ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ކޯޓަށް ހާޒިރުކުރަނީ ޙައްޤުތަކެއް ގެއްލޭ ގޮތައްކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޔާމީންގެ ވަކީލުން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް ދައުލަތުން ކުރިމިނަލް ކޯޓުގައި އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން ބޭއްވުމަށްޓަކައި މާދަމާ 09:30 އަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހުސްވި އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ތާވަލުކުރެވިފައިވާ ކަމަށެވެ. މާދަމާގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެންކަމަށް ވެސް މައްސަލަ ބައްލަވާ ސެކްޝަނުން ފޯނުގެ ޒަރީޢާއިން ވަކީލުންނަށް އަންގާފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.
ވަކީލުންގެ ބަޔާނުގައި ވިދާޅުވީ މާދަމާ ބޭއްވުމަށް ތާވަލު ކުރެވިފައިވާ، އަޑުއެހުމަކީ ދުރާލައި ތާވަލުކުރެވިފައިވާ އަޑުއެހުމެއް ކަމަށްވީނަމަވެސް، މި ދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަން ވަރަށް ނުރައްކާތެރި ޙާލަތެއްގައިވާ ދަނޑިވަޅެއްކަމަށްވާއިރު، މި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން މި ބަލިން ރައްކާތެރިވުމަށްޓަކައި، މި ދަނޑިވަޅުގައި ގެއިން ނިކުތުން ވެސް މަނާކުރެވިފައިވާއިރު، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ޔާމީން ކޯޓަށް ހާޒިރު ކުރަނީ ޞިއްޙީ ނުރައްކަލަށް ހުށަހެޅޭ ގޮތައް ކަމަށެވެ.
އެއީ "ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤަށް ހުރަސް އެޅޭ ކަމެއްކަމަށް." ކަމަށް ވަކީލުން ވިދާޅުވިއެވެ.
އެންކަމުން މާދަމާގެ އަޑުއެހުން ފަސްކޮށްދެއްވުމަށާއި، އަދި، ކޮވިޑްގެ ބަލިމަޑުކަން ހަމައަކަށް އެޅި، ޢާންމު ޙާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދެއްވުން އެދި ކުރިމިނަލް ކޯޓުގައި ވަކީލުން މިއަދު ވާނީ ދަންނަވާފައި ކަމަށް ވަކީލުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ނަމަވެސް ޝަރީޢަތުގެ އަޑުއެހުން ފަސްކުރިކަން އަދި މިހާތަނަށް ކްރިމިނަލް ކޯޓުން އަންގާފައެއް ނުވެއެވެ.
މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުން ދާތީ ޔާމީން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ.
ހައްޤުތަށް އޮތީ ޔާމީނުގެ އެކަނިތަ ؟ ޔާމީނު ވެރިކަމަށް ސަވާރުވެ ހުރިއިރު ކިތައްމީހުންގެ ޙައްޤު ތަކަށް އަރައިގަންތަ ؟
ހައްގަކީ ރީނދޫ ބޮނޑިބަތްތަކަށް ހާއްސަ ކުރެވިފަ އޮތް އެއްޗަކީތަ އަންނިބޯއި؟ ކަޑަވިޔަސް ތީ ބޮޑުވަރު
އަނިޔާވެރި އިންދިޔާގެ ޕަޕެޓުންގެ ކިބައިން އަނިޔާވެރި ލާއިންސާނީ ޖަރީމާ ނޫނީ ނުފެންނާނެ.
ހައްގުތައް ލިބުނު ލެއް ބޮޑުކަމުން ނޫންތަ ކަލޭ އަދިވެސް ގޭގަބކައިގެން ކޮމެންޓް ކުރަން ތިހުރެވުނީ. އެހެން ނޫންނަމަ ތި ކުނިގަނޑު އޮތީހީ އޮޔާގޮސް ނިމިފަ.
ﷲ ތައާލަގެ ހަޟްރަތުން މިއަޅާ އެދި އާޑޭސްދަންނަވަނީ. މިނުބައި އަނިޔާވެރި އިންޑިޔާއަށް މިގައުމު ވިއްކާލައިގެންތބި ގައްދާރު ޒައިނިސްޓުންގެ އަތްދަށުން މިގައުމު ސަލާމަތްކޮށްދެއްވާ ރައީސް ޔާމީނާ މިގައުމުގެ ވެރިކަން ހަވާލުކޮށްދެއްވާ ފާގަތި ދުވަސްތަކެއް ދިވެހިންނަށް މިންވަތު ކޮށްދެއްވުން.
މިގައުމުގެ ވެރިކަމަށް ރައީސް ޔާމީން އަދި އަންނާނެ. އިންޝާ ﷲ. ގައުމު މިނިވަންކޮށް ގައްދާރުން ފައްސާ އިންޑިޔާގެ އަވަށް ގަނޑެއްގައި ބަނޑަހަ ޖަހަން ދޮނުވާލާނެ. އިންޝާ ﷲ.
ޓެރަރިޒަމްގެ ކުށުގަ ޖަލުގަ ތިބި މިނިސްޓަރަކާ ފޯމަރ ޕްރެޒިޑެންޓު ބެކް ޓު ޖެއިލް ފިލްމު ސުޕަރ ހިޓަކަށްވާނެ.
