22:03

މިއަދު ކޮވިޑަށް ފައްސިވީ 780 މީހުން.

17:11

އިންޑިއާގެ ޓެލެންގަނާ ސްޓޭޓްގެ ކުޑަ އަވަށެއްގައި ބޭއްވި ކައިވެނީގެ ހަފްލާއަކުން ކޮވިޑް-19 ފަތުރާ ބޮޑު އިހަލެއް އުފެދިއްޖެ.

15:56

ކޮވިޑް-19 ޖެހުނު މާބަނޑު ތިން މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި.

14:47

ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ހުޅުމާލެ ފޭސް ދޭއްއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

14:28

‏ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ފާޑު ފާޑުގެ ބިހިތައް ގައިގައި ނެގުމާއި، ހަމުގެ ހިރުވުން ހުންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ފައިސަލް ނަސީމް ވިދާޅުވެއްޖެ

13:30

އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ކޮވިޑް-19 ބަލީގައި މަރުވި މީހެއްގެ ހަށިގަނޑު ކޯރަށް އެއްލާލާ ވީޑިއޯއެއް އާއްމުވެއްޖެ

11:09

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ %65 މުވައްޒަފުން ވެކްްސިންް ފުރިހަމަކޮށްފި.

10:01

މާފަސޭހައިން ފެތުރޭ ކޮވިޑްގެ ވައްތަރެއް ވިއެޓްނާމުން ފެނިއްޖެ.

08:59

ކޮކޯ ބޮޑު ހިތިގައި ކޮވިޑް ފެތުރެނީ، މުވައްޒަފުން ބިރުވެރިކަމެއްގައި!

08:16

ދަގަނޑޭ ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއިއެކު ބަލި މީހުންގެ އަދަދު މިހާރު މަދުވާން ފަށާފައި ވީނަމަވެސް ބަލީގެ ނުރައްކާތެރިކަން ކުޑައެއް ނުވެއެވެ. އޭގެ ބަދަލުގައި ބަލީގެ ނުރައްކާ އަަދިވެސް އަންނަނީ ބޮޑުވަމުންނެވެ. ކޮވިޑަކީ ދެވަނަ ފަހަރަށް ވެސް ޖެހޭ ބައްޔެއްކަން މިހާރު އެއްވެސް ޝައްކެއް ނެތް މިންވަރަށް މިވަނީ ޔަގީން ކުރެވިފައެވެ.

ކޮވިޑްގެ އާވައްތަރުތައް ނުވަތަ ވޭރިއަންޓްތައް ފެތުރެމުން ދާއިރު، އަދި މިހާތަނަށް އުފެއްދި ވެކްސިންތަކަކީ މިވޭރިއަންޓްތަކާއި ދެކޮޅަށް މަސައްކަތް ކުރާ ވެކްސިންތަކެއް ކަމަށް ވީނަމަވެސް އެއީ ވަގުތީ ހިތްހަމަޖެހުމަކަށް ވެދާނެކަމުގެ ކަމުގެ ކަންބޮޑުވުން ސައިންސްވެރިންގެ މެދުގައި އެބައޮތެވެ. އެހެންކަމުން ކުރެވެން އޮތްހާވެސް ކަމަކީ އަވަހަށް ބަލިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އަނެއްކާވެސް އިއްޔެއަށްވުރެ އިތުރުވެފައެވެ.

އިތުރު 1062 މީހުން ކޮވިޑް-19 އަށް މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 699 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 353 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ބަންދުކޮށްފައިވާ ރިސޯޓްތަކުން 09 މީހުން އަދި ހަދަމުންދާ ރިސޯޓަކުން އެކަކު މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4832 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %21.98 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިސަ

    މުޅިރާއްޖެއަށް ކޮވިޑު ބައްސުވޭފޭ ގޮސް ވިލާތުގޭ.....

  2. .....

    ކޮންއިރުއޯ ކޮވިޑް ނުރައްކާ ކުޑައީ....

  3. ރިޔާޒުބެ

    ޢެ އީޢެޢްނު ތިހާސިލު ކުރަން އުޅޭ ލަނޑުދަޑި އަކީ.