އެންމެ ރަނގަޅު ގޮތެއް ކަމުގައި ދެކިވަޑައިގަންނަވާނީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ސަރުކާރުގެ އިސްވެރިން މަގާމުން ވަކި ކުރުން ކަމަށް އެ ލިސްޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ޖޮއިންޓް ކޮމިޓީން ހިޔާނާތުގެ ލިސްޓު ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓް ވަނީ މަޖިލީހުން ފާސްކޮށްފައެވެ. މަޖިލީހުން ފާސްކޮށްފައިވަނީ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރަން ސަރުކާރަށް ހުށަހަޅަންށެވެ.
އެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ހެކި ހުރި މިންވަރަށް ބަލާފައި މަގާމުން ވަކި ކުރުން ކަމަށެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ އުފުލަން ނިންމައި ކްރިމިނަލަށް ކޯޓަށް ހުށަހަޅާ ހިސާބުން ކަމަށް އޭނާ ވަނީ ''ވަގުތު" އަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ މެންބަރު އިންތި "ވަގުތު" އަށް ވިދާޅުވީ، ކޮމިޓީން ހުށަހެޅުންތައް ނިންމީ ލިސްޓު ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި މައްސަލަތަކާއި ގުޅޭ ގޮތުން ކޮމިޝަނާ މަޝްވަރާކޮށް ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހު ކަމަށް ވިދާޅުވިއެވެ.
މި ގޮތުން ލިސްޓުގައި ނަން ހިމެނިފައިވާ ފަރާތްތަކަކީ ތުހުމަތު ކުރެވޭ ވަރަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި، ޑިޖިޓަލް އެވިޑެންސްއާ، ބޭންކު ސްޓޭޓްމެންޓާއި ފޯނުކޯލް ރިކޯޑިންގެ އިތުރުން ޓެކްސްޓް މެސެޖެތައް ހިމެނިގެން ކަން މީގެ ކުރިން ވެސް މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އިންތި ފާހަގަ ކުރެއްވިއެވެ.
އިންތި މިއަދު ވެސް ވިދާޅުވީ ހެކިތަކެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ލިސްޓުގައި ހިމެނި އަދި ކުރެވެމުންދާ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ޖާގަ ވެސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް އޮންނާނެތީވެ މަގާމުން ވަކި ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ކޮމިޓީގެ މެންބަރުންނަށް ގަބޫލު ކުރެވުނު ކަމަށެވެ.
ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން އަދި މަޖިލީހުގެ ތަޅުމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވެފައިވާ އެ ހުށަހެޅުމަކީ އަމަލު ކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި އަދިވެސް އޭނާ ގާބޫލު ކުރައްވާ ކަމަށް އިންތި ވިދާޅުވިއެވެ.
"މި ވަރުގެ ބޮޑު، މިހާ ގިނަ ދުވަސްވި މައްސަލައެއް، އަދި މި ފަރާތްތައް މަގާމުތަކުގައި ތިބީމާ ދެން އަންނަ ނަތީޖާ ވެސް ރަނގަޅުނުވެދާނެތީ، އެއީ ނުފޫޒު ފޯރުވުމުގެ ބާރު ވެސް އޮވެދާނެތީ، މަޖިލީހުން އެ ގޮތަށް އެ ހުށަހަޅަން ނިންމީ، އެއީ އެންމެ ރަނގަޅު ނިންމުން،" އިންތި ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން އެ ލިސްޓު މަޖިލީހަށް ޚިއްސާ ކުރުމުން ޖޮއިންޓް ކޮމިޓީން ލިސްޓު ދިރާސާ ކުރުމަށް ފަހު އެ ލިސްޓު ވަނީ އާންމުކޮށްފައެވެ. ލިސްޓުގައި ދައުލަތުގެ ވަޒީފާއެއްގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެއެވެ. އޭގެ ތެރޭގައި އައްޔަން ކޮށްފައިވާ މީހުނާއި އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ހިމެނެއެވެ.
މަޖިލީހުން ފާސްކުރި ހުށަހެޅުމުގައި ވަނީ އައްޔަން ކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން ވަކި ކުރުމަށެވެ. އަދި އިންތިޚާބީ މަގާމެއްގައި ތިބި މީހުންގެ މައްސަލަތައް އަވަސް ކުރުމަށެވެ.
