ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ އެތެރޭގެ ދަތުރުފަތުރުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލްގައި ވިލިމާލެދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ރައްޔިތުންނަށް ޒަމާނުންސުރެ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެތެރޭގެ ދަތުރުފަތުރުގެ ނިމާޒް އެންމެ ހަރުދަނާ ގޮތެއްގައި ނުހިނގުންކަމަށެވެ. އަދި އަލަށް އިންތިހާބުވި ކައުންސިލްގެ ފަރާތުން ވިލިމާލޭގެ ރައްޔިތުން އެންމެ ބޭނުންވާ އެއް ކަމަކީ ވާދަވެރި މާހައުލަކަށް އެތެރޭގެ ދަތުރުފަތުރުތައް ހުޅުވާލައި 24 ގަޑިއިރު އެ ހިދުމަތްދޭނެ ބަޔަކު ހޯދުން ކަމަށެވެ.

" ކައުންސިލްގެ ބައްދަލުވުމަށް މިކަން އަޅުގަނޑުވާނީ ހުށަހަޅާފައި. ކައުންސިލްގެ ސާފު އަގުލަބިއްޔަތުން މިކަން ކުރިއަށް ގެންދިޔުމަށް ވަނީ ފާސްކޮށްފައި. " ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލަން ނިންމާފައިވާއިރު އެއް ބަޔަކަށް ވުރެ ގިނަ ބަޔަކު މި ހިދުމަތް ވިލިމާލޭގައި ދިނުމަކީ ރައްޔިތުންއެދޭ ގޮތް ކަމަށެވެ.

ނަހުލާ ވިދާޅުވީ ހިދުމަތް ދޭން ބަޔަކަށް ހުޅުވާލާއިރު 24 ގަޑިއިރު ހިދުމަތް ދިނުމަކީ އެންމެ މުހިންމު އެއް ޝަރުތުކަމަށާއި އަދި ރައްޔިތުންނަށް ލުއި އަގެއްގައި އެ އިންތިޒާމް ހަމަޖައްސައިދޭނެ ބަޔަކަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ވިލިމާލޭގެ އެތެރޭގެ ދަތުރުފަތުރުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި އުޅަނދުކަމަށެވެ.

ވިލިމާލެއަށް ދިމާވެފައިވާ މުހިއްމު ގޮންޖެހުންތަކަށް ހައްލެއް ގެނެއުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ މަގުޗާޓުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުހައްމަދު

    ކުރަން ލަސްވެފައޮތް ކަމެއްތި. ވަކިބަޔަކަށް މަންފާ ވާގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެންނަން އެބަޖެހޭ. ރައްޔިތުން އުޅެންޖެހެނީ ހިނގާފަ

    8
    1
  2. އާދަމުގެދަރި

    މާލޭގެ އެހެން އަވަށްތަކެކޭ އެއްފަދައިން ވިލިނގިލީގައިވެސް ދުއްވާ އެއްޗެހި ދުއްވެން އެބަޖެހޭ. ބްރިޖަކުން ގުޅާލީމާ އެއް އަވަށުން އަނެއް އަވަށަށް ގޮސްފައި ގެޔަށް އަންނަ މީހާ ވަކި ހިސާބަކުން ދުއްވާ އެތިން ފައިބައިގެން ފައިމަގުގައި ހިނގާގޮތަށް އޮތުމަކީ ތަފާތުކުރުމެއް.

    4
    5
  3. ގޖ

    ނަހުލާއައް ވާނެތިކަން

    8
    4
  4. މިހާރު

    ކޮންމެހެން ކުރަންޖެހޭ ކަމެއް

  5. އިބްރާހިމް

    މިތަނަށް ފޮގް ކޮޅެށް ޖަހާބަލަ، މަދިރިޔާ ހެދި ކެއްވާވަރެއް ނޫނޭ

  6. ޢޮޑި

    ކަލޭގެ ވަރުގަދައޮޑިން 24 ގަޑިއިރު ޙިދުމަތް ދޭންފަށަން ވީނު މަވެސްމިހުންނަނީ ތިއޮޑިންދަތުރެއް ކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގަ

  7. ޢަލިތައްޚާނު

    ކޮންމެހެން ތިމާވެއްޓާ ރަށްޓެހި އެއްޗެހި ބޭނުން ކުރާކަށް ނުޖެހޭ. ޢެހެން ނޫނަސް ތިހެން ތިކަން ކުރަންޏާ ހަމަ ޖެހޭނީ ޖެހުނުތާ. މިހާރުވެސް ހުއްދަ ދީފަ ތިބި ބަޔަކު އެބަތިބި. އެކަމަކު އެއީ އެމީހަކު ފޫހިވީމަ ނޫނީ އަތްމަތި ކުޑަކޮށް ދަތިވެލީމަ އެމީހަކު ބޭނުން ވެލީމަ ދުއްވާ އެއްޗެހި ތަކެއް. ލަގެޖްއެއް ހިފައިގެން ނޫނީ ބަލިމީހާ ޖެހޭނީ ހިނގާފަ ގެއަށް ދާން. ބަގީ ކަހަލަ އެއްޗިއްސަކީ މެއިންޓަނަންސް އެހާ ބޮޑުއެއްޗަކަށް ވާއިރު ޕަބްލިކް ޓްރާންސްޕޯޓް ކުރަން އެންމެ ރަގަޅު އެއްޗިއްސެއްނޫން. ދެން އެވާހަކަ ބާއްވާ...
    މިހާރު މި އެނގުނީ އަނެއްކާވެސް ވިލިމާލެ ކައުންސިލަށް މިއައީ އެއްވެސް ދިރާސާއެއް ނުކޮށް ހަމަ ހިތަށް އަރާހާގޮތަކަށް ކަންކަން ކުރަން އުޅޭ ބުރާންޗެއްކަން... ކީއްކުރާނީ... ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ.

    1
    1