ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ހަތަރު ރަށަކަށް އުދަ އަރާ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްްފިއެވެ.

އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އުދަ އެރުމުގެ ސަބަބުން ގެެއްލުން ލިބިފައި ވަނީ، ރ. މަޑުއްްވަރީއަށާއި ކ. ތުލުސްްދޫ އާއި، ކ. ދިއްފުށި އަދި މ. މަޑުއްވަރީއަށެވެ.

ތުލުސްދޫއަށްް އުދަ އެރުމުގެ ސަބަބުން މީހުން ދިރިއުޅެމުން އަންނަ ފަސް ގެެއަކަށް ވަނީ ގެއްލުން ލިބިފައެވެެ. އުދަ އެރުމުގެެ ސަބަބުން ވެލި ބަސްތާ ޖަހައިގެން ލޮނުގެެ އަސަރުކުރުކުރުން ވަނީ ކުޑަކޮށްފައެވެ.

ދިއްފުއްޓަށް އުދަ އެރުމުގެ ސަބަބުން މީހުން ދިރިއުޅެމުން އަންނަ ގިނަ އަދަދެެއްގެ ގެތަކަކަށް ވަނީ ގެއްލުން ލިބިފައެެވެ. ދިއއްފުށީ ސްްކޫލަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ. މިކަމުން ރައްކާތެރިވުމަށް އެރަށުގައިވެސް ވަނީ އާންމުންނާއި ކަމާބެހޭ އިދާރާތަކުން ނިކުމެ ވެެލިބަސްްތާ ޖަހާފައެވެ.

މ. މަޑުއްވަރީއަށްް ވެސް ވަނީ ވަރަށް ބޮޑަށް އުދައިގެެ އަސަރުކޮށްފައެވެެ. އެރަށުގައި ވަނީ ފެންޕަންްޕު ބޭނުންކޮށްގެން ރަށުގެ ތެރެއަށް އަރާ ލޮނު ހިއްކުމުގެެ މަސައްކަތްް ކޮށްފައެވެ. ރ. މަޑުއްވަރީއަށްވެސްް ވަނީ އުދައިގެ އަސަރުކޮށްފައެެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާކޮށްފައެެވެ.