ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ މައުލޫމާތު މީޑިއާއަށް ދިން މައްސަލަ މަޖިލީހުގު ކޮމިޓީން ބަލަން ނިންމައިފިއެވެ.
ކޮމިޓީން މި މައްސަލަ ބަލަން ނިންމާފައިވަނީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން މިހާރު ނޫހުން ގެނެސްދީފައިވާ ހަބަރުގައި ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި. އެމަނިކުފާނު ދިރިއުޅުެއްވާ ގެކޮޅުގެ ތަފްސީލީ މައުލޫތު ބަޔާން ކޮށްފައިވާތީއެވެ.
އެގޮތުން ކޮމިޓީން ވިދާޅުވީ، އެފަދަ މައުލޫމާތަކީ އާންމުކޮށް ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއާންމު ރައްކާތެރި ކުރުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރާއި އިހްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތެއް ކަމަށެވެ.
އެހެންކަމުން އެފަދަ މައުލޫތު އެގޮތަށް އާއްމު ވުމަކީ، ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ގ. ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާ ކަމެއް ކަމުގައި ކޮމިޓިން ވަނީ ވިދާޅުވެފައެވެ.
ބަޔާނުގައި ވިދާޅުވެފައި ވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2008) ގެ 24 ވަނަ މާއްދާ (ނ) ގައި ބަޔާން ކޮށްފައިވާ ފަރާތްތައް ފިޔވައި އެ ނޫން އެއްވެސް ފަރާތަކަށް ހިއްސާ ކުރުމަކީ މަނާ ކަމެއް ކަމަށާއި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު (ޤާނޫނު ނަންބަރު 2015/6) ގެ ދަށުން ކުށެއް ކަމަށެވެ.
"މި މައްސަލައަކީ ގައުމީ ސަލާމަތީ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން މި ކޮމިޓީގެ ދުސްތޫރީ ިންމާއަކަށް ވީހިނދު، މި ކޮމިޓީން މި މައްސަލަ ބަލުމަށް ނިންމާފައިވާ ކަމުގައި ދަންނަވަން" ބަޔާނުގައި ވެއެވެ.
މިމަހުގެ ހަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ނަޝީދަށް ލިިބުނު އަނިޔާތަކަށް އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ.
ނަޝީ ދުގެ އަތްވެސް ބަލަންވީ ތި މަޖިލީހުން....
ކިހާދެރަކަމެއްއަޅެ
މީނަގެ ކަންތަކާހުރެ މީހަކައް ނޭވާލެވެންވެސް ނެތެއްނު.
އެއްފަހަރު ބުނާނެ ކަންކަން ސިއްރު ކުރަނީޔޭ އަނެއްފަހަރު ބުނާނެ ދެފުސާހަންގަނޑާ ފެންނަ ސިޔާސަތޭ،
މަބުނަން ސާލިހް މީނަޔައް ވެރިކަމުން ބާކީ އޮތް ދުވަސްކޮޅު ނަމަވެސް ހަވާލު ނުކޮއްފިނަމަ ދިވެހިރައްޔިތުންނައް ސަލާމަތުން ތިބެން ނުހުރައްޕާންކުރާނެ.
ދެފަހަރު ހަމަޔައް އެކައްޗަކޭ ނުކުޔާނެ އެހެންތާވާނީ ދެފަހަރު ހަމަޔައް ހަމައިގައި ތިބޭކަށެއްވެސް ނުޖެހޭވިއްޔާ އެބޭފުޅާގެ ވެރިކަމެއްގައި...
އެއްޗެކޭ ނުބުނިއްޔާ އެންމެ ހެޔޮވާނީ.
މަޖިލީ ހުގެ އަތް ކުރުކޮއްލެވޭނެގޮތެއްހޯދަންއެބަޖެޖެހޭ
އަތްޕުޅު އެކަންޏެއް ނޫން. ދޫފުޅު ކުރުކޮށްލެވޭނެ ގޮތެއްވެސް ހޯދަންޖެހޭ. އަޑުފުޅުވެސް ކުރަނގީގެ އަޑާ ކުޑަކޮށް ވައްތަރުގޮތަކަށް ކާޅެއްގެ އަޑުން އަޑު އިވޭނޭގޮތަކަށް ވޭތޯވެސް ބަލަން އެބަޖެހޭ.
