މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު މިއަދު ނެރުއްވި މަސްތުވާތަކެއްޗާއި ގޭންގްތަކާ ބެހޭ ސިޔާސަތާ ގުޅޭ ވީޑިއޯ މެސެޖެގައި ވިދާޅުވެފައިވަނީ، ހުރިހާ ކުށެއް ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމުގެ ވާހަކަ ދައްކާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.

" ކޮންމެ ސަރުކާރަކުން ވެސް އެކަން ހުއްޓުވާނެ ކަމުގެ ވައުދުވޭ، ނަމަވެސް ހައްލުނުވޭ. އޭގެ ސަބަބުން ގައުމުގެ އަމާންކަން ގެއްލި އެތައް ގޭންގްތަކެއް އުފެދި މީހުން މެރުން އާންމުވެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ހިތާމައިން ގައުމު ސަލާމަތް ކުރަން އެންމެން ތެދުވަންޖެހޭ ކަމަށާއި ކޮންމެ އަހަރަކު އެތަށް ޒުވާނުންނެއް ދަނީ މަސްތުވާތަކެތީގެ މަޅީގަ ޖެހެމުން ކަމަށާއި އަދި އެތަށް އާއިލާތަކެއް ގޮތް ހުސްވެ އެތަށް ދަރީންނެއް ދަނީ ޔަތީމުވަމުން ކަމަށެވެ.

ޖަލުގައި އެތައް ބަޔަކު ތިބިއިރު އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލަށްލާފައިވާ މީހުން ކަމަށާއި ރިހެބިލިޓޭޝަން ސެންޓަރުން ޖާގަ ނުލިބި މިހާރު ވެސް ފަރުވާ ނުލިބި ގިނަ ބަޔަކު ކިޔޫގައި ތިބިކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އެތައް މައިންނެއް ދަނީ ކަރުނަ އަޅާ ހިތާމަކުރަމުން. މިކަމަށް ނިމުމެއް ގެންނަން ޖެހޭ. މުޅި ރާއްޖެ މި ވަބާއިން ސަލާމަތް ކުރަން ޖެހޭ. މިއީ އާދައިގެ ސިޔާސީ ބޭފުޅަކަށް ހައްލު ކުރެވޭ ވަރަށްވުރެ މާފުން މާގިނަ ދުވަސްވެފައިވާ މައްސަލައެއް. ލިބެން އޮތް ވޯޓެއް ގެއްލިދާނެތީ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ޝިކާރަކައަށް ދިވެހި ޒުވާނުން ވެގެންދާތަން ބައްލަވަން އަތް އުރާލައިގެން ނުހުންނަވާނެ ކަމަށާއި އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ރިހެބިލިޓޭޝަން ނިންމާ މީހުންނަށް ވަޒީފާ ހޯދައިދީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް އަޅުގަނޑު ހޯދައިދޭނަން. އެފަދަ މީހުންގެ އަނބިދަރީންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭނަން،" އަމުރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުނަށް ގާނޫނު ހުއްދަ ކުރާ އެންމެ މަތީ އަދަބު ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ކުއްތާގެ ފައުޖު އިތުރުކޮށް، ރާއްޖެއަށް އެތެރެވާ ދޮރުތައް ކައިރީގައި ކުއްތާތައް ހަރަކާތްތެރިވާނެ. ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ތުހުމަތު ކުރެވޭ މީހުންގެ ހަށިގަނޑު ޗެކްކުރުމަށް އެއާޕޯޓްތަކުގައި މެޝިން ބަހައްޓާނަން، " އުމަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އާބިދާ

