އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ އިރު، އެ ކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރެވެމުންދާ މުއާމަލާތްތަކުގެ ތަފްސީލް ހާމަ ކުރުމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގޮވާލައިފިއެވެ.

މި ކަން ފެންމަތިވިފަހުން، އިންޑިއާ ކޮންސިއުލޭޓް ގާއިމް ކުރުމާ ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ޝިއާރުގައި ކެމްޕޭނެއް ވެސް ފެށިއެވެ. މިއީ "އިންޑިއާ އައުޓް" ޝިއާރުގައި ކުރިން ކެމްޕޭން ކުރި ޒުވާނުން އިސްވެގެން ހިންގަމުންދާ ކެމްޕޭނެކެވެ.

ބަހުސް ބޮޑުވެފައިވާ މި މައްސަލާގައި، ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުން ގެންދެވީ ކޮންސިއުލޭޓް ގާއިމް ކުރުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މި ކަމުގައި ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ދެކޭ ގޮތް ހާމަ ކުރުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަނީ އާންމު ގޮތެއްގައި ކޮންސިއުލޭޓް އޮފީސްތައް ގާއިމް ކުރާ އުސޫލުގެ ތެރެއިން ނޫން ކަމަށެވެ.

"ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމު ކުރަން ޖެހޭ މައިގަނޑު ސަބަބަކީ އެ އޮފީހެއް ނިސްބަތްވާ ގައުމުގެ ރައްޔިތުން ގިނަ އަދަދަކަށް އޮފީސް ގާއިމު ކުރެވޭ ސަރަހައްދުގައި އުޅޭތީ އެ ފަރާތްތަކަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އެހެންވެ މާލޭގައި ގާއިމް ކުރެވިފައިވާ އިންޑިއާގެ ހައި ކޮމިޝަންގެ އިތުރުން، އެހެން ސަރަހައްދެއްގައި އެ ގައުމުގެ ކޮންސިއުލޭޓެއް ހުންނަން ޖެހޭ ސަބަބެއް ފެންނަން ނެތް އިރު، މިފަދަ ހައްސާސް ވަގުތެއްގައި އެ ފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އެ ފަދަ ނިންމުމެއް ނިންމަން ވާނީ، އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެ ކަމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެއްގައި ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމުގައި އެ ކޯލިޝަނުން ގަބޫލު ކުރާ ކަމަށް ބަޔާނުގައިވެއެވެ.

"އެހެންކަމުން، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމް ކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." ކޯލިޝަންގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މި ކަމުގައި ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމައެވެ. އެންމެ ފަހުން ނޫސްވެރިންނާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބައްދަލު ކުރެއްވިއިރު، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް އެމަނިކުފާނު ވިދާޅުވީ އެކަމުގައި ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށެވެ. އޭގެ ފަހުން ސަރުކާރުން އެ ކަމުގައި ކުރެވޭ މަޝްވަރާތަކުގެ ތަފްސީލެއް ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ތީ އަނގަތެޅެން އޮތް ބައެއްނޫން ރަނގަޅުވާނީ މަޑުން ތިބީޔާ

 2. ބޮޑުވަގުން

  ފުރަތަމަ 2012 ން 2019 އަށް ހިންގިޖަރީމާތަކާއި ކުރިވައްކަންތައް ހާމަކޮށްބަލަ..... މިތިބެނީ ބީތާވެފައިތަ..

  1
  3
 3. ޢަހޮމަދު

  ޔާމީނު އެކައުންޓްގަހުރި 100 މިލިއަން ރުފިޔާގެ މައުލޫމާތު ސާފުކޮއްލަ ދީބަލަ. ޥިޔަފާރިއެއްނުކުރާމީހަކަށް އެފައިސާލިބުނުގޮތެއްވެސް އޮންނާނެ. ޥެރިކަމުގަހުރިއިރު ދަޜިފުޅު އެޕާރޓްމަންގެ ކުލި ދައްކާނެ ލާރިނެތްވާހަކަވެސް ބުނި'..

  1
  3
 4. ވގ ޔނ

  އެހެންވެތާ ފ އަތޮޅުވިންކާލަން އުޅުނުއިރު ރައްޔިތުންނައް އެކަން އޮޅުނފިލުވާއިދިނީ ޕޕ އެމް ތީ މުސީބާތެއް ގިނައީވަގުން

  1
  3
 5. މުރުއްބި

  މުޅިންވެސް ވަގު ކުދިން ވައްކަން ނުކުރެވިގެން އޮތާ