ތަހުގީގު ނުނިމުނަސް މަގާމުތަކުގެ ތިބި މީހުން ވަކިކުރަން މަޖިލީހުން ސަރުކާރަށް ހުށަހެޅިއިރު އެ ލިސްޓުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ވެސް ހިމެނެއެވެ.
ކުރިން އޭސީސީން އާންމު ކުރި ލިސްޓުގައި ވެސް މަހްލޫފާއި އަކްރަމްގެ ނަން ހިމެނުނެވެ. އެ ފަހަރު އެ ދެ ބޭފުޅުން ސަސްޕެންޑް ކުރިއެވެ. ފަހުން އެ ދެ ބޭފުޅުންގެ މައްސަލައެއް ނެތް ކަމަށް އޭސީސީން ކަނޑައެޅުން އަލުން ވަޒީފާއަށް ނުކުންނަވަން ވަޑައިގަތީއެވެ.
ޢިންތި އެބުނީ ރަނގަޅު ވާހަކައެއް
އިންތި ނަމެއް ނޯންނާނެ. އިންތި މެން ކަހަލަ ދެތިން މެމްބަރުން ނުނަގާތިބީ ދޯ އިންތީ.
ވަކިކުރިޔަސް އެމީހުންނަށް ވާނެގެއްލުމެއްނެތް އެވަރަށް ދަވާލައި ކާލައިގެން އެތިބީ
ލިސްޓުން އުނިކުރި އެންމެން ކޮބާ. އެމީހުންނަށް ދޭތެރޭގައި އަމަލު ކުރަންވީ ކޮންގޮތަކަށް. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ޑިމޮކްރެސީގެ އުސޫލަކީ އަމިއްލަ އަބުރު ރައްކާކުރުމަށް ޕަބްލިކް ޑިއުޓީން އިސްތިއުފާ ދިނުން. މަޤާމްތަކުގައި ތިއްބަސް ރައްޔިތުންގެ އިތުބާރެއްނެތް. ކީއްވެ ރައީސް ޔާމިން ހައްޔަރުކޮށް ހުކުމެއްކުރީ. އެއީ ފެއަރ ބެލެންސް ޖަސްޓިސްތޯ. . އިންޑިއާގެ ފިއްތުމުގައި ރ.ޔާމިނަށް ހުކުމް ކުރީ ނުންތޯ... ފައިސާގައި ޖެހުނު މީހުން އިސްތިއުފާދީ. ތަޢައްޔަރުވެތިބެ ޕަބްލިކް އޮފީސްތަކަށް ނުވަދޭ
ލިސްޓުގަ އެއްވެސް ހެއްކެއް ގަރީނާއެއްނެތި ނަން އޮތުމަކުން ވަޒީފާއިން ވަކިކިރުމަކީ އެންމެ ރަގަޅުގޮތްކަމަށް އޮތީ ކޮން ފޮތަކުތޯ؟ ސާބިތުކަން ގެއްލުވާލެވިފައިވާ ލިސްޓެއްނޫންތޯ.
ކުރީދުވަހުވެސް ނޫހެއްގަ އޮތް ދައުވާ ކުރަން ފޮނުވީމަ ޕޮލިސްތެރޭ ތާށި ވެފައޮތް ވާހަކަ.
އިންތިމެން ދައްކަބަލަ ލަދުގެވާހަކަ.. އެހެނީ ބޮޑެތި ހިޔާނާތްތެރިން އަރިހުގައި ބައިތިއްބައިގެން ތިދައްކާ ވާހަކައަކީ ލަދުހުތުރު ވާހަކައޭ..
ޢެންމެ ރަނގަޅުގޮތަކީ މިހާރުތިބި ހުރިހާމެންބަރުންވެސް ވަކިކޮއްލުން .
