ބ.އަތޮޅު އޭދަފުށީ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން އަދާ ކުރެއްވި އަލީ ވަހީދު އަވަހާރަވުމުން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު ކޮވިޑަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް އޭދަފުށީ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައި ވަނީ މިއަދު އިރުއޮއްސި 18:00 ގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އޭނާ އަށް ކޮވިޑް ޖެހިފައި ހުރިކަން އެނގުނީ ނިޔާވި ފަހުން ކުރި ކޮވިޑް ޓެސްޓުންނެވެ.
އަލީ ވަހީދު އާލާސްކަންފުޅާއި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް އޭދަފުށީގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "އޭދަފުށީ ޓައިމްސް" ގައި ބުނެފައި ވެއެވެ. އެނޫހުގައި ބުނެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަލީ ވަހީދު ނިޔާވެފައިވާ ކަމަށެވެ.
އޭދަފުށީ މުދިން ކަމާއި މަދްރަސަތުލް ބަހިއްޔާގެ މުދައްރިސްކަން ވެސް ގިނަ އަހަރުތަކެއް ވަންދެން އޭނާ ކުރައްވާފައިވެ އެވެ. އަދި އެއްވެސް ފީއަކާ ނުލާ ރަށުގެ ގިނަ ކުދިންތަކަކަށް ހިލޭ ސާބަހަށް އޭނާގެ ގޭގައި ކީރިތި ޤުރްއާން ކިޔަވައިދެއްވަމުން ވެސް ގެންދެވިއެވެ.
އަލީ ވަހީދަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ވެސް މެއެވެ. 1968 ވަނަ އަހަރު އޭނާ ވަނީ މާލޭގައި އޮތް ފުޓްބޯޅަ މުބާރަތަށް އޭދަފުށީ ޓީމު ގޮވައިގެން ގޮސް އެ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. އެ އަހަރު އޭނާ ވަނީ ބެސްޓް ހާފުގެ މަގާމުވެސް ހޯދައިފަ އެވެ.
1972 ވަނަ އަހަރު އިނގިރޭސި ރާނީ މާލެވަޑައިގަތް މަނަވަރު "ބްރިޓޭނިޔާ" ޓީމާއި މުޅި ރާއްޖެއިން ހޮވާލެވުނު ގަދަ 11 ގެ ޓީމާއި ރާނީގެ ޝަރަފްގައި ކުޅުނު ފުޓްބޯޅަ މެޗްގައި ރާއްޖެ ތަމްސީލް ކުރަން އެކުލަވާލި ޓީމްގައި ވެސް އަލީ ވަހީދު ހިމެނިވަޑައިގެންނެވިއެވެ.
ކޮވިޑް ޖެހިގެން އޭދަފުށިން މީގެ ކުރިން ވެސް ވަނީ މީހަކު ނިޔާވެފައެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 158 މީހަކު ވަނީ ނިޔާވެފައެވެ.
ކީކޭ ބުނާނީ ދޯ ކިޓު ތަ އް މޮޅީހަމަ....މަ އުލޫމާތު ލިބޭ ގޮތުގަ އި އެބޭފުޅާ ބަލި އެނދުގަ އި އޮންނަތާ މިހާރު 15 އަހަރު ވެދާނެ ، މަރުވީމަ ކޮވިޑް މަރު
ޓެސްޓް ކިޓު ރަ އްޔިތުންގެ ހަލާކު.... ރަ އީސް ސޯލިހުގެ ނަސީބު
إنا لله وإنا إليه راجعون
اللهم اغفر له وارحمه وعافه واعف عنه
إنا لله وإنا إليه راجعون
اللهم اغفر له وارحمه وعافه واعف عنه
ތިއޮތީ ވާ ޓެސްޓް ކިޓެއް. ޓެންޒޭނިއާ އިން ތިޔަ ކިޓް ބޭނުންކޮށްގެން ކުރި ޓެސްޓުން ގަހެއްގަ އަޅާފަ ހުރި ފަޅޯ ވެސް ޕޮޒިޓިވް.
إنا لله وإنا إليه راجعون
اللهم اغفر له وارحمه وعافه واعف عنه
إنا لله وإنا إليه راجعون
اللهم اغفر له وارحمه وعافه واعف عنه