ކަލޭމެންކުރިހުރިހާލަމެއް ކަލޭމެނާއަރާތިއޮއް ހަމަކުރަނީ ތީމުގޭގޭޓްހުޅުވާ ދިވެހިންނާއި ބޭރުމީހުނައް މުޅިތަންދެއްކިއިރު މައްސަލަޔަކައްނުވި
މި ނަޝީ ދަކީ ސެކިއުރިޓީ ދޭމީހުންނަށް ރައް ދުވާ މަލާމާތެއް އެއްފެންގަޑުން އަނެއް ހޮޓަލުން ފުމޭނީ
މިވަރުންވެސް ކުއްވެރިވާނީ އެސްޕީޖީ
ނަޝީދަށް ހަމަލާދިން ނައްސަލަ ބަލަން ނަޝީދާއި ހަވާލުކުރަންވީނުން. މިހާރު ޔަގީންވޭ އެބަ އަމިއްލައަށް ރޭވިކަމެއްހެން. ސާމާލުކަން ހޯދަން. ބޮޑުވަޒީރުކަން ކުރާހިތުން. އަޑިގައި ތިބޭނީ އިންޑިޔާ އެން ބަސީ. ހަމަ ޔގީން.
މަޖިލީހުގެ ބައްދަލުވުމަކީ ވަރަށް ބޮޑު އަގެއް ރައްޔަތުން ދައްކާތަނެއް..
އެތަނުގައި ވަކި މީހަކުގެ މަންފާއަށް މައްސަލަ ބެލުމާއި އޭނާގެ ކުރިއެރުމަށް ޖަލްސާ ޚާއްސަކުރުމަކީ، ރައްޔަތުންގެ ފައިސާ ބޭކާރު ކުރުމުގެ އިތުރުން ގާނޫނު އަސާސީން މަޖިލީހަށް މަތިކޮށްފައިވާ ކަންކަމުގެ ބޭރުން ހިންގާ އަލްޓްރާވައިރަސްގެ އަމަލުތަކެއް.
މިކަންކަން ހުއްޓާފައި މަޖިލީހުގެ މެންޑޭޓްތެރޭގައި އެންމެވެސް މަސަތްކަތް ކުރުމަށް އިލްތިމާސްކުރަން..
މަޖިލީހަކީ ނަޝީދުގެ މަސްލަހަތު ހިމާޔަށް ކުރަން އޭނާގެ ލާބައާއި މަންފާ ދަމަހައްޓަން ރައްޔަތުން ޓެކްސްފައިސާދޭތަނެއް ނޫންކަން ހަދާކުރަން ވެސް ނަސޭހަތްތެރިވަން..
މީ ރައްޔަތެއްގެ އަޑު.. މަޖިލީހަކީ ރައްޔަތުންގެ ނަމަށް ހަމަ އެކަނި ނިސްބަތްވާތަނެއްނޫން އެެއީ ރައްޔަތުންނަ ޖުމްލަވީގޮތުން މަންފާހުރިކަންކަން ހޯދައި އެކަމާއި ގުޅޭ ގާނޫނު ހަދަން އޮތް ތަނެއް.. މިކަން މިގޮތަށް ކުރަން ނުރުހޭ މީހުން މަޖިލީހަށް ކުފޫހަމަނުވޭ!
ނަޝީދަކީ ދިވެހިންނަށް
ދުއްތުރާބޭފުޅަކަށްވެއްޖެ!! އެހެންނާފަހެ މީނަގެވާހަކަނޫންވާހަކައެއް މިމީހުންނަށް ދެއްކޭކަމަކަށްނުވޭ. އަތުންފޭހުނުއިލޮށިގަނޑު އަމިއްލަލޮލަށްހެރުނީމަވެސް އިލޮށިގަނޑުފޭހުނީކާކުހެއްޔޯލަ ؟ ފުކެއްބޮޑުވަރުދޯ ؟؟ ކޮބައިތަ އިންތި ؟ އެފައިސާ މިފައިސާ ނުކިޔާ އެއަންނި މިއަންނި ކިޔަންވީނުން ؟
ތިޔަތިބެނީ ރައްޔިތުންނައް ބަލަދުއަރާފަ ތިބޭމީހުން އަހަރެމެންނައް ނުބެލެހެއްޓޭނެތީ ބަޔަކާހަވާލުކުރަނީ އެކަމަކު ހަވާލުކުރިޔަސްވެސް ބެލެހެއްޓޭނީ ބުނާބަސް އަޑުއަހަންޏާތާ ބޯހަރުކަމުގައުޅެންޏާ އެމީހުންނައްވެސް ބަލަހައްޓަން ދަތިވާނެ
ޡމިކަލޭގެ ތީމުގެ ރައްޔިތުންނަށްދެއްކިއިރުޔޯ މީހުންނަށް ފުރައްސާރަކުރި އިރުޔޯ މިކަލޭގެ ރަށްރަށަށްގޮސް ބައިސްކަލުގަ ދުއްވާއިތު ސެކިއުރިޓީން ފަހަތުން ދުވުން މީތަ ސެކިއުރިޓީ ދިނުމަކީ
