ކޮވިޑް-19 ޖެހުނު އުމުރުން 7 އަހަރުގެ ކުއްޖާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލަތަށް ވަކި ބަދަލެއް ނާންނަ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަ ކޮށްފިއެވެ.
އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި 7 އަހަރުގެ ކުއްޖާގެ ފަހުގެ ހާލަތާއި ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ކުއްޖާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލަކަށް ވަކި ބަދަލެއް ނާންނަ ކަމަށެވެ.
"ލިބޭ މައުލޫމަތުން ވެއްޖެއްޔާ، ހަމަ އަދިވެސް ވެންޓިލޭޓަރުގައި އިތުރު ހާލަކަށް ބަދަލެއް ނާދޭ.. އެހެންމަ ކޮންސިޑަރ ކުރާނީ ކްރިޓިކަލް ޕޭޝަންޓެއް ގޮތުގައި" އަފްޒަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަނީ ތ. ވިލުފުށީގެ ހަތް އަހަރުގެ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ އަންހެން ކުއްޖަކަށެވެ. އެހެން ނަމަވެސް އެކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ކޮން ފެސިލިޓީއެއްގައި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
މިއީ މިރާއްޖެއިން ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އެންމެ ހަގު ކުއްޖާއެވެ.
މި ހާލަތަށް ދަންދެން އެންޑީޕީ ކުދިން ލޮކްޑައުން ނާޅުވާތިބީ އަޅެ ޤަތުލު ޢާއްމެއްހިންގަންތޯ ؟ ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބަރުކުރާނޭބުނާހެން މިފަހަރު ހުރިހާ ގެއްލުމެއް މިލިބުނީ އަހަރެމެން ރައްޔެތުންނަށް... ބަލަ ކަލޭމެން ޕާލިމަންޓަރީ އިންކުއަރީ ބާއްވައިގެން މިމަހު މިމަރުވި 100 އެއްހާ މީހުންގެ މައްސަލަ އަމިއްލައަށް ބަލާފަ ކަލޭމެންއަމިއްލައަށް އަދަބު ކަނޑައަޅާބަލަ ؟؟ މަށަށްހީވަނީ މިއީ ޤަތުލުޢާންމެއްހެން.. އެންމެން 20 އަށް ދުވަހު ނުކައިތިބެގެން މިކަންކުރެވެންއޮށްވާ ކީއްވެހޭ ކޮންޓުރޯލް ނުކުރީ ؟ އަމިއްލަ ގައުމުގެ މީހުނަށްނެތް ރަހުމެއް ފަލަސްތީނުގެ ރައްޔެތުންނަށް އޮންނާނެބާ ؟ ނޫނީ އެއީ ހުސްފޮނަނޫންބާ ؟ އެހެންޏާ ކީއްވެ އެވަރުގެ ކަމެއް ސެކްރިފައިސް ނުކުރެވުނީ ؟؟؟؟؟
އަވަސް ޝިފާއެދި ދުއާކުރަން
ޔާﷲއެމައުސޫމް ކުއްޖާއަށް އިބަﷲގެ އަވަސްސިފާމިންވަރުކޮށް ދެއްވަވާ ދޭ އާމީން
ޔާﷲއެމައުސޫމް ކުއްޖާއަށް އިބަﷲގެ އަވަސްސިފާމިންވަރުކޮށް ދެއްވަވާ ދޭ އާމީން
ދިވެހި ދަސް ކުރަން ވީނު؟؟
شفاك الله
شفاك الله