ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ފައްސި ވެފައިވާ ވޭދަނަތަކެއް ފެނިފައިވާ ކަމަށެވެ. ވީމާ، އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ނިންމާފައިވާ ކަމަށް އެ އިއުލާންގައިވެއެވެ.

މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ކުޅުދުއްފުށީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އިއުލާންގައިވެއެވެ. ނަމަވެސް މި މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭ ގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް އިއުލާންގައިވެއެވެ.

ކުޅުދުއްފުށީ މޮނިޓަރިން އުވާލައިފައި ވަނީ މިމަހުގެެ 25 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީގެ މޮނިޓަރިން އުވާލީ ވަކިތަރުތީބެއް ނެތި އެރަށުން ނެގި 90 ސުންކު ކޮވިޑް-19 އަށް ނައްސިވުމުންނެވެ. ކުޅުދުއްފުށިން މިހާރު ކޮވިޑަށް ފައްސިވަމުން އަންނަނީ ކަރަންޓީންގައި ތިބި މީހުންނެވެ. ކުޅުދުއްފުށީގެ މޮނިޓަރިން އުވާލިއިރު ރާއްޖޭގެ ބޮޑެތި ގިނަ ރަށްތައް މިހާރު ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.