މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ކޮވިޑް-19 އަށް ފައްސިވެފައި 100އަށްވުރެ ގިނަ ގައިދީންނާއި، ބަންދު މީހުން ތިބިކަން ހާމަކޮށްފިއެވެ.

ކަރެކްޝަންސް އިން މިއަދު ވަނީ ޖަލުތަކުގައި ކޮވިޑަށް ފައްސިވާ ގައިދީންނާއި ބަންްދު މީހުންގެ ތަފްސީލުތައް ހާމަކޮށްފައެވެ.

އެގޮތުން ހުޅުމާލެ ޑ.ސީގައި ބަންދުކޮށްފައި ތިބި ދެ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި މާލެ ޖަލުގައި 12 ގައިދީން ކޮވިޑަށް ފައްސިވެފައިވާއިރު، އެ ޖަލުގައި ކަރަންޓީންގައި 66 މީހަކު އެބަތިއްބެެވެ.

އަދި އައްސޭރި ޖަލުގައި ފައްސިވެފައިވާ 94 ގައިދީއަކު ތިބިކަން ކަރެކްޝަންސް އިން ހާމަކޮށްފައި ވެއެވެ.

އެހެންކަމުން މިހާރު ޖަލުތަކުގައި ފައްސިވެފައިވާ 108 ގައިދީންނާއި ބަންދުގެ މީހުން އެބަތިއްބެވެ. އަދި އެ ޖަލުގައި 66 މީހަކު ކަރަންޓީންކޮށްފައި ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކޮވިޑަށް ފައްސިވާ އެތައް ސަތޭކަ ބަޔަކު އެބަތިއްބެވެ. އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާރު ބަލި ޖެހިފައި 24،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.