އެމްޑީޕީއިން އއ. އުކުޅަހުގައި ބާއްވާ އާދަޔާ ހިލާފު ކޮންގްރެސްގައި ބައިވެރިވާން ބޭނުންވާ އެމްޑީޕީގެ އާންމު މެންބަރުންނަށް ޓިކެޓް ވިއްކަން އެ ޕާޓީން ނިންމައިފި އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގައި ތަފާތު ކަންކަން ކުރިއަށްދާނެކަމަށާއި ކޮންގްރެސްގައި ކޮންގްރެސްމަނުންގެ ގޮތުގައި 1000 އެއްހާ ބޭފުޅުން ބައިވެރިވާނެ ކަމަށެވެ.

" އޭގެ އިތުރުން ކައިރި ރަށްރަށުންނާއި މާލެއިން 500 އެއްހާ އާންމު މެންބަރުން ބައިވެރިވާނެ ކޮންގްރެސްގައި ބައިވެރިވާން ބޭނުންވާ އާންމު ހުރިހާ މެންބަރުންނަށް ވެސް އޮތީ ފުރުސަތު ހުޅުވާލާފަ އެކަމަށް 200 ރުފިޔާއަށް ޓިކެޓް ވިއްކާނެ " ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ކޮންގްރެސްއަށް ޓިކެޓް ގަނެގެންދާ އާންމު މެންބަރުންގެ ކެއުމާއި އެކޮމަޑޭޝަން ހަމަޖައްސަން ޖެހޭނީ ވެސް އެ މެންބަރަކު އަމިއްލައަށް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ އެ ޓިކެޓަކީ ކޮންގްރެސްއާ ގުޅިގެން ޕާޓީއަށް ޑޮނޭޝަން ހޯދުމަށް ވިއްކާ ޓިކެޓް ކަމަށާއި އެ ޓިކެޓް ކިތަންމެ އަގު ބޮޑުކޮށް ވެސް ގަނެވިދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"ގިނަ އާންމު މެންބަރުން ބައިވެރިވާނެ ކަމުގެ ޔަގީންކަން އެބަ އޮތް , ކޮންގްރެސް ކުރިއަށްދާއިރު އުކުޅަހުގައި ތިބުމަށް ބޭނުންވާ އެތައް މެންބަރުނެއް އެބަ ތިބި ކޮންގްރެސްއަށްދާ ފަރާތްތަކަށް ކައިރި ރަށްރަށުން ވެސް އެކޮމަޑޭޝަން ހަމަޖެއްސޭނެ އިންތިޒާމް ހަމަޖެހިގެންދާނެ "ހަސަން ލަތީފު ވިދާޅުވިއެވެ.

ކޮންގްރެސްގެ ދަތުރު ފެށުމުގެ ކުރިން މާލޭގައި ހަފުލާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައި ކަމަށް ވިދާޅުވެ ހަސަން ވިދާޅުވި ގޮތުގައި، 10 ސްޓޯލެއް ބެހެއްޓުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

" އިސްކަންދޭނީ ޕްލާސްޓިކް ފަދަ ތަކެއްޗާ ދުރު ދަތުރުފަތުރުކުރުމުގެ ހަރުދަނާ ނިޒާމެއް ޕްރޮމޯޓްކުރާ ވިޔަފާރިތަކަކަށް ,އެމްޑީޕީގެ ކޮންގްރެސްއަށް ހުރިހާ މީޑިއާތަކަކާއި އަމިއްލަ ޖަމިއްޔާތަކަށާއި ބޭރުގެ ސަފީރުންނަށް ވެސް ދައުވަތު ދެއްވާނެ "ހަސަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީއިން އުކުޅަހުގައި ކޮންގްރެސް ބާއްވާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހު އެވެ. ކޮންގްރެސްގައި އަސާސީ ގަވައިދަށް މުހިންމު ބަދަލުތަކެއް ގެންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބޭބެ

    އަގުބޮޑުކޮށް ޓިކެޓް ގަނެގެން ގޮސް އަދި އަމިއްލައަށް ހުރުމާ ކެއުމާ ދެންވެސް އެހެެން ކަންތައްތައް ހަމަޖައްސަން މިޖެހެނީ!! ނުދެވޭނެ!! ދެރަކަމެއް!! ތިކަހަލަ ކޮންގްރެސް ނުބޭއްވިއްޔާ ރަގަނޅީ!!

  2. އެޑަމް

    އަސަރުކޮށްފި..

