ރާއްޖޭގެ ސަރަހައްދެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމް ކޮށްގެން އެ ސަރަހައްދަކަށް ތަރައްގީ އަންނަ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން އެ ގައުމުގެ ސަރުކާރުގެ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. އެ ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މިއީ އައްޑޫ ސިޓީގެ ތަރައްގީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުން ވަނީ ސިފަ ކުރައްވައިފައެވެ.

އެ ކަމަށް ރައްދު ދެއްވަމުން ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރު ގައުމެއްގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއްގެ ސަބަބުން އެފަދަ އިދާރާއެއް ގާއިމް ކުރެވޭ ޤައުމެއް ނުވަތަ ސަރަހައްދެއް ތަރައްގީވާ ގޮތް އޭނާގެ "ނިކަމެތި" ސިކުނޑިއަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"ކޮންސިއުލޭޓެއް ގާއިމްކޮށްގެން ތަރައްގީވި ގައުމެއް ނުވަތަ ސަރަހައްދެއް ކޮބައިތޯ؟" ސުވާލު އުފައްދަވައި ނިޔާޒު ލިޔުއްވާފައިވެއެވެ.

ފަހުން އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، ޚާރިޖީ ގުޅުންތަކުގެ ތެރެއިން ބޭރުގެ ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގެ ސަރަހައްދެއްގައި ގާއިމް ކުރުމަށް އޭނާ ދެކޮޅު ނުހައްދަވާ ކަމަށެވެ.

އެކަމަކު، ކޮންސިއުލޭޓް ގާއިމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިސްނައިދެވޭ ގޮތަށް އަދި އެއީ ތަރައްގީއެއް ގޮތުގައި ބައެއް ސިޔާސީ ބޭފުޅުން ސިފަ ކުރައްވާތީ، އެއީ ޒިންމާދާރުކަން ކުޑަ ހަރުދަނާ ކަމެއް ނެތް ވާހަކައެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ސިޔާސީ ބޭފުޅުން ވެސް އެބަ ޖެހޭ މިއަށް ވުރެ ބޮޑަށް ތަސައްރުފު ފުދެން." ނިޔާޒު ލިޔުއްވާފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އިންޑިއާއާ ގާތް ގުޅުމެއް ދަނީ ބާއްވަމުންނެވެ. މި ގުޅުމުގެ ތެރެއިން އިންޑިއާއަށް ގިނަ މަޝްރޫއުތައް ހަވާލު ކުރެވިގެން އަންނައިރު، އައްޑޫގައި އެ ގައުމުގެ ކޮންސިއުލޭޓެއް ގާއިމް ކުރަން އެ ގައުމުން ނިންމި ނިންމުމާއެކު، އިންޑިއާއިން ރާއްޖެއަށް "އަތްގަދަ" ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ނިންމުމުން، "ސޭވް އައްޑޫ، އިންޑިއާ އައުޓް" ޝިއާރުގައި މީސް މީޑިއާ ބޮޑު ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ. މިއީ ކުރިން ވެސް "އިންޑިއާ އައުޓް" ޝިއާރުގައި މީސް މީޑިއާގައި ކެމްޕޭން ކުރަމުން ދިޔަ ޒުވާނުންނާއި އައްޑޫގެ ގިނަ ބަޔަކު ބައިވެރިވެގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޞައްޕު

    ނިޔާޒޫ ތިހެން ސިޔާސަވެގެން އުޅުއްވަންޏާ އޮޑިޓަރ ޖެނަރަލްކަން ދީފާނަން އިނގޭ!
    އެ މަޤާމު އޮތީވެސް ހުސްކޮށް!

    7
    2
  2. ކޮށި ބުއްދި

    ކޮންސިއުލޭޓް ގާއިމް ކުރުމަކީ ތަރައްގީ އަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ބަޔާންކޮށް ދައްކާ ވާހަކަތައް އަޅުގަނޑުގެ ކޮށި ބުއްދިއަށް ފަހުމުވަނީ "ބޮޑު ޖޯކެއް" ކަމަށެވެ. މުދަލާއި މެންބަރުންނަން ހަމަ ސާބަހެވެ.

