ކޮވިޑް-19 އާއި ގުޅިގެން އަދި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި މެދު މަޝްވަރާ ކުރެވިފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އޮގަސްޓް މަހުގެ ތެރޭގައި ބޯޑަރު ބަންދު ކުރުމާއި މެދު މަޝްވަރާ ކޮށްފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، އެފަދަ ކަމަކާއި އަދި މަޝްވަރާ ކޮށްފައި ނުވާނެ ކަމަށެވެ.

"އެފަދަ މަޝްވަރާއެއް އަދިއެއް މިވަގުތުގައެއް ނެތް ހިނގާފައެއް" މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިން ރާއްޖޭގެ ބޮޑަރު ބަންދު ކުރުމަށްފަހު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުން އަންނަ މި ދަނޑިވަޅުގައި ބޯޑަރު ބަންދު ނުކުރިނަމަވެސް، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހަވީރު 16:00 އިން ފެށިގެން ހެނދުނު 8:00 އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. މީގެ އިތުރުން ކާފިއު ނޫން ވަގުތުގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދައެއް ވެސް ބޭނުންވާ ގޮތަށް ވަނީ ހަދާފައެވެ.

މާލެ ސަރަހައްދު ނޫން ރަށްތަކުގެ ތެރެއިން ބަލީގެ ވޭދަނައެއް ފެނި، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގައި ވެސް ކާފިއު އިއުލާނު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ބޯޑަރ ހުޅުވާފަ. މިސްކިތްތައް ތަޅުލާފަ.
  ލާދީނީ ކިޔަނީ އެހެންވެ. މިސްކިތްތަކަށް މީހަކު އެރިއަވެސް ނުދޭން. ކީއްވާނީ 2 މީހުނަށްވުރެ އިތުރަށް ޏެރޭގޮތަށް ތަން ބަލަހައްޓފަ މިސްކިތްތައް ހުޅުވިއްޔާ. ޝައިޓާނާ އެދޭނީ ﷲ ތައާޅަގެ ގެކޮޅުތައް ފަޅުކުރަން. އޭގެ ނުބައި ވަސްވާސް ފަތުރަން ފަސޭހަވާނީ އޭރަށް.

  30
  4
 2. ޙެހެ

  މީނަ ބުނާއެއްޗެއްގެ އަނެއްކޮޅަށް ދިމާވާނީ. ބުނި މާލެ ލޮކް ޑައުން އެއް ނުކުރާނެޔޭ. 😂😂😂

  28
 3. ކެސް

  އެހެން ވެއްޖެއްޔާ ކުރާނެ 🚬

  28
 4. ބޯޑަރު ވަގު

  އިގޭތިކަން، ބޯޑަރު ބަންދުކުރީމަ ވެރިން ބަނޑަށް ޖެހޭނެ، މިހާރު ރައްޔިތުން ބަޑަށްޖެހޭނީ. މިސްކިތްތަކުގަ ތަޅުއަޅުވާ، ލަދުގަނޭ ވޯޓް ދެވުނީމަ. ކޮވިޑްއާއި މިނުބައި ވެރިންގެ ކިބައިން ސަލާމަތްވޭތޯ ﷲ އަށް ދުޢާކުރަން - އާމީން

 5. މޯދީ

  ތިޔަ ކޮވިޑް އެތެރެ ވީ ދޮރު ބަންދު ނުކޮއް އަމިއްްލަ މަސައްކަތުން އަބިދަރިން ނަށް ކާންބޯދީގެން އުޅޭ ރަތްޔިތުން ގޭގަ ބަންދު ކޮއްގެން އަހަރު ދުވަހު ތިއްބަސް ކޮވިޑް ބަލިމަޑު ކަން މި ރާއްޖެ އަކުން ނުފިލުވޭން މީގެން ނާޖާއިޒް ފައިދާ ނެގުން ނޫންކަމެއް ނެއް

 6. އަސީ

  ބޯޑަރ ބަނދުނުކުރެވިގެން އުޅެނީ އިންދިޔާ މިގައުމުގެ މައިސަރުކާރުން ހުއްދަނުދީގެން ކަމައްވާނީ

 7. ނަސްރީނާ

  ތީގެ މާނައަކީ ބޯޑަރު ބަންދުކުރަނީއޭ!

 8. ރައްޔަތުން

  ބޯޑަރު ބަންދު ކިހިނެ ކުރާނީ. . މީ އަންޑިޔާގެ ކަރަންޓީނު ހަބު ވި އްޔާ. ދިވެހިން ގެ ފުރާނަޔަ އައށް ވުރެ މުހިންމީ އިންޑިޔާ މީހުން. . ގަ އުމެ އް މިޔޮއ އް އަޅުވެތިވެ ސުންނާފަތި ވަނީ ​

 9. ހހހ

  ޚެޔޮނުވާނެ ނުކުރާޡި

 10. ޝާމިން

  ލޮކްޑައުން އަކަށް ނުދާނެވާހަކަވެސް ބުނި މަބްރޫކް އެކަމު ލޮކްޑައުންވެސް ކުރީ، ދެން ކިހިނެއް ގަބޫލް ކުރާނީ ބޯޑަރު ބަންދު ނުކުރާނެއޭ ބުންޔަސް..

 11. ބުރޯ

  އެހެންވިއްޔާ ރަށްޔަތުން މަރުވެހުސްވަންދެން ތިބެންވީނު އެއިރުން ސޯލިހުއަށް ހިންދެމިލައިގެން ވަށްކަން ކުރެވޭނެ.

 12. ރިޔާޒުބެ

  އަލް މަބުރޫކު ބޯޑަރު ބަންދު ކުރާނެކަމެ އްނެތް ހުސްކުރާ ސޭލް އަޅުވަ އިގެން ތިބޭ.