ޙައްޤުތައް ގެއްލޭ ގޮތައް ޔާމީން މާދަމާ ކޯޓަށް ހާޒިރު ކުރާތީ ވަކީލުން ކަންބޮޑުވެއްޖެ
28 ސިކުންތު ކުރިން ( މެއި 29, 2021 )
ހައްގު ނުގެއްލޭގޮތަށް ޤާނޫނާ އެއްގޮތަށް ރައްޔިތުން ދެކެ ލޯބިން މިގމރނ
ކުރީ ކޮންކަމެއްބާ؟
ކުރަން އެނގުނީ ކޮންކަމެއްބާ؟
ކުރެވުނީ ކޮންކަމެއްބާ؟
ހޫން މިނޫނީނެތް ހައްގު އޮތްމީހެއް...މިހާރުވެސް ޖަލުގަ އޮންނަންޖެހޭ ބޮޑުވަގެއް
ޖަރުމަނަށް ފިލި ސޮރު ދަމާ ގެނެސް ގޮޅިއަށް ވައްދާ ފުރަތަމަވެސް. ދެން އޭގެފަހުން އެހެން މީހުންގެވވާހަކަ ދައްކާ.
ހައްގަކީ ގާނޫނުން އެންމެނަށް އެއްވަރަކަށް ލިބެ އެއްޗެއް. ޔާމީނަށްވެސް ލިބެންޖެހޭނެ. އެހެންނޫނީ އެއަށްކިޔާނީ އަނިޔާވެރިކަން. ﷲ ތައާލަ އަނިޔާވެރިންނަށް ނަސްރު ނުދެއްވާނެ. އަނިޔާވެރިކަމަށް ގޮވާލާ ތިޔަފަދަ މީހުންވެސް ހިމރނޭނީ ހަމަ އަނިޔާވެރިންގެ ތެރޭގައި.
މޮޔަވީތަ ބޮޑު އިބުރާހިމާ ކަލޭ. މިއޮއްފަދަ ބަލިގަނޑުތެރޭގަ ކަލޭ ކެއްތެރިވެބަލަ އިހަށް.
ތި މމޕރސ އަކީ ކަލެމެން ތިކުޅެހެން ދެންއަންނަ ސަރުކާރަކުންވެސް ކުޅެވޭނެ އެއްޗެއް. 35 މިއަން ޑޮލަރަށް 35 އަހަރު ގުނަ 5 175 އަހަރުގެ ހުކުމެއް ކުރެވޭނެކަން ހަނދާން ކޮށްގެން ތި އަނިޔާވެރިކަން ކުރިއަށްގެންދޭ.
ހިތަށްއަރާ މިޤައުމުގައި ޤާނޫނު އެބަ ހިނގާބައޭ. ވަކިކަމެއް ކުރަންވީމަ ޤާނޫނު. . މާދަމާ ހުރިހާ ސަޕޯޓަރުންނަށް ފާސްހޯދާ ތައްޔާރުވޭ. ކޮވިޑް ކިޔާފާ ހުރިހާގޮތުން ފެލާ ދޮވެލަނީ.. ވަގުތުންވެސް ކޮމެންޓްރައް މިހާރު ޖަހަނީ ސަނާކިޔަންޏާތޯ.
މިފެންނަނީ މިސަރުކާރުގެ އިންސާފް އިންސާފް ކިޔަންއެނގެނީ އެވަރުބައެއް ދެއިރި ދެދަޅައައް މަގުމައްޗަައްގިނަވެގެން މިގޮވަނީ އިންސާފޭ ކިޔައިގެން ލަދުކޮބާ
އަލްޖިބުރާ ކަލޭ ތިހިރީ ތަސައްރަފުކެނޑިފަތަ؟ މިސްކިއްތައް ބަންދު ކޮއް ނަމާދް މިސްކިތައް ވަންނަ އެންމެން ޖުރުމާނާ ކުރާކަން ނޭގޭތަ މިހާލަތުގަ ކޯޓުތަކު ވަކިކަމެއް ނުކުރެވިގެން އުޅޭތީ އެވާހަކަ އެދައްކަނީ..
އަހަރެމެން ތި އަނިޔާވެރި ދައްޖާލު ބައިގައިގެ މީހުންގެ އަމަލުތައް ވަރަށް ގާތުން އެބަބަލަން. ކުރިއަށް އޮތްދުވަސްތަކަކީ މިނުން ނާޅިއަކުން މިނާ ﷲ ގެ އަދުއްވުން ކަމުގައިވާ ﷲ ގެ ދީނަށް ފުރައްސާރަ ކުރާ އަދި ދިވެހި ގައުމުގެ ގައްދާރުންނަށް ހިތި ދުވަސްތަކަކަށް ވާނެ ދުވަސްތަކެއް.
ތަފާތު ރައީސްޔާމީން ވެރިކަމުގާ މިސްކިތައް އަރާ ފައިބާ މީހުނައް ލާރިބެހީ މި އެމްޑިޕީ ވެރިކަމުގަ އަރާފައިބާ މީހުން އަތުން ރުފިޔާ ނަގަނީ ރައްޔިތުންނޭ ވިސްނާލަބަލަ ކަންކަން މިހިރަ ވާގޮތް ސަބަބަކާ ލައިގެން މެނުވީ ކަމެއް ދިމާވާނެތޯ؟؟؟؟؟؟
އައްނިގެ ހުކުމް އިތުރައް ދަމަހައްޓަން ފާސްކޮއްފި ރާއްޖެ އައްނައިރައް ޖަލައް