އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ ފަހަތުގައި "އަނދިރި ރޭވުމެއް" ހިމެނޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އިންޑިއާ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ސަރުކާރުގެ ކެބިނެޓުން ފާސްކުރީ އެ ކޮންސިއުލޭޓް މެދުވެރިކޮށް އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅަށް ވެސް ޚިދުމަތް ދިނުމަށެވެ. އެކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

"ޒަވިޔަނި" އޮންލައިން މީޑިއާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ބޭރުގެ ކޮންސިއުލޭޓްތައް ގާއިމް ކުރަނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ކޮންސިއުލޭޓް ނިސްބަތްވާ ގައުމެއްގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށެވެ.

އައްޑޫގައި މި ވަގުތު އިންޑިއާގެ ގިނަ ބަޔަކު ނެތްއިރު، އައްޑޫގައި އެ ގައުމުގެ ކޮންސިއުލޭޓެއް ގާއިމް ކުރަނީ މުސްތަގުބަލުގައި އިންޑިއާގެ ގިނަ ބަޔަކު އެ ސިޓީގައި އާބާދު ކުރުމުގެ މަގްސަދުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

"މީގަ އަނދިރި ފަރާތެއް އެބަވޭ، އެ ފަރާތް ދިވެހި ރައްޔިތުންނަށް ހާމަ ކުރަން ގޮވާލަން،" ޝިޔާމް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމް ކުރަން ނިންމި ނިންމުމާ ކަންބޮޑުވުން ފާޅުކޮށް އެ ކަމާ ދެކޮޅަށް "ސޭވް އައްޑޫ" މި ޝިއާރުގައި މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ.

އިންޑިއާގެ ކޮންސިއުލޭޓް ގާއިމް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުންވަނީ ތާއީދުކޮށްފައެވެ. އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވަނީ ކައުންސިލްގެ ވިސްނުމަކީ ވީހާވެސް ގިނަ ގައުމުތަކުގެ ކޮންސިއުލޭޓް އެ ސިޓީގައި ގާއިމް ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އި ހު ސާނު

  މާލޭ ހައިކޮމިޝަން ހެ ދީމާ އޯކޭ@ މިމީހުންނަކީ އައްޑު ގެ ތަރައްގީ އަށް ހެޔޮ އެ ދޭ ބައްއް ނޫން@ މުނާ ފިގުންގެ ވާހަކަ ދައްކާނެ ކަމެއް ނެތއ

  2
  14
 2. ދަރަނި ދަންތުރަ

  ކޮންމެ ފަދަ ގުރުބާނެންވެގެންވިޔަސް މިކަންކަން ހުއްޓުވާ އިންޑިޔާގެ އަޅުވެތިކަމުން ދިވެހި ގައުމާ ދިވެހިން މިންޖުވާން ވެއްޖެ ، ދިވެއްސަކަށް ވީތީ ފަހުރުވެރި ވާނަމަ އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް

  13
 3. ބޯޖަލީލު

  ތިޔަ 2 ހެލިކޮޕުޓަރާ ހުރިހާ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ބޭރުކުރޭ ، ދިވެހިން ދިވެހިންގެ ގޮތުގައި މިނިވަންކަންމަތީ އަބަދަށް ، މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް ، އިންޑިޔާ އައުޓް....

  10
 4. ސސ

  އަންދިރި ދައުލަތުގެ ފެށުން !

 5. އެދުރޭ

  ކޮސްގޮވާ މީހެއް މިނޫނީ ނޫޅޭނެ. ކޮވިޑްބަލީގައި މީހުން މަރުވަމުންދާތީ އެކަން ހުއްޓުވަން މީނަ މަޖްލީހަށް ގަރާރެއްވެސް ލާގެން އުޅެފި.