  3. ރައްޔިތުން

    ކަން ކުރެވޭގޮތުން ތިޔަ ހުރިހާ ދަތި ތަކެއް ތިޔަ ދިމާވަނީ ، މަކަރުވެރިއަކާއި ކުރިމަތިލާނެ ހީލަތްތެރި ބުއްދިއެއް އިސްނުކުރާ ބައެއް

  4. އިންސާނާ

    200 މީހިން ހަމަވިޔަސް ރަނގަޅު... ރީތި ލަދެއްގަ ޖެހޭނެހެން ހީވޭ

  5. ސުހަަ

    އެމްޑީޕީ ލާރި ނެތީތަ

  6. އަފީފު

    މިވަރުކަމަކަށް ލަތީފު ބުނިވަރެއް ދޭން ތައްޔާރު. އެކަމަކު މީ ބޭކާރުކަމަކަށްވާނެކަން ޔަގީންވެ މިފަދަ ބޭކާރު ކަމެއް ކުރެވުނީތީ ލަތީފުމެން ފަހުން ރޯނެތީ މަ އެންމެ ދެރަވަނީ

  7. އިބިރިހިމާ ބެއްޔާ

    މަހުވެއި ކަނޑަކަބާއް ތެހިގަނީ
    ތިކެޓް ވިއްކާނީޔޭ؟ ބަލަ ތިޔައުޅެނީ ސިނަމާއެއްގައި ފިލްމެއް ދައްކަންތަ ނުފޯރާފޮތިން ފޫގެޅީމަ އޮރިޔާމޭ ވާނީ ކޮއިފުޅާ ..!

  8. އޮޅާލާ

    ކޮންގްރެސްގައި 1500 މީހުން ބައިވެރިވާނެއޭ ކޯއްޗެއްތޭ ތަމެންނަށް ދައްކާލާނަން ރަނގަޅަށް ކޮންގްރެސް ބޭއްވޭ ތަން އިނގޭތޭ ކޮން ކޮންގްރެސް އެއް ތޭ ބޮޑު އެއް ކޮންގްރެސް އޮންނާނީ އިނގޭތޭ ތަމެން ކޮންގްރެސް އޮޅާލަބަލަ ދެން އޮޅާލާ އޮޅާާލާ އޮޅާލާ..

  9. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޖަނގިޔާޒް ދަ ބޭލެނިންގް ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  10. ބުއްޅަަަަަބޭ

    ކޮޢްކޮމެންނަކަށްނޭގޭނެ އެޖައްސާ ސްޓަންޓް، ޓިކެޓް ދެނީ ހިލޭ، ބ'ޭނުމަކީ ލާރިދީގެންވެސް ދާންބޭނުންވާމީހުން ތިބިކަން ދައްކަލަން!

  11. ތަރާގަނޑު

    ތިތަނަށް ވައްނަން އަހަރުމެން ބޭނުމެއް ނޫން ހުސްމަކަރާ ހީލަތް ހެދުންނޫން ކަމެއް މިތިބަ ބޭބެތަކަކަށް ކުރާކަށް ނޭގޭނެ.

  12. މަރިޔަނބު

    ފަންޑު ފޮށިކޮބާތަ ނޫނީ ރުފިޔާ ޖާޑި ކޮބާތަ ތިޔަ ޖާޑިތަކައް ލާރި އަޅުވާފަ މީހުން ވައްދަންވީނު ރައްޔިތުން ފެލަންވެސް މިވަރެއް ނޯންނާނެ ޕާޓީގެ އިސްމީހަކު މީހަކާ އިންނަންވިޔަސް ފަންޑުފޮޑި ބަހައްޓައިގެން ކައިވެނި ޕާރޓީއަށްވެސް ޓިކެޓް ކަނޑާގެން ނޫނޭ ލާދީނީ ކަލޭގެ ކަލޭމެންނަށް އުޅުމެއް ތިއޮތީ ދަސްކޮޢްދީފަ މަވާ ހަތަރެސްފައިން ސަލާމް

  13. ޖޮއްބެ

    ދިވެހި ދައުލަތުގެ މާލިއްޔާއިން ވަގަށްނެގި ފައިސާތަށް ހުސްވެ ބިކާރީ ވީމާ ވާނީ އެހެންތާ. ވެރިކަން ހޯދަން އެއުޅެނީ އަނެއްކާވެސް ޖީބުތައް ބޮޑުކޮށްލަން.

