އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި، އެސްޕީޖީގެ ކޮމާންޑަރުގެ މަގާމަށް މިހާރު ކާނަލް އަބްދުލް މުއިއްޒު ވަނީ އައްޔަން ކޮށްފައެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް މޭޖާރ މޫސާ ރަމީޒު ވަނީ އައްޔަންކޮށްފައެވެ.

އެމްއެންޑީއެފްގެ އެސްޕީޖީ އަކީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ފިޔަވައި ސިފައިން ސެކިއުރިޓީ ދޭ އެހެން ފަރާތްތަކުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ ޔުނިޓެވެ.

އެމްއެންޑީއެފްގެ އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް އިން ގޯސްތަކެއް ހަދާފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެހެންނަމަވެސް އެސްޕީޖީއަށް ބަދަލު ގެނެސްފައި ވަނީ އެހެންވެގެން ކަން ސީދާ އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަން ވިލާތުގައެވެ. އެ ގައުމަށް ވަޑައިގަތީ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށެވެ. މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ވަނީ ދޫކޮށްލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޕާޕަ ޕާޕާ

  މާރިއާ ދުރުކޮށް އެތަނަށް ލާންވީ މިލިޓަރީ ބެކްގްރައުންޑް ހުރި މީހަކު. އެއިރުން އިންޑިއާ ބޭނުންވެއްޖެއްޔާ ރާއްޖެ ހިފިދާނެއޭ ނުއެއްބުނާބެ. ފިނދަނަޔަކަށް ނުގޮވާނެ.

  44
  2
 2. ޙަސަނު

  ސިފައިންގެ މަރުކަޒެއްކަމައްވާ ކޭކޭގަ ބަގާވާތްކޮއް އޭރުއޮތްސަރުކާރާދެކޮޅައް ހަތިޔާރު ހިފައިގެންނުކުތުމުން ވަޒީފާއިންވަކިކުރި މީހަކައް އަލުންވަޒީފާދީ އެސްޕީޖީ ވެރިޔަކައް ހަމަޖެއްސުމުން ސަލާމަތީކަންކަން އެންމެފުރިހަމަވާނަމަ ދެންބުނާނެއެއްޗެއްނެއް.

  33
  4
 3. ނަައީމް

  ތިޔަ ފަދަ އަގުހުރި ހިދުމަތްތެރި ބޭފުޅު މަގާމުތަކުން ބަދަލްކުރާއިރު އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހަމަނެތެވެ ހިތައްއެރިއްޔާ އެބޭފުޅުންގެ ދުރައްރާވާފައިވާ އުންމީ ފެނައް ދަނީއެވެ ރައްޔިތުންނާއި ދޭތެރޭގައި ވިސްނާލާށެވެ

  24
  2
 4. ކޮރަލް

  ފުރަތަމަ މިނިސް

 5. އަބްދުލްލޯ

  ކޮންމެ ބަޔަކު ކުރިއަސް މިއީ ވަރައްް ޒިމްމާދާރުކަން ކުޑަ ކުޑަކަމެއް މީނާ އަކި ސަމާލުގެ ބަޑީސްއެކޯ މުލިން މިހަރު ކަމްކަން ވަނިމިހެން....އެހެން ބޭކަލަކައް ޕްރޮމޯސަނެއް ދޭންވެއްޖިއްޔާ ވައިސް ޗީފު ބުނާނެ އުސީލު ތަކަކައް ނުފެތޭ ކަލޭމާ އަންފިޓޭ ބީއެފްޓިއޭ މަސައްކަތެއް ކިރުވަންވިއްޔާ އެކިއްޖާވަރައް ފިޓްވާނެ.....މުޅިތަން ފަސަދާދަކޮށްފި...މިމުއިޒަކީ ފެބްރިއަރީ 7 ގައި ކޭކޭތެރޭން ގުރުޕް ނެރުނި މީހާކަމައްވަނީ ....މިހާރު މުޅި މުއައްސަސާ ފިރެނީ ހުސް އޮފިސަރިން މަސައްކަތެއް ކުރާނެ އޮފިސަރެއްނެއް....މަސަތް ނުކޮށް ކީއްކުރާހާ އޮފިސަރުންނެއްބާ....އޮފިސަރ ކެޑޭޓް ހަދައިގެން ބަދިގޭގަ....ކުދިކުދި ޑިޕާރޓް މަންޓް ތެރޭ ފިިިފަ...ކޮމްމެ އޮފޮސަތެއް 2 އަހަރުން ޕްރޮމޯސަން ޖަހާލަޖަހަލަ...އެހެން ކުދިންނައް 9 އަހަރި އައްްއަރުފާއިތު ވާފަހުން.....އޮފިސަރުންގެ އެކައުންޓެބިލީޓީއެއް ނުބެލެ....ވަރައް ދެރަކަމެއް......މިހުރިހާ އޮފިރުން މަދުކުރާކައް ނުވިސްނާބާ.....ޑިފެންސް މިނސްޓަރ އަކައް ނޭނގޭ ހަދަނުހަދާއެއް ދެއްތޯ..