މަށަށް ދެރައީ ތިޔަ ގޮވި އެއްޗެއް ގޮވައިގެން ލިބުނު ގެއްލުން ބަލައި އެކްސްރޭ ނަގައި ސީޓީސްކޭން ހަދައި ފަޅައި އޮޕަރޭޝަންކޮށް ބޭސްއަޅައި ފަރުވާދޭން ތިޔަ މަޖިލީހުގައި ތިތިބަ ދަންނަނުދަންނަ އިއްޒަތްތެރިން ނުފެށިކަން. އެހެންޏާފަހެ، މިތިބަ ޑޮކްޓަރުންނަކީވެސް ތިޔަ ތާނގައި ތިތިބަ އިއްޒަތްތެރިނަށް އިތުބާރުކުރެވޭނެވަރުގެ ބައެއް ނޫންވިއްޔާ. އޭގެ ތެރޭގައިވެސް ތުބުޅިލާފައި ތިބި މީހުންވެސް އެބަތިބި ވިއްޔާ. މާދަމާނޫން އަނެއް ދުވަހު ބުނެފާނެ ތުބުޅިލާފައި ހުރި މީހަކު އޮޕަރޭޝަނުގައި ހުއްޓޭ، އެމީހާ ގަސްދުގައި ނޭނގޭ ގޮތަށް ކޮށްފައި އޮތް ކަމަކުން އެމަނިއްޕުޅުގެ ހިތްޕުޅުގެ ދެފަރާތުގައި ފާޑެއްގެ ދޭއްޗެއް އެބަހުއްޓޭ. އެ އެއްޗެއް ހުރެގެން ބެލިއިރު އެކައްޗަކީ އިބިލީހަށްވެސް އެއީ ކޯއްޗެއްކަން ނޭގޭ އެއްޗެކޭ. ހީވާގޮތުގައި އެއީ ނުފޯދޭ ރުކެއްގެ އެތެކޭ. އަނެކައްޗަކީ ޖަރުމަނު ފުލުހުންނަށްވެސް ކޯއްޗެއްކަން އަދި މިހާތަނަށް ހޯދިފައި ނުވާ އެއްޗެކޭ. އެ އެއްޗެއް ބޮޑަށް ވައްތަރީ ކަޅުހިލަދަޔަށް ވަން ފޮޔާއޭ. މިކަހަލަ ޒާތްޒާތުގެ ހާސަރުތައް މާދަމާ އަޑުއިވޭނެ ތޯއްޗެއް.
ނަޝީދުގެ ސެކިއުރިޓީ ސިއްރުތައް މީޑިއާއަށް ދިން މައްސަލަ މަޖިލީހުން ބަލަނީ
3 ގަޑިއިރު ކުރިން ( މެއި 29, 2021 )
ތިޔަށް ވުރެ މާރަނގަޅު "އަނދިރި އަނދިރިންނަށް" ސެކިއުރިޓީ ސިއްރުތަކަށް ވީގޮތްބަލަން
އެއީ ތިކަލޭގެއަށްވުރެ މާގިނަދުވަހު ވެރިން ކުރި ފަރާތެއް . އަދި ބަދަލްވެސް ދޭން ފެެނޭ.
ނަށީދު އަކީ ދިވެހި ރަ އްޔިތެ އް،ނަށީދު އަކީ ވެސް އިންސާނެ އް،،، ނަށީދު ގެ އުފަންބިމުގަ، އެހެންމީހުން ހެން އުޅެވެންޖެހޭ،،،،ނަށީދުގެ ލެ އަށް ދަހިވެތިވެގެން ހަސަދަ ފިލުވަން ބަޔަކު އުޅޭތީ ހަ އިރާންވެ އްޖެ،،،، އިންސާނުން މިނިކާ ޖަނަވާރުން ނަ އްވެެ އްޖެ،، އިންސާނުންގެ ޅޭ ފެންފޮދެ އްގެ އަގަ އް ވުރެންދަށް ވެ އްޖެ،،،،،މިފަދަ ނާތަހުޒީބީ އަމަލު ތްތަކުރާރުވަނީ، އިންސާފު ނުލިބި ،ކުށްވެރިން ނުފޫޒު ގަދަ ފަރާތެ އްގެ ބާރުން ކު އްކުރަން ދޫވެގެން ދާތީ، އިންސާފުގަ ތިލަފަތް ވަކި ކޮޅަކަ އްބަރުވާތީ،ދެރަމީހާ އަށް ދެރަގޮތް ،ނުފޫޒު ގަދަމީހުންނަށް މޮޅުގޮތް މިޢޮންނަނީ،،،،
ނަސީދުގެ ސެކިއުރިޓީ މައުލޫމާތު ދިން މައްސަލަ މަޖިލިހުން ބަލަނީ.. އާދަނު ގޯތި ގިފިލި ހުސޭނު ބެލި މައްސަލަ މަޖިލިހުން ބަލަނީ.. މެމޯރިއަލް ހޮޓާ ބަދިގޭގައި ފުއްގަނޑު މޮޑޭ ގޮތުގެ މައްސަަލަ މަޖިލިހުން ބަލަނީ.. ކޮވިޑް19 ދުނިއެއަށް ފާޅުވި ގޮތުގެ މައްސަލަ މަޖިލިހުން ބަލަނީ.. ޅަ ފަޅޮލަކަށް މަތީނު ކުރި އަނިޔާގެ މައްސަލަ މަޖިލިހުން ބަލަނީ.. މި ދެން އަޖައިބެއް. ތި މަޖިލިސް ނަގާ ކޮވިޑް ފެސިލިޓީއަކަށް ހަދަން ފެންނަނީ.. މަޖިލިހުގެ ބަޖެޓު ކޮވިޑަށް ހަރަދު ކުރަން ފެންނަނީ..
