިސާލުދެއްކެވި. އެކަލޭފާނުވަނީ ދަތުރުކުރާމީހުންނަށް ވެސް ނަމާދުކުރާނެ ފަސޭހަގޮތްތައް ދަސްކޮށްދެއްވާފަ.

    38
    12
    • ބުއްދިއިސްކުރައްވާ!

      މާޝާ ﷲ ވަރަށް ރިވެތި ނަޞޭހަތެއް. ތިޔަފަދަ ދަރިން މި ޤައުމުގައި ގިނަކުރައްވާށި! އާމީން

      12
      2
  8. ނަައީމް

    ފާސްލިބިކެންނޫން ގޮތަކައް ބޭރައްނުނިކުމެވޭ އިރު ބޭ ރުގާ އަދި ިސްކިތައްވެސް އަރާނިޏ ފާސްދީފާ ތިބޭ ބަޔަކައްވާއިރު އަމާންކަމާއި ރައްކާތެރިކަމައް ގޮވާ ސަލާމަތާއި ކާމިޔާބައް ގޮވާލެވޭހިދު ހަމަ މިސްކިތައްނާ ރާ ކެއްކުރެވޭނެހެއްޔެވެ ގޭގައި ތިބޭ މީހުން ގޭގައި ކުރާނެ ބޭރުގައި އުޅޭމީހުން މިސްކިތުގައި ކުރާނެ ނޫންހެއްޔެވެ މިނޫން ފަހެ ދެން ކޮންގޮތެއްތ÷އެވެ އޮތީ

    16
    5
  9. ޅމަމެ

    އަލިބެ ބުންޏަސް މިފަހަރު ކަމަކު ނުދޭ. މި އަހަރުގެ ހައްޖުގެ މާތް އަޅުކަމައްވެސް މަދުބަޔަކައް ފުރުސަތު ލިބިނީ. ކީއްވެބާ އެކަން ބަލައި ނުގަނެވޭނެކަމައް ނުގޮވީ. މިފަހަރ ތީ ސަރުކާރާ ދޭތެރޭ ހިއްހަމަ ނުޖެހޭތީ ޖަޒުބާތުގަ ޖެހެވުނީ.

    25
    17
  10. ހަލަމްގަން

    ދީނޭ ކިޔައިގެން ކަލޭމެން ގައުމު ހަލާކުކޮށްފި ކަލޭމެން ހީކުރީ ދިވެހިން އިސްލާމްދީނަށް އުޅެންފެށީ އިއްޔެކަމަށްތަ

    32
    19
    • އަހަންމަދު

      ލާދީނީފިކުރުފަތުރައިގެން ކަލޯމެން
      ގައުމުފަސާދަކުރާއިރި ހަނުންތިބެންވީތަ؟
      ހަމަހިލާއެހަނަކުންނުވާނެ!
      މިސަރަހައްދުގެދިރިުޅިމުގެ ޙާލަތު
      އެގިތިބެ މިސްކިތްތައް ބަންދުކުރާނީ
      ވަރަށް ލާދީނީބައެއް! މިސްކިތްތަކަކީ
      ﷲގެ ގެކޮޅުތައް! ﷲއަކްބަރް!ﷲއަކްބަރް.! ﷲއަކްބަރް!

      10
      3
  11. ނުރަބޯ

    ކަލޭތީ ދެން ކާކު އަމުރުކުރަން ދޭބަލަ ކޮޕީލަވަޔެއް ކިޔަމުން ނަށަން

    13
    29
    • ސަންގުމަރުމަރު

      ތިކަހަލަ ޔަހޫދީން ގިނަވީމާ މިއޮތް ގައުމު ހަލާކުވަނީ. ދޭބަލަ ކަލޭގެ އައުވާނުންގެ ކައިރިއަށް އިންޑިއާއަށް.

      10
      2
  12. މުސްތޮ

    ކަލޭ ހުރޭ ބަލައިނުގަނެ ލޮލް

    13
    17
  13. ޚާޖީބަނޑާރަ

    ޜާބޯނޮވީމަ އޯކޭ ، ލަވަކިޔާ އަންހެނުން ފިރިހެނުން ލަަށްވާ ނެޝުވުން އޯކޭ އައިސް މީހުންނާ ގުޅުނީމަ އެހުޜިޙާކަމެ އް ހާރާމް ފަސާދަކުރަންވީމަ އޯކޭ

    8
    11
  14. ވަންޑޭ ސިންގާރ ނެކްސްޓްޑޭ ޝެއިޚް

    އެކޮއެ ކޮން ހައިސިއްޔަތަކުން ޑރ ގެ ލަފަޔާ ތި ޗެލެންޖު ކުރަނީ. ގައިމު ދީނީ ގޮތަކުންނެއްނޫން. ދީނުއޮންނަނީ ކޮންމެތާކުވެސް ނަމާދު ކުރެވޭނެކަމަށް ދުނިޔޭގެ ކޮންމެތަނަކީވެސް ﷲގެ ބިން. އާއްމު އުސޫލާ ބުއްދީގެ ހަމަ އަދި އެއްފަރާތްކޮއްފަ، އިސްލާމީ ތާރީޚް ކުޑަކޮށްވެސް ރޯފިލާފަ ހުރިނަމަ އިނގޭނެ ބައްޔެއްފެތުރޭއިރު ކަންކުރަންވީގޮތް.