  10
 6. އަލްޖިބްރާ

  މިމާލޭގަ އިންޑިއާ އެމްބަސީ ބެހެއްޓީވެސް ވަރަށް ނުރައްކާތެރި ރޭވުމަށްގަ ދޯ ! ކަލޯމެން ކިރިއާ ބައްޔެއް ވާއިރަށް ރާއްޖެއިން ބޭސް ނުކުރެވިގެން ފުރައިގެން އިންޑިއާ އަށް ދަނީ ވެސް އެ ނުރައްކާތެރި ރޭވުމުގެ ތެރޭން ! ލަދުހަޔާތުގެ ކަންފުޅެއް ނެތަސް ތީ ބޮޑުވަރު ! ދެންބުނޭ އިންޑިއާ އެމްބަސީ ހެދީމަ އިންޑިއަ މީހުން އައީއޭ ! ބަލަ މުޅިދުނިޔޭގެ އެކި ޤައުމުތަކުން އެހެން ޤައުމު ތަކުގައި ވެސް އެމްބަސީ ތަކާއި ކޮންސިއުލޭޓްތަށް ވެސް އެބަހަދާ ! އެހުރިހާކަމެއް ކުރަނީ އެތަންތަން އަޅުވެތި ކޮށް އެތަންތަން ހިސޯރު ކުރަން ތަ ؟ ކަލޭގެ ތިހުރީ ކުރަފީގެ ސިކުޑިއަށް ވުރެވެސް ކޮށި ސިކުޑިއެއް ! ބޯ ހަލާކު ! މިވަރުގެ މީހުން ތިޔަ މަޖްލީހަށް ހޮވާބަޔަކީވެސް މޮޔައިންނޭ މިހާރު އެބަހީވޭ !

  2
  9
 7. ބަރުގޮނު

  މިއީ ވަރަށް ބޮޑު ރޭވުމެއް. ވަރަށް އަޑި ނޭގޭ ސިއްރު ކަންތައްގަޑެއް. މިކަމުގެ ޙަޤީޤަތް ރަޢިއްޔަތުންނަށް އޮޅުންފިލުވައިދިނުމަކީ އޯގާތެރި ސަރުކާރަކުން ކުރަން ޖެހޭނެ ކަމެއް.

 8. ފާރޫޤް

  މިކުޑަ ޤައުމުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް އެހެން ޤައުމުތަކުގަ އެޤާއިމުކުރަނީ ރާއްޖޭގެ ރައްޔިތުންނަށް އިޤްތިސާދީގޮތުންނާ އިޖްތިމާޢީގޮތުން ލާބައާއި މަންފާ ލިބިގަތުމަށްޓަކައެވެ. އެޤައުމުތަކުގެ މިނިވަންކަން ފޭރިގަތުމަށްޓަކައެއް ނޫނެވެ. މީދެވަނަ ބޮޑު ހަނގުރާމައިގެ ކުރީގެ އޮތްދުނިޔެއެއް ނޫނެވެ. ޤައުމުތައް މިހާރު ހަލާކުގެ ތެރެޢަށް ވެއްޓިގެންދަނީ އެޤައުމެއްގެ ބަޔަކު ދާޚިލީ ހަމަނުޖެހުންތައް ހިންގާ ބޭރުބައެއްގެ މުށުތެރެއަށް ވެރިކަމުގެ ދަހިވެތި ކަމުގާ ވައްޓާލުމުންނެވެ.

  4
  1
 9. ސި ޔާމް

  ފުރަތަމަ މާލޭގައި ކޮންސިއުލޭޓްހެދީ، މާލެހިފާފައި ދެންއައްޑޫހިފާނީ....މިއޮތީވާކަމެއް...

  3
  2
 10. ދެން

  ދެންހަދާނީ ނައިފަރުގަ..... ޝިޔާމް އާއިއެކު ދެންހިފާނީ....

  2
  6
 11. އައިޑިއާ

  ޢައްޑޫ ދުނިޔޭގެ ތާރީހު ގެ ތެރެއަށް ދާތީ ޖެލަސް ވާ މީހުން ތިބޭނެ..ގައިމު އައްޑޫ ގަ މިފަދަ ބޭރުގެ މިޝަން އެއް ހުރިއްޔާ ދުނިޔޭގެ ހަބަރު ތަކަށް ބައެއް ފަހަރު ނަމަ ވެސް އަރާ އައްޑު އަށް ލިބިދާނެ ކުރި އެރުމަކަށް ހަސަދަ ވެރިވާނެ ބަޔަކު ތިބޭނެ! ޢޭ މައްސަލަ އެއް ނުން!

  2
  7
 12. Anonymous

  ސިޔާމޫ ރަތްޔިތުން މިހާރު ކަލޭމެން ބަލަޔެއްނުގަނެއޭ އޮޑީގައި މިހާރުތިތި ބީހައެއްކަމީހުން

 13. ށައިކުރާ

  ޜައްޔިތުން ނިކުމެ މާލޭގައި ހުރި އިންޑިޔާ އެންބަސީ ބަންދުކޮށް ސަފީރު ބޭރުކޮށް ގައުމުން ފޮނުވާލަންޖެހޭ