މަޖިލިސް މެމްބަރުންގެ ނަންފުޅު ތައްވެސް އެމްއެމްޕީއާރުސީގެ ލިސްޓުގައި އެބަހުރިި ހުރިހާ ކަމެއްގައި ވެސް އިންސާފާއި ހަމަހަމަކަން އޮންނަށް ޖެހޭނެ ވަކި ކޮޅަކަށް ބުރަނުވޭ
އެންމެ ރަނގަޅުގޮތަކީ ފަނޑިޔާރުން ދަންޖަންސަން ގޮވި މީހާ އިސްތިއުފާ ދިނުން. ހަމައެއް ލަމައެއް ނެތި ޝަރީޢަތެއް ނެތި ރައްޔިތުން ނުކުމެ ފަނޑިޔާރު ހިފައި ހައްޔަރުކޮށް ދަންޖައްސަން ގޮވި ހަނދާން އެބަހުރިތަ! އެކަހަލަ ގޮތެއް ނެތް މީހުން އިސްތިއުފާ ދިނުން މިވަގުތަށް މުހިންމުކަން ބޮޑީ.
ވަކިކޮއްފަ އަލުން މަޤާމުދީ ގެއްލުމުގެ ބަދަލާ މުސާރަޔާ އިނާޔަތްތަކާއެކު!!!!
ޢެހެންވީމާ މީހެއްގެ މައްޗަށް ކަމަކަށް ތުހުމަތު ކުރެވޭނަމަ އެމީހަކު ހުރި މަޤަމަކުން ވަކިކުރުން އެންމެ ރަނގަޅު ކަމެކޭ ދޯ ތި ބުނުއްވަނީ! ދެން ތިބޭފުނުންނަށް ކަމަކަށް ތުހުމަތު ކުރެވޭނަމަ މަޖިލީހުގެ ގޮޑި ދޫކޮށްލާކަށް ނުޖެހޭނެތޯ!
ހިތަށް އެރިހާ ގޮތަކަށް ޢަމަލު ކުރާ ޤާނުނު ޒިންދާބާދު
ބަލައަދީބުލައްވާތިޔަލިސްޓުންއުނިކުރިމީހުންގެނަންތައްވެސްތިލިސްޓުގައި ހިމަނައިގެން އެމީހުންވެސް ވަޒީފާތަކުން ވަކިކުރާގޮތައްނިންމަންވީނު އޭރުންޝާހިދުއާ އިބޫވެސް ލިސްޓުގައިހިމެނޭނެ
ޢިންތި ފުރަތަމަ އިސްތިއުފާދީ ދާއިރާއަށް މިހުރިހާ ދުވަހު ކޮށްދެވުނީ ކޮންކަމެއް އެންމެ ކުޑަމިނުން ޕާކުގަޑެއްވެސް ހަދާނުދެވުނުތާ ދާއިރާގެ މީހަކާދިމާލައް އިސްއުފުލާ ބަލާވެސް ނުލާ! ތިލިސްޓުން އުނިކުރި މީހުންް ކޮބާ ފަސްމިލިއަން ލިބުނު މެންބަރު ވެސް އަދުނޭވެސް ލިސްޓްގަ ނެތް ކޮބާތޯ އިންސާފު
މައްސަލަ ބޮޑު ވުމާއި ގިނަ ދުވަސްވުމާއި މިހިރަ ކަންކަމަކީ ސާބިތު ހެކި ނެތް މީހުންނަށް ގެއްލުން ދެވިދާނެ ސަބަބު ތަކެއް ނޫން....ތިފެންވަރުގެ މީހުން ހައްގުތަކޭ ކިޔާތީ މަށަށް ދެރައީ...އަދި އެވާހަކަތައް ބަޔަކު ގަބޫލު ކުރާތީ މިހުރިހާކަމެއް ފެށެނީ...ދެން ނުފޫޒު ފޯރުވާ ވާހަކަ ދައްކަން އިންތިމެން އެބަ ޖެހޭ ލަދުވެސް ގަންނަން...ނަޝީދުގެ މައްސަލައިގަ ތިތެޅޭ ތެޅުން އެބަ ފެނޭ އެންމެނަށްވެސް....ނުފޫޒު ފޯރާނެ މިންވަރުވެސް އެބަ ދެނެގަނެވޭ....ދެން ކޮންމެއަކަސް ނުފޫޒު ނުފޯރުވޭނެ ކަންކަމަށް ގާބިލް މީހުން މަގާމުތަކުގަ ތިބިއްޔާ...އިންތިމެނަށް ކަމަކު ނުދޭ ގާބިލް މީހެއް މަގާމަކަށް ގެންނަންވެސް...ފަހަރުގަ ވެދާނެ ތިމާގެ ނުފޫޒުވެސް ނުހިނގާފާނެތީ ކަމަށް އެހެން ބޭނުންނުވަނީ...ހަގީގަތަކީ އެމް.ޑީ.ޕީ ގެ ގަބޫލު ކުރުންތައް ހުރީ މާލޭގެ ރޯޔަލް ފެމިލީތައް އެއީ އެކަނި ދިވެހި ރައޔިތުން ކަމަށާއި އެމީހުންނަށް މަންފާ ހުރި ކޮންމެ ކަމެއް އެއީ އިންސާފު ކަމަށް ދެކިގެން....