    49
    28
    • ޒަކީ

      ކީޕް އަޕް ބީން އަ ޝީޕް

      3
      3
    • ހުމައިދާ

      އެއްޗެއްރޯފިލާނި ވެސް އިލްމެއް އުގެނި ބުއްދި އިސްކުރީމައެއްނު، ތިމާޔަށް ތިމާ ފެނުނީމަ ވިސްނޭނި ކޯޗެއް؟

      15
      8
  15. އަޙްމަދް

    ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ މިސްކިތްތައް ބަންދު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ “ނުކިޔަވާ” ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
    ——————————————————
    ‎ދީންވެރިވެގެންނެ ނަމުގައި މަޝްހޫރުވީމަ އުޅެނީ
    ‎ ޢިލްމެއްނެތަސްމެ ލިބިފައި ފަތުވާދެމުންނެ ދުވަނީ
    ‎ތަޤްވާ ވެރިންގެ ނަމުގައި ދެއްކެންވެގެންނެ އުޅެނީ
    ‎ ޖޯޝާއި ފޯރިއަރުވައި ސިޔާސަ ވެގެންނެ އުޅެނީ.

    20
    21
  16. އަޙްމަދް

    އެއްވެސް ހައިސިއްޔަތެއް ނެތި މުސްލިމުވެރީންނަށް އަމުރުކުރާ ދަރަޖަޔަށް މީނާގެ ކަންތަށް މިދިޔާ މިނާގެ ޖާހިލިކަމުގެ ބޮޑުކަމާއެވެ.

    20
    25
  17. ﷲގެ އަޅާ

    އައި ލަވް ދިސް ގްރޭޓް މޭން ފޯ ﷲ. ބްރަ ދާ ، ކީޕް ސޭއިން ވަޓް ޔޫ ހެވް ޓް ސޭ ، ވީ އޮންލީ ވޯންޓްސް ﷲސް ޕްލެށާ . ނަތިން އެލްސް މެޓާ ❤

    22
    12
  18. Anonymous

    އަތްފައި ދޮވެގެން މިސްކިތަށް އެރުމުން ގައިދުރުކަން ހުރިނަމަވެސް ކޮވިޑް ފެތުރޭ. ޒުވާނުން މަގުތައް މަތީގައި މާސްކްއެޅުމެއްނެތި ގުރޫޕްހަދާފައި އުޅުމުން ކޮވިޑް ނުފެތުރޭ. ސަލާމަތީ ބާރުތަކުން މަގުތައްމަތީގައި ޗެކްޕޮއިންޓް ހަދައިގެން ގައިގޯޅިކޮށް ތިބީމަ ކޮވިޑް ނުފެތުރޭ. ސަލާމަތީ ބާރުތަކުން މަގުތައްމަތީގައި އުޅެފައި ރެސްޓް ޕޮއިންޓްގައި ގުރޫޕްހަދާފައި މަޖާނަގަން އުޅެފައި ތިބި ގޮތަށް ގެއަަށް އައިސް ގޭގައި ތިބޭ މީހުންނާއިއެކު އުޅުމުންވެސް ކޮވިޑް ނުފެތުރޭ. ފިހާރަތަކަށް ހުއްދަ ދިނުމުން ފިހާރަތަކުގައި ފުނިޖެހިފައި މީހުންގަނޑު ތިބުމުން ކޮވިޑް ނުފެތުރޭ. އިންޓަރނޭޝަނަލް ބޯޑަރުތައް ހުޅުވައިލުމުން ކޮންމެ ދުވަހަކު އިންޑިޔާއިން ނުރައްކާތެރި ކޮވިޑް ވޭރިއެންޓް ކޮންޓެއިނާތައް ގެންނައިރު ކޮވިޑު ނުފެތުރޭ. ދޮންމީހުން ކޮންމެ ދުވަހަކު ގެނެސް އެއްވެސް ރައްކާތެރިކަމެއްނެތި މާސްކް ނާޅައި، މަގުތައް މަތީގައި އުޅޭއިރު ކޮވިޑު ނުފެތުރޭ. ދޮންމީހުންގެ ކައިރީގައި އުޅެފައި ކޮވިޑު ހިފައިގެން ގެއަށް އައިސް އާންމުންގެ ތެރޭގައި އުޅޭ މީހުންނަށް ކޮވިޑު ނުފެތުރޭ.
    ކޮވިޑު ފެތުރެނީ ހަމައެކަނި މިސްކިތުން. މިއީ ސަރުކާރުގެ ސިޔާސަތު

    22
    6
  19. ރައްޔިތުމީހާ

    ބަލި ފެތުރެނީވިއްޔާ މިސްކިތްތައްވެސް، އެއްވެ އުޅޭ ހުރިހާ ތަނެއް ބަންދު ކުރަންޖެހޭނެ. ނާމާދަކީ ވާޖިބެއް، ނަމާދު ގޭގައިވެސް ކުރެވޭނެ. އަދި ﷲއީ ރަޙްމާނުވަންތަ ރަޙީމްވަންތަ ރަސްކަލާނގެ.