    ހެހެެހެ ނުދޭނަން މަގޭ ވޯޓް އުމަރަކަށް

  2. ބެކަމް

    އަހަރެންގެ ވޯޓް އުމަރަށް، ބަލާބަލަ އެންމެ ކާރިން ލަންކާ ދާހިލީ ހަމަނުޖެހުމުގައި ގައުމު ވީރާނާ ވަމުން ދަނިކޮށް ދޭތިން އެކަށްޗައް ގަޓު ހުރެގެން ހަނގުރާމަ ނިންމާލީ. އާހިރުގަ ފަޓާސް ބަރިއެއް ހެން ގައުމު ދުއްވާގަތީ ތަރައްގީ ފަހަތުން،
    ދެން ޕިލިޕީންސް ގައި ގޭންގް ތަކުން ސަލާމަތް ނުވެވި ކުށްކުރުން އިންތިހާ ދަރަޖައިގައި އޮށްވައި އެތަކެއް ވެރިންނެއް އަރާފައިބާގެން ދިޔައީ، ޕިލިޕިންސް ހަމަ މަގަށް އަޅުވާލީ ޑުޓާޓެ ޔޫއެން އާއި އެތަށްތަނަކުން ޕްރެޝާ އައި ނަމަވެސް ކުށްވެރިންނަށް ވުރެ ނިކަމެތި ރައްޔިތުންގެ ހައްގު ތަކަށް އިސްކަންދީ ގަޓު ހުރެގެން ކަން ނިންމާލި އިރު ޑުޓާޓެ ވަރުގެ މީހެއް ނެތް.

  3. ނަޖްވާ

    މި ކަހަލަ ހަނި ވިސްނުމުގެ މީހުންނެއް އަހަރުމެންގެ ވެރިންނަށް ވާކަށް ބޭނުމެއް ނުވޭ!

  4. ރަސުން

    އުމަރު މޮޔަވީތަ ކާކު އުމަރަށް ވޯޓުދެނީ

  5. އިއްސޭ

    ވަރަށް އިހުތިރާމާއެކު ދަންނަވަން. ވެރިކަމާއިގެން ނޫޅެ އަމިއްލަ އޮފީހު މުވައްޒަފުންގެ މުސާރަކޮޅު ދެއްވިއްޔާ މާރަނގަޅު

  6. ހުސޭނުބޭ

    އުމަރާ! އެންމެ ކަމެއް ނުވާ ކުއްތާއަކީ އިންތިޚާބާ ކުރިމަތިލައި ކޮންމެ ދުވަހަކު ވައްވައްޖަހާ ކުއްތާއެވެ. އެކަހަލަ ކުއްތާއަކަށް ބާޠިލްވޯޓުވެސް ބަލިނުރެވެއެވެ.

  7. ވައިކްސް

    ދޮންކަލޯ ލިބެންއިން ވޯޓްވެސް ތި ނުލިބުނީ ،، މަގޭ ކޮއްކޮވެސް ބުނި ޕޯން ނުފެންނަންޏާ އުމަރަކަށް ވޯޓެއް ނުދޭނަމޯ ... ހިތާމައިގެ ބޮޑުކަން

  8. މޯޑު

    މަގޭ ވޯޓް ޢުމަރަށް

  9. މަލް

    ހަރުގަނޑު ހިފައިގެން ސިފައިންގެ ފާތުމަތިން އަރަން ބުނުމަކީވެސް ކުށެއް. އެކަމާ ޑްރަގާގުޅުމެއް ވެޔޭދޯ ތިބުނަނީ އެހެންވިއްޔާ އަވަހަށް ރިހެބަށް ވަދޭ.

  10. ނިސަާ...

    ޢުމަރު ބަރާބަރު

  11. Anonymous

    ޢުމަރު ބަރާބަރު

  12. ައާބި

    މިޤައުމު މިހާރު ވެއްޓިފައިވާ ފުން އަނދަވަޅުން ނަގާ ސަލާމަތް ކުރެވޭވަރުގެ ލިޑަރަކީ އުމަރުނަސީރު، އުމަރަށް 2018 ޔަޤީން އިންޝާﷲ،

  13. އަލްޖިބްރާ

    ކަލޭވެސް ތީ އޭގެ އެއްޗެއް !