  3. ޙަލީ

    ނިޔާޒްވެސް އަދި އަހްމަދު މުހައްމަދު ވެސް ވިދާޅުވެ ދެއްވީ ވަރަށް ރަގަޅު ހަގީގަތެއް ، ބޭރުގައުމެއްގެ ކޮންސިއުލޭޓަށް ހުރުމަކީ މައްސަލައެއްނޫން ، އެކަމަކު އެއީ ތަރައްގީ އާއި އެއްވެސް ގުޅުމެއްހުރި ކަމެއްނޫން ، ތަރައްގީ ތަރައްގީ އޭ ކިޔާ މޭޔަރާއި އެމްޕީންގެ ގަމާރުކަމާއޭ ހިތައް އަރަނީ

    10
  4. ދޮން ކަލޯ

    ކަލޭމެނަށް ވިސްނޭނީ މާލެ ގައި އެކަނި ހުޅުވާއިގެން ތަ@ ހެއްވާ ބައެއް

    1
    8
  5. ކޮއްޕަންސ

    ކިހިނެއް ސިޔާސީ މީހުން ހަމަޖެހޭނީ.
    ތިަކަމަށް ވަކާލާތު ކުރާ %90 މީހުންނަކީ މމޕރސ ގެ ހިޔާނާތުގެ ލިސްޓްގައި ތިބި މީހުން.
    ދަނޑިވަޅަކީ ކޮވިޑުން އަރައިނުގަނެވި ގައުމުތަށް ދެވަނަކަމަކާއި ވިސްނާނެ ވަގުތެއް ނެތި އުޅޭ ވަގުތު އަދި ތިަކަމަށް ބޭނުންވާ "ޔޭސް" ދޭން ތިބި މީހުންގެ ލިސްޓް އާއްމުވި ވަގުތު.
    ވީމާ އެމީހުންގެ ސަލާމަތަކަށްވެސް ސަރުކާރުން ބޭނުންވާގޮތަކަށް ވާހަކަ ދައްކާނެ.

    އައްޑޫ ރައްޔިތުން މިކަމެއް ބޭނުންނުވޭ. މަޖިލިހުގައި ތިބި 8އްކަ މީހުންނަކީ އެމީހުންގެ ސަލާމަތައް ތެޅިފޮޅެ ލިސްޓީން ތަކެއް

  6. ގަލަން ތުނޑު

    މިހާރު އައްޑޫގަ އަސް ގެން ގުޅޭދޯ ކޮންސިއުލޭޓް ހުޅުވީމަ ގެރިވެސް ގެން ގުޅޭނެ އެއަށް ކިޔަނީ ގެރިތަރައްގީ.. މަގާމްގެއްލިދާނެތީ އުޅޭ ސިޔާސީ ބައިގަޑެއް މީ..ހެޔޮ ރައްޔިތުން ހަނާވިއަސް...

    10
  7. އަހުމަދު

    ދިވެހިން މޮޔަހައްދަނީ މިތާއުޅޭ ސިޔާސީ މީހުން.

    10
  8. ކެހިވެރި ފަތިސް

    ސަރުކާރުގެ ވަގުން ނަށް އެކަނި ތިފައިދާ ވިސްނެނީ.

    11
  9. Anonymous

    ސާބަހޭ ދަރިފުޅާ ނިޔާޒް.
    މައްމޫނުމެންނަށް ތިޔަވަރުވެސްނުވި.ކޮބާތޯ ޤައުމީ ލޯބި.
    "ދިވެހިބިންމީ އުފަންމަގޭބިން
    ލެވުނު ފުރަތަމަ ނޭވާމަގޭބިން
    އެބިމަކަށް އެންމެ ފަހުގެ ވިންދާ
    ދޫކޮށްލަދޭނޭ ނޭވާ މަގޭ ބިން "

    9
    1
  10. ރައްޔިތުން

    އިންޑިޔާގެ ރޯޔަލް ފެމިލީތައް ވަޒަންވެރި ކުރުވުން

    8
    1
  11. ބަރުގޮނު

    ކޮންސިއުލޭޓް ހުޅުވުމުން ތަރައްޤީއަށް މަގު ފަހި ވާނަމަަ ، ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި ކޮންމެ އަތޮޅެއްގައިވެސް އެފަދަ ތަނެއް ޤާއިމްކުރުން ރަގަޅު.

  12. ބާބޫ

    ކިނބޫ ސަރުކާރު އޮތީ އިންޑިޔާގެ ފައިބުޑުގަ އަޅަކަށް ވެގެން....ގެރިމަސް މަނާކުރުން ދެން އޮތީ......

  13. ހަސަނާއްކަލޯ

    ދިރިތިބިބަޔަކަށް، މިއައްޑޫއަތޮޅު ދެވަނަ ކަޝްމީރަކަށްވާތަން ފެންނާނެ. 2023ގަ އެމްޑިޕީއަށް އިްތިޚާބު ކާމިޔާބު ނުވެއްޖެނަމަ، ދެން އިންޑިޔާގެ ފުރިހަމަސޫރަ ފެންނާނީ. "އައްޑޫ މީހުންނަކީ ކުކުޅުހާ ކަހަލަ ބައެއް. ކާށި އުކާލީމަ އެއާއިދިމާލަށް ދުއްވައިގަންނާނެ". މިއީ އަޅުގަޑުގެ ބަހެއްނޫން. މިބަސް އިވުނުބަޔަކު އަދިވެސް ދުނިޔޭގަ ތިބެދާނެ.
    އިންޑިޔާއިން "ކާށިކޮޅެއްއުކާލީމަ" އިންޑިޔާއާއި އެއްބައިވާނެ އައްޑޫމީހުން ތަކެއްވާނެ. 2 ވަނަ ބަޣާވާތަކުން ގައުމު ބައިވާނެ.