    17
    7
    • ގޭގަ ޖާގަ ނެތް

      ގޭގަ ޖާގަ ނެތް ވާހަކަ އެ ދައްކަނީ

  20. ކޮރަލް

    ރަނގަޅު ވާހަކަ އެކެވެ.

    13
    5
  21. އައްޔަ

    މިއީ ލާ ދީނީ ސަރުކާރެއް.
    ދުނިޔޭގަ ތިބި ބަޔަކަށް އަ ދި ކިތައްމެ ކަމެއް ފެންނާނެ.

    25
    7
  22. Anonymous

    މި ދެން ކާކުތަ

    11
    15
  23. ރައީ

    ކޮންމެ ހެން ހުރިހާ ޚަބަރެއްގަ ކުރީގެ ލަވަކިޔުންތެރިޔާ އޭ ބުނެ އަލީ ރަމީޒު ނަން ލިޔުމުގެ ބޭނުމެއް ނެތް. އެއީ މާޒީ، ޚު ދް އޭނާ ވެސް ވަނި އޭނާގެ ލަވަތައް އަޑުނޭހުމައް އެ ދިފަ.

    26
    11
  24. Anonymous

    އިބްރާހީމާ އިސްތިއުފާ ދޭންވީނު.
    އާޖްފާޖް ނޭނގެއެއްނު. ކަލޭމެން އުޅޭނެހާ ގޮތަކަށް އުޅެ މުޅި ޤައުމަށް ބަލި ފަތުރާފައި މިސްކިތް ބަންދު ކުރަނީ ލާދީނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެމީހުން ރުއްސަންތޭ. ޖަމާޢަތް ނެހެދިޔަސް މިޙާލަތުގައި ވެސް މިސްކިތުގައި ނަމާދުކުރަން ބޭނުންވާ މީހާއަށް އެފުރުޞަތު އޮންނަށްވާނެ. މާލޭގައި ގޭގޭގެ ޙާލަތު ނަމާދު ކޮށްލަން ވެސް ދަތިވާ ހިސާބުގައި ބައިގިނަވެ މިއޮންނަނީ. އަނެއްކޮޅުން މުސްލިމު ޤައުމެއްމީ. މިސްކިތަކީ ބިންމަތީގައިވާ ﷲގެ ގެކޮޅު. އެންމެ މާތް ތަން. ސުނާމީ އެރި ދުވަހު ވެސް ގިނަމީހުން ވަނީ އެތަނަށް ރައްކާތެރި ކަން ހޯދަން. އިބްރާހީމާ ޤިޔާމަތްް މަހްޝަރު ދުވަހު ތިބާއަށް ނުފިލޭނެ. ހިސާބު ބެލެވޭނެ ޖަޒާވެސް ލިބޭނެ. ސާބަސް ޢަލީ ރަމީޒު ދަރިފުޅާ. މިޤައުމަށް ހިތުހުރި އެއްޗެއް ހަދާއިރުވެސް މައްމޫނު މެން އަނގަފުޅެއްނެތް.އިސްލްމިކް މިނިސްޓަރު އިސްތިއުފާ

    14
    10
  25. ބުއްދީގެ ކުރިއަށް ރުޅިއިސްނުކުރައްވާ

    މިތަނުގައި ބައެއް ބޭފުޅުން ވިދާޅުވެފައިވާފަދައިން އިސްލާމީ ބޮޑެތި ޢިލުމުވެރިންގެ ރައުޔަކީ ، އަޒުހަރު ޔުނިވާރސިޓީ އަދި އުއްމުލް ޤުރާގެ ވެސް އެންމެ ބޮޑެތި ޢިލްމުވެރިންގެ ރައުޔަކީ މިފަދަ ދަނޑިވަޅެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. އަޅުގަނޑު ކިތަންމެ ފަހަރަކު ނަސޭހަތްދިނިން ދިވެހިންނާއި ބޭރުމީހުންނަށް ނަމާދުގައި މާސްކުނާޅާތިބޭތި. މާސްކުގެ ފައިދާ އެންމެހާ ޑޮކްޓަރުން ޤަބޫލު ކުރައްވާ! ހައްދަވާ ބޮޑުކުރައްވާ ގެންގުޅުއްވާ އަޅަމެންގެ ވެރި ﷲ ޖަމާޢަތުގެ ނަމާދުން އަޅަމެން މަޙްރޫމު ނުކުރައްވާނދޭވެ! ޖަމާޢަތުގެ ނަމާދު ޖަމާޢަތް އިބަ ﷲގެ ފަޟުލުވަންތަ ވެރިކަމުން އިޢާދަ ކޮށްދެއްވާފާނދޭވެ!