  14. ބޮލިހިލާ

    މިވެރިކަން ކޮންމެހެން ވެސް މިފަހަރު ބަދަލު ކުރަން ޖެހޭނެ ކަމަށް ސޫދު ރަނޑު ސްޓައިލަކަށް ބުނި ނަމަވެސް އެކޮއި މީ ތަމެންނާއި އަރަފޯދި ގެންވާ ކަމެއް ނޫން އިނގޭތޭ މީ ތަމެންނަށް ވުރެން ލެވެލް މަތި ވާހަކަ ތަމެން ތިޔާ ދައްކަނީ އެކޮއި ތަމެންގެ ލެވެލް އިން ސިޔާސީ ވާހަކަ ދެއްކިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ ދޯ. ތަމެން ދައްކަގަ މަމެންގެ ބިއުޓިފުލް އެން އޯސަމް އެެން ފްލޯލެސް ސަރުކާރު ސިޔާސީ ގޮތުން ކުރިމަތިލި އެއްވެސް އިންތިޚާބަކުން ބަލިވެފައި އެބައޮތްތޭ އިންތިޚާބުގެ ކާމިޔާބީ އަކީ އެއީ އިއުލާން ކުރާ ނަތީޖާ ނަތީޖާގެ ފުރަގަހަތުގައި ހިނގާ ކަންކަން އެއީ ބަލަން ޖެހޭނެ ކަމެއް ނޫން އިންތިޚާބުގެ ނަތީޖާއެއް ބަދަލު ނުކުރެއެއް ނޫން މަމެން ވެރިކަމަށް އައި އިންތިޚާބުގައި ވޯޓް ލީ ރައްޔިތުންގެ %85 އިން މޮޅުވުމުން ދޯ. އެކޮއި ތަމެން މިވެރިކަން ބަދަލު ކުރުމުގެ ބަދަލުގައި މިއޮތް ނެސްޕްރޭ ހުސްކުރި ދަޅު ހިފައިގެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާ ދޯ. ހާއްހަހަހާހާހާ ހޮހޮހޮހޮހޮ..

  15. ޖައްސާތި

    މިވެރިކަން ކޮންމެހެން ވެސް މިފަހަރު ބަދަލު ކުރަން ޖެހޭނެ ކަމަށް އެމްޑީޕީން ކިޔާލަ ކިޔާލާ ތިބެނީ ދޯ މަމެން ވެރިކަމާއި ހަވާލުވިދުވަހުން ފެށިގެން ތަމެން ތިޔާތިބީ މަމެންގެ ވެރިކަމުގައި ރާއްޖެ އަށް ގެންނަ ތަރައްގީ ފެނިފައި ޖޭވެގެން ހަދާނެ ގޮތެއް ނޭގިގެން ނޭ ތަމެން ބަލާބަލަ މާލޭގެ އިރުމަތީ ހޮރައިޒަން އިންއެ ފެންނަނީ ބްރިޖް ދެން މާލޭގެ ހުޅަނގު ހޮރައިޒަން އިން ފެންނާނީ އަނެއް ބްރިޖް މަމެންގެ ނެކްސްޓް ޓާރމް ގައި ސޫދު މެންނަކީ އެއީ ސިޔާސީ ގޮތުން ބަރުދަނެއް ހުރި ބަޔެއް ކަމަށް މަމެން ނުދެކެމޭ ތަމެން ބުނެގެން ތަމެންގެ ރަށުމީހަކު ވެސް ވޯޓް ނުލާނެއޭ އެހެން ނަމަ ތަމެން މީދޫ ދާއިރާގެ އެމްޕީ އަކަށް ކުރިމަތިލިއިރު ހޮވުނީ ނޫންތޭ ނުހޮވޭ ދޯ. މަމެންގެ ވެރިކަން ވައްޓާލަން ބޭނުންވެއްޖެނަމަ ދެން ދުނިޔޭގައި ޖެހޭނީ ތިން ވަނަ ބޮޑު ހަނގުރާމަ ފަށަން ތަމެން ނަށް އެކަން ފީލްވާނެ މަޖްލީސް ހުޅުވި އިންތިޚާބު ތަކާއި ބެހޭ ގާނޫނަށް ގެންނަ ބޮޑެތި ބަދަލު ތަކުން.

  16. އިބްރާ

    މިފަހަރު ކަނޑުހުރަސްކޮށް އެއްވެސްބަޔަު ދާގޮތަށް ހަމަޖެހިފައިވޭތޯ؟

  17. އިބްރާ

    އަޅުގަނޑު ދެންނެވީ ފަތާފައި ބަޔަކު ދާގޮތަށް ހަމަޖެހިފައިވާތޯއެވެ؟

  18. ގުއިނަގާ

    ކޮން ކޮންގްރެސް އެއްތޭ ރަންރީނދޫ ޓްވިޓަރޭ އޭން ބުނެބަލަ އެއްވެސް ކޮންގްރެސް އެއް ނޯންނާނެ އިނގޭތޭ ތަމެން ތިޔާ ކަން ހުއްޓާލުމަށް ފަހު ރަށުތެރޭން އެހެން ކަމަކާއި ގެން އުޅެގަ ތަމެން އުޅެގަ މިހިރަ ގުއި ނަގާ އުނދުޅި ހިފަިއގެން ގޯތި ތެރޭގައި ކުކުޅު ތައް ލާފައި ހުރި ގުއި ތައް ނަގަން އިނގޭތޭ. ގުއިނަގާ ދޯ. ހާއްހަހަހާހާހާހާ ހަހަހާހާހާހާ ހޮހޮހޮހޮހޮ...