  14. ރިޔާޒުބެ

    ކޮންސިއުލޭޓެއް ހުރީމަ އަންނާނެ ތަރައްޤީ ފަލަސްޠީނު ބިމުން އެ ފެންނަނީ : ސާފު

  15. Anonymous

    ހަމަ އެއްގޮތަކަށްވެސް

  16. ހަވާސާ ހަމީދު

    ކެނެރީގޭ ނަސީދަކީ ގައުމެއްގެ ރައިށްކަމަށް ކުފޫ ހަމަނުވާ މީހެއްކަން ވަރަށް ރަގަޅަށް މިހާރު އެންގޭ ! އއ. އުކުޅަހުގައިވެސް އިންޑިޔާގެ ކޮންސުލޭޓެއް ހެދުނަ ނުވަތަ ވަކި ސަރުކާރަކަށް އުކުޅަސް ބަދަލުކޮށްފައި ނަސީދު ބެހެއްޓުން ވަރަށް އޯކޭވާނެ!

  17. ޔާމިން

    ސާބަހޭ ނިޔާޒް

  18. ވިލޭ

    ރަގަޅުވާހަކައެއް

  19. ޅ.ނޫރާނީއާގޭ

    އިންޑިޔާއަކައްފުރުސަތެއްނެއް ތިކަމަކު ސޯލިހުބެ

  20. ލައިލާ

    އިންޑިޔާކިބައިންސަލާމައްވުންއެދެނީ

  21. ނަޝީދު

    މިކަމާއިންޑިޔާނޫޅުމައްއެދެން

  22. ކެމެރޫން

    މިސަރުކާރު ވަރަށް މޮޅުވާނެ ތަންކޮޅެއް ހަރުމީހަކު ސަރުކާރާއި އިދިކޮޅަށް އެއްޗެއް ބުނަންވާ އިރަށް މޫނުމައްޗަށް ޖަހާނީ ބޮޑެތި މަގާމުތައް އެހާ ހިސާބުން ހައްޕު ބަސްހުއްޓޭނެ ވާހަކަ ނުދައްކާ މަޑުން ތިބޭ ބަލަން އުގައި އަދި އެހެން މީހެއްވިޔަސް ހަމަ ލިބޭނީ މިނަސީބު ބޮޑަށް އަގަތަޅާ ހުސްވަގުން ގައުމު މިއޮތް ވިއްކާލަނީ ހަމަ ބަލަން 30 އަހުރީ މަހުޖަނު އެހުރީ އޯކޭވާނެ ކޮންމެ ގޮތެއްވިޔަސް އޯކޭވާނެ ނުކެރޭނެ ސަރުކާރާއި އިދިކޮޅަށް ބަސްބުނަން ސައިޒް ދައްކާލާނެ އިބޫ ބަލަ ޝައިނީމެންނަށް ޖައްސާފަހުރި ހާލު އަނީލް މެން އަދީބުމެންނަށް ޖެއްސި ހާލު ދުވަހަކުވެސް ތިޔަ ލައްގަޑެއްަ ދެން ނުފިލާނެ ހުތުރު ގޮތަކަށް ހުރިހާ މީހުން އިބޫ އެންމެން ކުރުދޮށީގައި ބާނާފައި ތިޔަ ތިބީ ސަލާމް.

  23. ބެރު

    އިންޑިޔާ ފިލްމުސްޓާރުން ގެނެސް އަޅާލީމާ އައްޑޫ މީހުން ތިބޭނީ ހެވިފައި އައްޑު ހިފަން ބޭނުމިއްޔާ އިންޑިޔާއިން ފިލްމުސްޓާރުން ގެނެސް ވަޒަންވެރި ކުރުވާ ފޮޓޯނަގާ އަސްދުވާ މީ ކިހާ ބޮޑު އުފަލެއް އަޑުވައްލިބޭ ފިލްމުސްޓާރުންނާއި އިދެވޭނެ އިންޑިޔާގެ ފިލްމުސްޓަރުންގެ ސިޓީން ނަންދީ އައްޑޫ ރައްޔިތުން ވަރަށް އުފާވާނެ ހޭވެރިކަމެއް ނުހުންނާނެ އަސްގެނައިމާ ވީގޮތްވެސް ފެނުނެއްނޫން.