    24
    • ގައުމު ފަހުރުވެރިވާ ޒައީމް

      އަޒްހަރުން ކިޔެވި ނުޖޫމީ ޢިލްމުވެރިއެއް އުޅޭނެ ރާއްޖޭގަވެސް.އޭނާ ބުނާ ގޮތުން ބުރުގާ އަޅާކަށް ނުޖެހޭ. ލަވަޔާއި މިޔުޒިކް ހުއްދަ. މިކަހަލަ ރޯނު އެދުރުން ކިޔެވި ޔުނިވަރސިޓީއަކުން ނުވަތަ އެ ޔުނިވަސިޓީން ކިޔެވި އެކެއްގެ ރައުޔެއް މަށެއް ގަބޫލެއް ނުކުރާނަން.

      3
      3
      • ބުއްދި އިސްކުރައްވާ!

        ވަކި ބޭފުޅަކަށް މަތިކޮށްފަ މަޢުޟޫން ބޭރުވެލައްވަނީ ތި! މި ކަމުގައި ދުނިޔޭގެ ހުރިހާ ބޮޑެތި ޢިލްމުވެރިންގެ ރައުޔު އެއްގޮތް. އެންމެ މުޢުތަބަރު ޢިލުމު ވެރިއެއްގެ ބަސްވެސް ވިދާޅުވެލައްވާ! ރާއްޖޭގަވެސް އިސްލާމީ ފަތުވާދޭ މަޖުލީހުގެ ރައުޔަކީވެސް މީ. ދެން ތިބޭފުޅާ ޤަބޫލުކުރައްވަނީ ކޮން ފިޤުހީ މަންހަޖެއްތޯ 🙂

  26. އަހްމަދު

    މިސްކިއްތަށް ބަންދު ކުރަން ވަރަށް ފޯރި ހުންނަ ބަޔެއް ވެރިކަމުގައި ތިބީ! އެއްވެސް ގައިދުރުކަމެއްނެތި މާރުކޭޓްތަށް ހުޅުވިފައި ހުންނަ އިރު މިސްކިތްތަށް ބަންދު ކުރެވުމަކީ ޖޯކެއް!!!

    21
    11
  27. ސުލައި

    މީނައަށް މާބޮޑަށް އެގެނީ!!

    12
    13
  28. ޞުތު

    ޓޯރާބޯރާ މީހުންގޮތަށް ހެދުން އަޅުން އެއީވެސް ދީނުގައި ވާޖިބު ކަމެއްކަމަށް ދައުވާކުރާ ބައިގަނޑަށް ހީވަނީ ތިމަންނަމެންގެ ބުނާ ކޮންމެގޮތަކަށޭ ދީންނުގައި އެކަމެއް އޮންނަނީ ކަމަށް ދިވެހިން ޤަބޫލު ކުރާނެކަމަށް. މީނައަށް ވެސް ހީވާކަލަ ތިމަންނާއަކީ ބޮޑު ދީނީ ދަންނަބޭކަލެކޭ. ރަސޫލެއްކަމަށް ދައުވާ ނުކުރާކަން ރަގަޅު. މައިކެއް ދީފަ ބޯތަޅުވަން އަރުވަން ރަގަޅުވާނެ.

    13
    16
  29. ވގ ޔނ

    އަލީރަމީޒް މިފަހަރު ކިއްވެތަ ބޭނުންމީހަކައް ހައްޖައްނުދެވެނީ ތިއުޅެނީ މާބޮޑައް އެގިގަނެގެން އެގޭ މިންވަރުން ވާހަކަދައްކާނި ތީ ކޮން ދީނެއްކިޔަވައިގެންހުރިމީހެއްތަ ކަމެއްކުރަންބޭނުމިއްޔާ ތިގޭ ގެ މީހުން ދީނައްވައްދަބަލަ އެކަކުލަވަކިޔަނީ ބުރުގާއެއްނާޅަ ނޭގޭވާހަކަނުދައްކާ

    10
    14
    • އަހަންމަދު

      މިއަހަރުޙައްޖުނުވެވޭގޮތްހަދައިފިތަ!