މަޖިލީހުގައި ތިބި އޭނާގެ މީހުންނޭ ކިޔަިގެން އުޅޭމީހުންގެ އަމާޒަކީ އެނައަށް ގިނަ މީހުންލައްވައި އެއްޗެހި ގޮއްވުން. އޭނަޔޭ ކިޔައިގެން ނޭވަޔަކު ދެކޮޅު ކޮންމެސް މޮޅުވާހަކައެއް ނަގައިގެން ބަހުސް ކުރާނެ. މިއުޅެނީ ކޮވިޑުގެ ބަލިމަޑުކަމާހެދި އެތައްހާސް ޢާއްމުރައްޔިތުންނަކާ ޞިއްޙީ އެހީތެރިންނަށް ނޭވައި ނުލެވިގެން. އެކަމށް ޙައްލު ހޯދައިދޭން މަސައްކަތްކުރިއްޔާ އޭނަޔަށް ކިޔާ ސަނާ ވެސް ފަހަރުގަ ގިނަވެދާނެ.
ހެޔޮނުވާނެ
ދެން މީނައަށް ކޮންސެކިއުރިޓީއެއްދޭކަށް. ގޭގެއަށްގޮސް ފުނޑާ، ސާފުކޮށް ދަރިން އުރާ އުޅެނީ ދެން ކޮންކަމަކު
މިގައުމާވެސް ގުޅޭމީހެއްނޫން މިދުނިޔެއާވެސް އެހާގުޅޭ މީހެއްނޫން ދެން ކިހިނެއް ހަދާނީ؟ މީނަޔާހުރެ އާެްމު އުނދަގުލަކައްވެއްޖެ!!!!
މީދެން ޖެހިފަ އޮތް ބަލާ މުސީބާތެއް ދޯ. ކަލޭމެންނައް މަޖްލިސްގެ މެޖޯރިޓީ ދިނީ އަންނި ފެންވަރުވާ އޭނަ ގައިގާ ތެޔޮވަށާކައް ނޫން.. އަބަދު ތި އަންނިއަކާ އަޅާގަނެގެން..
ދިވެހިން މަރުވެ ހުސްވި އަސް ބޯޑަރު ބަންދު ކުރާނެކަމެ އް ނެތް ދިވެހި ސަރުކާރު އަރާ އޮވެ ނަށީދު ނަ،ީދު ނަ،ީދު ކި އާލާ އޮވޭ.
ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާ ސިފައިންގެ ނޫން ބައެއްގެ މައްޗަށް ތަންފީޒް ކުރެވިދާނެތަ؟ 24 ވަނަ މާއްދާގެ (ނ) ގެ ޤާނޫނީ އިޚްތިޞާޞް ދެމިގެންދާނީ ކިހާހިސާބަކަށްތޯ؟
މައްސަލަ ރަނގަޅަށް ތަޙްޤީޤުނުކޮށް ތަޙްޤީޤު ނުނިންމައި މިވެނި އެވަނި ފެއިލިޔާއެކޭ ކިޔައިގެން ވާހަކަ ފެތުރާއިރު ދެންތިބޭ މީހުން ހެވިފައެއް ނުތިބޭނެ. އެމީހުންވެސް ކިޔެން އޮތް އެއްޗެއް ކިޔާނެ. އަދި ކިޔަންހުރި އެއްޗެހީގެ އެއްބައިކަމަށްވަނީ ކިޔާފަ އެހުރީ....