ކޮވިޑް-19 ގެ ރޯގާއަށް ފައްސިވި ފަހުން ހާލަތު ވަރަށް ގޯސްކޮށް ދިއުމަށް ފަހު މިހާރު ހާލަތު ވަރަށް ބޮޑަށް ރަނގަޅު ވަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް "ވަގުތަށް" ވިދާޅުވީ ބައްޔަށް ފައްސިވި ފަހުން ވަރަށް ދަތިކޮށް ވެސް ދުވަސްތަކެއް ދިޔަ ކަމަށެވެ.

"ހާލަތު ވަރަށް ދަށްކޮށް އުޅުމަށް ފަހު، ﷲ ގެ އިރާދަފުޅާއެކު، މިހާރު އަންނަނީ ހާލަތު ރަނގަޅު ވަމުން، ހާލު ވަރަށް ރަނގަޅު މިހާރު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްއަކީ ހައި ރިސްކް ނުވަތަ ހިރާސް ބޮޑު ބޭފުޅެކެވެ. ދިމާވި ހިތުގެ މައްސަލައަކާ ގުޅިގެން އޭނާ ވަނީ އޭނާގެ ހިތަށް ޕޭސް މޭކަރެއް ލައްވައިފައެވެ. އަބްދުއްރަހީމް ގެންދަވަނީ ހިތުގެ މައްސަލަތަކެއް ހުރި ބައްޔަކަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.

އޭނާއަކީ މިހާރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަޑައިގަންނަވާ ލީޑަރެވެ.

އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކުގައެވެ. ރައީސް ޔާމީނާ އެކު ސިޔާސީ ޕާޓީއެއް އުފައްދަވަން ތިން ފަހަރެއްގެ މަތިން އުޅުއްވިއެވެ. ޕީއޭގެ ފަހުން ޕީޕީއެމް، އަދި ދާދި ފަހުން ޕީއެންސީ އުފެއްދެވުމުގައި ވެސް އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ވެސް އަބްދުއްރަހީމެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޝާނީ

    އަލްހަމްދުލިއްލާހި

    21
    1
  2. މުއް ދަތު

    އަ ދުރޭ އަށް ދިގު މުއް ދަތަކަށް

    11
    2
  3. 13ވގ

    ހިސާބް ޓީޗަރައް ކޮންކަލަ ބައްޔެއްޖެހުނީތަ ހަލްރަގަޅޭތިބުނަނީ

    1
    1
  4. ވިސްނާ

    ދާންވީނު ސިޔާމް އާއި ފިނިފެންމާ ގޮވައިގެން މުސްކުޅި އަންހެނުން ނެރެ މުޒާހަރާ ކުރަން. އެހެން ގޮތެއް ނެތިއްޔާ ގޭގަ ތިބޭނީ ގޮތް ފެންނަންދެން. ދެންވެސް ބަލިމަޑުކަމެއް ތެރޭގަ ބަޔަކު ގޮތަކަށް އުޅުނަސް އަދުރޭމެން ނޫޅޭނެ ކަމަށް އުއްމީދު ކުރަން. އަވަހަށް ބަލިން ފަސޭހަވެ ކުރިއަށްވުރެ ހެޔޮ ސިއްހަތެއް ދެއްވައިތޯ ދުއާ ކުރަން. އާމީން

    3
    3
  5. އަލާފީ

    ގައިމު ބުނި ކޮވިޑެއް ނޫޅެއޭ އެއީ ސަރުކާރުން އެމީހުން މުޒާހަރާ ކުރާތީ ޖައްސާ ގޭމެކޭ އެހެންވީމާ ކަށިނެއްދޫ ހިތުހުރިގޮތަކަށް ބޭނުންނުކުރާނީ ސިޔާސީ މަންފާ ހޯދުމަށް.

    3
    3
    • ރަތް ފިނިފެންމާ

      ދެރައީ އަތްޖަހައިފަ ނަށާ ބައިގަނަޑަށް ނުވިސްނޭކަން. ގިނައީ އޭގެ މީހުން. ނުވިސްނެނީއެއް ވެސް ނޫން. އަމިއްލަ އެދުން ބޮޑުވެފަ ހިސާބަށްވުރެ ނުލަފާއީ. ގައުމާއި ދީން ދެކެ ލޯބިވާ ބަޔަކު މި ސިޔާސީ ބައިގަނޑު ފަހަތުން ނުދުވާނެ.

  6. ދެގަނޑު ޓިނު

    ދެރަ ޚަބަރެއް. އަވަސް ޝިފާއަކަށް އެދެން.

    4
    1
  7. ނަައީމް

    އަދުރޭ ފަދަ އިހްލާސްތެރިން ވާނަމަ ގައުމު ޔާނުސޮޕީޑުގާ ކުރިޔައްޖެހިލުމަކީ ދާދި ފަސޭހަ ހަމެއް އަވަސް ޝިފާއަކައް

    9
    1
  8. Anonymous

    الحمد للہ

  9. ާފާތޫ

    އަލްހަމް ދުލިއްްލާހި

  10. އަލްޖިބްރާ

    ގައިމު އަދުރޭ ބުނި ކޮވިޑް އަކީ މިސަރުކާރުން ކޮށްގެން އުޅޭ ކަމެކޭ ! އެހެންވީމަ މިސަރުކާރުން ކަލެއަށް ކޮވިޑް ޖައްސާފަ ރަގަޅުވެސް ކުރީތަ ؟ މިތިބީ ދެއުޅިއެއްނުވާ މީހުން ! ހަމަ ރަގަޅުވާއިރަށް ދެދަޅައަށް މަގުމަތީގަ މުޒާހަރާ ކުރާނަމޭ ގޮވަމުން ދުވާތި !

    3
    2
  11. ޔތރ

    އަދުރޭއައް ދިގު ޢުމުރެއް ދެއްވާށި

  12. ތޔ

    އަލްޙަމްދު ލިއްލާހި

  13. ތތރ

    އަދުރޭއައް އަވަސް ށިފާއަކައް އެދެދދދން