މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފިލި މީހާއާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
އެކްސިޑެންޓުގައި ފިލި މީހާ އަކީ މި އެކްސިޑެންޓުގައި ނިޔާވި 22 އަހަރުގެ ޒުވާނާ އިން ސައިކަލުގައި ދުއްވަން އިން މީހާއެވެ.
އެ އެކްސިޑެންޓަށްފަހު ފުލުހުން ދަނީ އެ މީހާ ހޯދުމުގެ މަސަައްކަތް ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓަށް ފަހު މަދު ނުޮށް ދިޔަ މީހާ އާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ވާ ކަމަށެވެ.
"މައްސަލައާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން"ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެޒުވާނާ ނިޔާވީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވެފައި ވަނީ ސައިކަލްގެ ފަހަތުގައި އިން 22 އަހަރުގެ ޒުވާނެކެވެ.
އޭން ހޯދީމަ ބާރަށް ސައިކަލު ނުދުއްވާކަމަށް ވޭތަ؟ އަދި ތީ މަސްތުވާއެއްޗެތި ބޭނުންކުރާ ބައެއްބާ އަނެއްކާ؟
ނިޔާވި ފިރިހެނަކީ މަސްތުވާ ތަކެއްޗާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން..ވަރަށް ރަނގަޅަށް އޭނަ ދަންނާތި މިހެން މިބުނީ
މީ ދިވެހިންގެ ގޮތަކީ.. އެކުވެރިޔާ މަރުވާން ދޫކޮށްލާފަ ފިލުން!.. އެކުވެރިޔާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް އަޅާލަންވީމަ ފިލީ... މީތޯ ދަސްކޮށްދެވިފަ ހުރި އިންސާނިއްޔަތު ކަމަކީ...ސަހަރޯ
އެހެންތަ! އެމީހާ އެނގިއްޖެ ދޯ؟ ހާދަ ގަދައޭ!
ފުލުހުންހުން ކީއްވެބާ ވެއްޓިފަ އޮތް ކުއްޖާ ކާރީގަ އޮތް ރާފުޅީގެ ވާހަކަ ނުދެއްކީ އަދި އޭނަ އަނގައިން އެދުވީ ކޮންވަހެއްބާ؟ އަނެއްކުއްޖާ އެފުޅީގެ ވާހަކަ އެތާހުރި އެހެންކުއްޖެއްގެ ކާރީގަ ބުނެފަ ފިލީ. ވީޑިއޯ ރަގަޅަށް ބެލީމަ މިކަން ވަރަށް ރަގަޅަށް ސާފްވާނެ.