  30. Anonymous

    ކުދިންނޭ ބުނާ މީހަކަށް ނުބަލާ ބުނާއެއްޗަކަށް ބަލަންވީ.
    ވެރިމީހާ ވެރިކަމުގައި އެހުރީ ވެސް މާމޮޅެތި އެއްޗެހި ތަކެއް ކިޔަވައި ގެނެއްނޫން. ބަޔަކު ދިނީމަ ހުންނަނީ. ރައްޔިތުން މަރުވާއިރު ޤައުމާއި މުޚާތަބު ކޮށްލަން ވެސް ނުކެރިފައި. ޢަލީ ރަމީޒު މުސްލިމު ފަރުދެއްގެ ހައިސިއްޔަތުން އެއްޗެއް ބުނީ ބުނަން ޖެހިގެން. ކޮންމެ ހެން ކޯސްތައް ހަދާކަން ނުޖެހޭ ވެރިން ކަންކުރާގޮތުން. އެއްޗެއް ބުނާކަށް. ނަރަކައިން ސަލާމަތް ވުމަށް ހެޔޮޢަމަލު އޮތީ. މަސައްކަތުގައި ބޭރުގައި އުޅޭ މީހާ ނަމާދަށް ގެއަށް ދާން ދަތިވާނެ. ގޭގެ ޙާލަތު ނަމާދު ކުރުމަށް ދަތި . މިސްކިތުގައި ނަމާދުކުރަން ބޭނުންވާ މީހާއަށް އެފުރުޞަތު ލިބެންޖެހޭ. އިސްތިއުފާ ޙައްޤުވެއްޖެ

    17
    7
  31. އަލްޖިބްރާ

    މިހެންވީމަ ރޯނުއެދުރުންނޭ ބުނަންޖެހެނީ ! ކަލޭ ދީނީ އިލްމުވެރިއަކަށްވެގެން އުޅުމަކީ މައްސަލައެއް ނޫން ! އެކަމަކު ތަންދޮރު ނުދަންނަ މީހުންދައްކާ ކަހަލަ ވާހަކަ ދައްކާ މީޑިއާތަކުގަ ޖެހުމަކީ ކަލޭގެ ބޯހަމަ ނުޖެހޭ ކަން ! ކަލެއަށްވުރެ މޮޅު ދީނީ އިލްމު ވެރިން މައްކާ ، މަދީނާ ގަ ތިބިއިރު އެމީހުންގެ ނިންމުމަށް ކަލޭ ބުނާނެ އެއްޗެއް އެބައޮތްތަ ؟ ތިއުޅެނީ ނުފޯރާ ފޮތިން ފޫގަޅައިގެން ! ކަލެއަކީ ދީނީ އިލްމު ވެރިއެއް ނޫން !

    14
    15
  32. ސަންޕާފުޅުފިރިމަނިކު

    އަލީ ރަމީޒު ދީން ކިޔެވިކަމެއް މެޑިކަލް ޑޮކްޓަރުކަން ކިޔެވިކަމެއް ނޭނގޭ ކުރީގައި ލަވަ ކިޔުން ތެރިޔެއް ވީމައި ގިނަ މީހުންނަށް އަލީ ރަމީޒު އެނގެނީ އަލީ ރަމީޒުމެން ހަނދުވަރު ދިނަސް ހަނދެއް ނެތޭނުން ކަޑައޭނުން މުޅިން

    12
    11
  33. ތަޢުފީޤް

    ކިހާ ބޮޑު ބަލާވަރިކަމެއް. ކަލޭ ޖެހޭތަ ބަލއިގަންނަން. މިޤައުމުގެ މިއުޅޭނީ އާލިމީ ވަބާއެއްކަން ނޭގެނީތަ. ގޭގަވެސް ނަމާދު ކުރެވޭނެ.

    11
    16
    • ސަންގުމަރުމަރު

      ތިކަހަލަ ލާދީނީ މީުން ގިނަވީމާ ގައުމު މިއޮތް ހަލާކުވަނީ. ބަލަގަ ރަނގަޅަށް ދީން ނޭގެންޏާ އެނގޭ މީހުނަކުރެ އަހާބަލަ. މިހިރަ ބުރާންޗާ

      4
      2
  34. ާބޮންނި

    ލާ ދީނީ ބައިގަޑަށް ވަރަށް އަސަރު ކުރާނެ މިސްކިތް ހުޅުވާން ގޮވާލީމާ.

  35. ޢ.ރަޝީދު

    ތުބުޅި ދިގުކޮށްފައި ބޮލުފޮތިގަޑެން އެއްސުމުން އެމީހަކު އެ ދީންވެރި ވީއެންނޫން އަޙުކާމުއް ޝަރީއަތުގެ ދަށުން އާއްމު މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި މަސްލަޙަތުލް މުރުސަލާތު ދަށުން މިސްކިތްބަން ދު ކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަންކުރުންވެސް ދީންވަނީ ޙާކިމާއަން ހުއް ދަ ދީފައެވެ. ވީމާ ދީނީ މައުލޫމާތުނެތި މިފަ ދަ ފިތުނަ ފެތުރުމަކީ ވަރަށް ދެރަކަމެއް ފިތުނައުފެއް ދުމަކީ ޤަތުލުކުރުން ފަ ދަކަމެއްކަމަށް ރަސޫލާ ސިފަކޮށްފައިވާއިރު މިފަ ދަ ކަންކަމަން ބިރުވެތިވާށެވެ.