ޢަސްލު ވަކި ކުރުން އެންމެ ރަނގަޅީ. މިގޮތަށް މިހާރުކޮވިޑްވައްކަންނޯޓްކޮށްފަ ބަހައްޓާ.އޭރުންވެރިކަ ންބަދަލުވީމަ އަނެއްކާވެސް ނަގާއެއްލާލަން ހުންނާނެވަރަށްބައިވަރުމީހުން
ވަރުގަދަލޯޔަރުން ދައްކާކަހަލަވާހަކަތޯތީ.
100000 ދިނީމޭ އޮލިންޕސް ފުރަގަހުން މިހެންބުނީމަމީތެދަކައްވޭތޯ.ލިސްޓުގައިތިބިމީހުންނައް ފައިސާދިންމީހާކުއްވެރިނުވެ ލާރި ތިމަނާދިނީމީނަޔަށޭބުނީމާ އެމީހާކުއްވރިވަނީކޮންހަމަޔަކުންތޯ.
އަލީ އާޒިމް ކަނަލަނާޒިމް ލިސްޓުފެނުނީމާއި ނުނިދިގެން އުޅުނު ކުޑަ ހަސަން އެންމެތިބީ ކައިފައި އެންމެން ކަޑާލާ ހުސްވަގުން މިނިސްޓަރުންވެސް ކަޑާލާ ހުސްވަގުން އިންތި ބަރާބަރު
ކަލޭމެން ބުނާހާ ކަމެއް ކުރަންޖެހޭތަ؟ ކި؟
ޢަޅެ އަޖައިބެއް ފަހެ ނުވޭތަ އަހަރެން ތަނަކުން ވައްކަން ކޮށްގެން ގޮސް ބަޔަކަށް ބަހާލީމާ އެމީހުން އެއީވައްކަން ކުރިމީހުނަށް ވަނީކޮންގާނޫނަކުންބާ ފަހަރުގައިމަމެން މަޖްލިސްމެމްބަރުންނަށްނުވީމަ ވާނުވާނޭގެނީކަންނޭގެއަޅެއަދީބުތިޔަވައްކަންކުރީތިޔަލިސްޓެއްގައިތިބިހާބަޔަކުބުނެގެންބާލާރިހުރިކޮންމެ މީހެއް ކާރިއަށްލާރިހޯދަންދާނެދޯ އެއުސޫލުން އޭނައަތުންތިޔަލާރިލިބުނުމީހުންވެސް ރިކަވަރީކަމިޟަނުގަތިބިހުދުފޮތިކޮޅުންބުނީމަވަގުންނަށްވީ ތިކސމުގަ އަސްލުމައިވަގު އަދީބުއެކަނިތިޔަވައްކަންކުރީ ދެން އޭރު އޭނަ ރައީސްކަމަށް އަންނަން ބޭނުންވެގެން އޭނަ ދިން ސައެއް ތިޔައީ!!!!!!!!!!!!!!އަސްލުވަގު އެހެރީމިވެރިކަމުގަ ތިބިއިސްމީހުނަށްސައެއްދީގެންމިހާރުވެރިކަމުގައިސް ސަފުގަތިބިއެންމެނަކީވެސްތިކަމުގެބައިވެރިން މިއީހަގީގަތުގައަންނިކުރުވިކަމެއް އެއީއޭނައެބަބުނޭ އަދީބު އެއީތިމަންނަ ކުރީސަރުކާރުގައެޅުވިފަންޏެކޭ!!!!!!!؟؟؟؟؟؟؟