    3
    2
  36. އަޙްމަދް

    ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ މިސްކިތްތައް ބަންދު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދީނީ ޢިލްމުގެ ވަސްވެސް ދުވާފައި ނުވާހާލު ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ “ރޯނުއެދުރު”ވިދާޅުވެއްޖެއެވެ.

    4
    1
  37. އަޙްމަދް

    ޢިލްމީ ގޮތުން އެއްވެސް އެއްޗެއް އޮޅުން ފިލާފައި ނުވާ ހާލުގައި އޭނާގެ ހައިސިއްޔަތު އޮޅި ތީމާޔައްވުރު މަތީ ދަރަޖައިގެ މީހުންނަށް ޢަމުރު މަޢުރު ހިންގަން ނުކުއްނަމީހުންނަކީ ރޯނުއެދުރުންނެވެ.

    4
    3
  38. އުސްމާނުބެ

    ބޭފުޅާ ކުރާނެ ކަމެއް ނެތިއްޔާ ގޭގަ ގުރުއާން ކިޔަވާ އަދި ދުއާކޮއްލަން ގޭގަ ތިބެބަލަ.
    ކޮބާތަ ކާލޭމެން ގެ އިޔާޒް ، މިޔޮއް ހުރިހާ ދުވަހު ސަފުހަދަން ހަޅޭފަޅޭ ޖަހާފަ މިހާރު ރައްޔިތުންނައް ވާނެ އެއްޗެއް ވީމަ ސަރުކާރުހެން މިކަލޭގެ ހަބަރެއްވެސް ނުވޭ. މިހާރު ތިޔަ ފެއްޓީ ތިބޭފުޅާ....

    4
    2
  39. ގަރާރު

    އެބުނާހެން މިސްކިތުގަ އެކަނި ތަޅުއެޅުވުން އަޖައިވެއް

  40. އަޙްމަދް

    ‎އިސްލާމްދީނުގެ ޢިލްމު ލިބިފައި ނުވާޙާލު މުސްލިމު ވެރީންނަށް ގޮތްފާޑުކިޔާ ކަންކުރަންވީގޮތް ބުނެދޭން ތިމަސައްކަތް ކުރަނީ ފަހެ ކޮން ‎ޙައިސިއްޔަތަކުން ތޯއެވެ؟ ދީނުގެ ޢިލްމު ލިބިފައި ނުވާޙާލު ދީނާއި ބެހޭގޮތުން ވާހަކަ ދައްކައި އުޅޭމީހުންނާއި ބެހޭ ގޮތުން
    ‎މާތް ނަބިއްޔާ صل الله علي وسلم ޙަދީޘް ކުރައްވާފައި ވެއެވެ. [ المُتَشَبَّعُ بِمَالَمْ يَعْطَ كَلَا بِسَ ثَوْبَيْ زُورٍ]
    ‎"متفق عليه" އެމީހަކަށް ދެވިފައިނުވާ އެެއްޗަކުން ބަނޑުފުރަން އުޅޭ މީހާ ދޮގުވެރިކަމުގެ ދެ ހެދުން ލައިގެންހުރި މީހެއްފަދެއެވެ.

    2
    2
  41. ބުއްދީގެ ކުރިއަށް ރުޅިއިސްނުކުރައްވާ!

    "އަޙުމަދު"ގެ ނަމުގައި ކޮމެންޓު ކޮށްފައިވާ ބޭފުޅާއަށް ދަންނަަވާލަންއޮތީ މާރކެޓުގައި އަމިއްލަ އަށް ދުރަށްޖެހި ސަލާމަތް ހޯދުމުގެ ފުރުޞަތު އެބައޮތޭ! އެހެނަސް ނަމާދުގައި މާސްކުއެޅުން ރަނގަޅުކަމަށް ނުދެކޭ ބައެއް އަޚުން ތިބެނީ ފަހަތުގައި މަޑުކޮށްގެން. ނަމާދަށް ހަށަންބަނީމަ އައިސް ފައިތިލާގަ ފައިޖައްސާފިއްތާލާގެން ދެން ހެޔޮ ރޯގާޖެހިފަ ހުއްޓަސް ދުރަކަށް ނުދެވޭނެ ދެއްތޯ! އެބޭފުޅުންދެކޭގޮތުގައި ގައިދުރުކުރުންވެސް ގޯސް! އަޅެ ކީއްވާނީ ގައިދުރުކޮށްގެން މިވަގުތު ނަމާދު ކޮށްލިއްޔާ! ޖަމާޢަތް އެއްކޮށް ނެތުމަށްވުރެ އެގޮތްވެސް އިންޝާ ﷲ ސަވާބު ބޮޑުވާނެ ކަންނޭގެ ދެއްތޯ!

    3
    2
  42. އަހުމަދު

    މިކަން ބޮއްސުންލީ ބަޔަކު މިސްކިތައް އަރާތީ އެއްނޫން. ދިވެހިން މަރުވިޔަސް ހެޔޮކަމައް ދޯދިޔާކޮށް އިންތިހާބު ބޭއްވިފަހުން ވީގޮތެއް މީ

    2
    1
  43. ސޭހް

    އެކަކު މިހަޅޭލަނީ މިސްކިއްތައް ނުހުޅުވައިގެން އަނެކަކު މިހަޅޭލަވަނީ މިސްކިތުގަ ފަޔާފައި ކަރާކަރު ޖައްސައިގެން ނަމާދުނުކުރެވޭތީ ތެންތިބި މީހުން މިކިޔަނީ އެހާގާތުގައި ތިބޭނަމަ ކޮވިޑުފެތުރެޔޭ

    1
    1
  44. ހަމައަހާލީ

    ކަލޭތިހުރީ އިސްލާމުން ތިބެންވާގޮތުގެ ނަމޫނާގަތަ؟

    4
    2
  45. ސީނިއްކުރި

    އަހަރުމެން މިތިބެނީ ނުނި ދާ ކަލޯ ބަލައިގަންނަން ދެން

    1
    3
  46. އާދަނު

    މާތް ވެގެންވާ ދެހަރަމްވެސް ބަން ދު ކުރި ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ކޮންޓްރޯލާން ފެށީމަ ހުޅުވީ..ފާއިތުވީ އަހަރު ހައްޖުގެ އަޅުކަމަށް ވެސް ހުޅުވާނުލި..ނަމާ ދު ކުރަނީ ގާތް ދުރުމިން ބަހައްޓައިގެން..އެތާގައި ތިބި ދީނީ އިލްމުވެރިންނަށް ނޭނގޭ އެއްޗެއް ޕާކިސްތާނުން ކިޔަ ވައިގެން އަންނަ ބަޔަކަށް އެނގޭނެ ކަމަކަށް ހިއެއްނުވޭ..

    5
    2
  47. ޢާވިމް

    ޢަލީ އެބުނީ ރަގަޅު ވާހަކައެއް. ބަންދު ކޮށްގެން ނުވާނެ. ޖަމާއަތް ނަހަދާ މިހާލަތުގައި ވަކިން ނަމާދުކޮއްލަން ފުރުސަތު ދެއްވާ. މިސްކިތާ ހިތްތައް ދުރުވުމަކީ ވަރަށް ފަސޭހަކަމެއް.

    2
    1
    • އުސްމާނުބެ

      ތިޔަބުނާ ފުރުސަތުވެސް ދިންކަންނޭގެ، އެކަމަކު މައްސަލައައް ވަނީ އަލުން ބައެއް މީހުން ގަތްގާތުގައި ނަމާދުކުރަނީ ، ދުރުދުރުގަ ތިއްބަސް މަސްކް އެޅުމެއް ނެއް އެކަކު އަނެކަކައް ބަލައިގެން އުޅުމެއް ނެއް. ދެންމާދަމާވެސް ބަލިޖެހުނީމަ ގޮސް އެޗްޕީއޭ ނަންބަރު ބޯޑައް ނަންބަރު އިތުރުކޮއްލާފައައިމަ ނިމުނީ... މައްސަލައަކީ އެއްވެސްބަޔަކު ޒިންމާދާރުގޮތުގައި އަނެއްމީހާއައް ބަލައިގެން އުޅޭކައް ބޭނުމެއްނޫން. ތިމާބޭނުންވާކަންތައް ވީމަ ނިމުނީ.... އިރާދަކުރެއްވިއްޔާ މިކަންތައްތައް ރަގަޅުވީމަ އަލުން މިސްކިތައްވެސް ހުޅުވޭނެ.
      މިއުންމަތައް ވަކިތަނެއް ހާއްސަވެގެންނެއް ނުވޭ، ކޮންމެތަނެއްގަވެސް ނަމާދުކުރެވޭނެ މަދުތަނެއްގަ މެނުވީ... އަދި މިހާލަތުގައި މައްސަލައެއްކަމުގައި ނުދެކެން.... ބޮޑައް އިގޭނީ ދީނީއިލް މުވެރިންނައް، އެކަމަކު އެމީހުން ނައްވެސް ގިނަފަރު ކިޔާނުކިޔާއެއް ނޭންގެ ، އެކަކު ކަނާތޭ ބުނެފިއްޔާ އަނެކަކު ބުނާނެ ވައަތޭ.

      • ހަކީމް

        ތިކަން ތިހެން އޮތްއިރު ދެން ކީއްކުރަންބާ ބޮޑުޚަރަދު ކޮށްގެން މިސްކިތްތައް މިއަޅަނީ.

  48. ރަހީމް

    ރައްޔިތުންނޭ މީ ވަރައް ދުރާލާ ކަންކަން ރާވާ ބައެއް(މުސްލިމް ނޫން ކޮންމެ ބައެއް). މިމީހުން ބޭނުންވާނެ ކޮންމެސް ގޮތަކުން މުސްލިމުންނައް ޖެއްސުމެއް ކުރަން އެ އަވައިގަ ނުޖެހެވޭތޯ ބަލާ. ހުރިހާ ތަނަކައް ބެލިޔަސް އެތަނަކަށް އެއްމެ ތާހިރުކޮށް ވަންނަ ތަނަކީ الله ގެ ގެކޮޅު ތައް. ރައްޔިތުންގެ މަޖުލިހެއްނޫން، އަދި އ.ދ ގެ ގާނޫން ހަދާ މަޖުލިހެއްވެސް ނޫން. މި ކޮންމެ ކަމަކައް މުސްލިމުންނަކައް ނުރުހެވޭނެ. ބޮޑުކަމު ގޮއްސަ އެއްމެ ރަނގަޅީ ފުހުންތަ ނޫނީ ދޮވުންތަ؟ އަޅެ ރައްކާތެރިކަމޭ ކިޔާފަ އެމީހުންނައް އަންގަ ބަލަ ދޮންނަން. އެމީހުން އެގޮތައް އެކަން ކުރޭތޯ. ނުކުރާނެ.
    މުސްލިމުން ހިއްވަރު ހޯދަނީ ނަމާދުން.
    މުސްލިމުންގެ ހަތިޔާރަކީ ދުއާ.
    މުސްލިމުން ޖަމާއަތުގަ ނަމާދު ގާއިމް ކުރަން ޖެހޭ.
    ހުރިހާ މަޖުލިސްތަކެއްވެސް ހުއްޓީމަ ތިކަންވާންޖެހޫނީ.
    މިސްކިތެއްނޫން ހުއްޓާ ލިސްޓުގެ ކުރިއައް އަންނަން ޖެހޭނީ.
    މުސްލިމުންނޭ ހޭއަރާބަލަ.

    2
    2
  49. ރަހީމް

    އަލީ ރަމީޒް
    ތިގޮތުގާ ދެމިހުންނަވާ ޖާހިލުންނައް ތީ ވަރައް އުނދަގޫ ކަމެއް. ވަކިގޮތެއްގަ ސާބިތު ނުވެވޭ ކުދިން ކޮމެންޓު ކުރާނެ އިދިކޮޅައް. ދުނިޔަވީ ލައްޒަތް ދޫކޮށް الله އައް ރުޖޫއަވި ލާމަސީލް މިސާލެއް އައްޔަ ތީ.

    2
    2
  50. ޙިމް

    ޙޮޓާ ތަކަށް ވުރެން މިސްކިތް ތަކުން ބަލި ފެތުރޭ ލެއް ބޮޑުވާނެ ސަބަބަކީ މިސްކިތް ތަކަށް ޖަމާވަނި ކާކު ކަން ކޮންތާކުންކަން ނޭގޭ މީހުން... ހޮޓާ ކެފޭތަކަށް ދާނީ ގާތް ރައްޓެހިންނާއެކު އެގޮތުން އެމީހަކު ބަލިއްޔާ އެގޭނެ... އިސްލާމް ދީނުގަ އޮންނަނީ ބަލި ބަލިން ދިފާއު ވުމަށް ފިޔަވަޅު އަޅާ ފުރާނަ ތައް ރައްކާތެރި ކުރަން! މި ސަލަފިއްޔަ ފިކްރަކީ އިސްލާމީ ފިކްރެއް ނުން...އިސްލާމް ދީނުގެ ނަމުގަ ފަނާ ކުރަނިވި ފިކްރެއް

    2
    4
  51. hey 567

    ބުނަން ވާހަކައް ނަމާދަކަށް އެއްވެސް އުޒުރެއް ނޯންނާނެ...ކުރެވުނު ގޮތަކަށް ކުރޭ! ޥަރަށް ވާހަކަ މިބުނީ!

  52. ޏަމްޏަމް

    ބުނެލާނީ މިސްކިތަެްވަނުމުގަ ސަލާމަތީ ގޮތހުނ ބޭނުނކުރާ ވަސިލަތް ފޯރުކޮށްދީމިސްކިތްތައްހުޅުވާށެވެ.

  53. ނައްސި

    ތި ދީން ވެރިންނޭ ކިޔާބައިގަޑުތީ ގައުމުގެ ހަލާކު، އިސްލާމްދީންއަކީ ލުއިފަސޭހަ ދީނެއް، ހަރުކަށި ފިކުރުގެ މީހުން އަމިއްލަފައިދާއަށް މީހުން ހަލާކުގެ ތެރެއަށްވައްދާތީ މިހުރިހާކަމެއްވަނީ،