ދިފާއީ ބާރުގެ ތެރެއަށް ސިޔާސީ ނުފޫޒު އިތުރުވަމުންދާ ކަމަށާއި މި ކަންކަން އިސްލާހު ކުރެވިގެން ދާނީ އަސްކަރީ ކޯޓެއް ގާއިމް ކޮށްގެން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކުރުމާ ގުޅިގެން ޝާއިއުކޮށްފައިވާ ޚަބަރެއް ޚިއްސާ ކުރަމުންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދުވަހަކު ވެސް ސިޔާސީ ނުފޫޒު ނުވަންނަ މިހާރު ސިފައިންގެއަށް ނުފޫޒު ވަންނަމުންދާ ކަމަށާއި އެމްއެންޑީއެފްގެ ކަންކަން ދަނީ "ފާލުން ނައްޓައިގެން" ކަމަށެވެ.

އެމްއެންޑީއެފް "ހަމައަކަށް އަޅުވަން" އެންމެ ބޮޑަށް ކުރަންވީ ކަންކަމަކީ ގަވާއިދުތައް ތަންފީޒުކޮށް، އުސޫލުތައް ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަސްކަރީ ކޯޓެއް އުފައްދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރެއްގެ މަގާމުގައި އާދަމް ޝަރީފް ހުންނަވަނިކޮށް އެ މިނިސްޓްރީން އޭރު ވަނީ އަސްކަރީ ކޯޓުގެ ބިލެއް ފަރުމާކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ވެސް ފޮނުވައިފައެވެ. އެކަމަކު ފަހުން އެ ބިލުގެ މަސައްކަތެއް ކުރިއަކަށް ނުދެއެވެ.

އަސްކަރީ ކޯޓަކީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އޮންނަ ޝަރުއީ ކޯޓެކެވެ. އެފަދަ ކޯޓެއްގައި މައިގަނޑު ގޮތެއްގައި ބަލަމުންދާނީ އަސްކަރިއްޔާގެ ތެރެއިން ހިނގާ މައްސަލަތަކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، މި ބިލާ ގުޅޭ ގޮތުން ފަހުން މާ ގިނަ ވާހަކަތަކެއް ވެސް ނުދައްކައެވެ. 2019 ވަނަ އަހަރު އެކުލަވާލި އާމަޖިލީހަށް މިބިލް ހުށަހަޅާފައި ނުވާތީ މިހާރު ބިލްގެ މަސައްކަތް ކުރިއަކަށް ނުދެއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޮޔަސޮރު

    ތިބޭފުޅާގެ ބާރުގައި ތިކަން ނުކުރީކީއްވެ

    5
    6
    • ލާމު

      ގާނޫނީ ގޮތުން ބާރުނުލިބި ނުކުރެވޭނެ އެ ކަމެ އް.

    • ބޭބެ

      އަސްކަރީ ކޯޓެކޭ މަދަނީ ކޯޓެކޭ ހަމަ ތަފާތެއް ނުހުންނާނެ މިރާއްޖެގައި!! ކޮންމެ ނަމެއް ކިޔާފަ ތަނެއް އުފެއްދިޔަސް މޮޑޭނީ ހަމަ ސިޔާސީ ފުއްގަނޑު!! އެފުއްގަނޑުން ހުރިހާ ހެދިކާއެއް ހަދާނީ!! މިނިވަން މުސްތައްގިއްލު ފަނޑިޔާރުގެތައް މިރާއްޖޭގައި އެބަހުރިތަ؟ މިނިވަން މުސްތަގިއްލު ޖުޑިސަލް ސަރވިސް ކޮމިޝަނެއް މިރާއްޖެގައި އެބައޮތްތަ؟ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަގިއްލު އިދާރާއެއް މިހާރު މިރާއްޖޭގައި އެބަހުރިތަ؟ ފުރަތަމަ ކުރަންޖެހޭ ކަންނުކޮށް އިތުރު ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް!! ގަހުގެ ބުޑު މުލާއެކު ނުނަގާ އަބަދުވެސް ބިންފަޅާފަ ނިކުންނަ ކުރި ބުރިކުރުމަކުން ބޭނުންވާ މަގުސަދު ހާސިލްނުވާނެ!! އެމްއެންޑީއެފާ ފުލުހުންގެ އިދާރާގައި މަސައްކަތުގައި އުޅެނިކޮށް ޑިސިޕްލިނަރީ ނުވަތަ ޖިނާޢީ ނުވަތަ މަދަނީ ކުށެއްކޮށް މިމުއައްސްސާތަކުން ކަނޑައަޅަފައިވާ އުސޫލުތަކާ އެއްގޮތަށް ޑިސްއޮނަރަބަލީ ޑިސްޗާޖްކޮށް ވަޒީފާއިން ވަކިކޮށްފައިވާތާ 7 އަހަރު 8 އަހަރު ވެފައިވާ މީހުން މިސަރުކާރުގެ ކޯޓްތަކުން މިސަރުކަރުގެ ފޭވަރޭޓުން ތިބެގެން އަލުން މިފަދަ މުއައްސަސާތަކަށް ވަޒީފާއަށް ނިކުމެވޭގޮތް ހެދުން އެއީ ފުރަތަމަވެސް ގޯސް!! އަދި ދެވަނަ ގޯހަކީ މިތަންތަނުގެ އެންމެ މަތީ މަގާމުތައް ޙަވާލުކުރުން! އެހެންވީމަ ގޯސްކޮށް ނިންމާ ކަންކަމުން އިތުރުވާނީ ހަމަ ގޯސް! މިމީހުންނަށް އޯކެއިވެދާނެ!! އެކަމަކު ގިނަބައެއްގެ ހިތުގައި ރުޅިވެރިކްމާ ނަފްރަތުނޫން ކަމެއް ނުއުފެދޭނެ!! އެތަންތަނުގައި މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ފަރާތްތަކުގެ މޫނުމަތީ ތަފާލެއް ޖެހުންނޫންތޯ މިއީ!!

  2. އއއ

    އަސްކަރީ ކޯޓެއް އުފެދުމަކީ ހައްލެއްނޫން. ހައްލަކީ ސަރުކާރުގެވެސް އަދި މަޖްލީހާއި ސިޔާސީ އެހެނިހެން ފަރާތްތަކުގެ އިޚްލާޞްތެރިކަން. ރަނގަޅަށް ބައްލަވާ ކުރިއަރަމުން އަންނަ ޤައުމުތަކުގައި، ޚާއްޞަކޮށް ސެންޓްރަލް ޔޫރަޕްގެ ޤައުމުތަކުގައި އަސްކަރީ ކޯޓްގެ ނިޒާމާ މަޑަމަޑުން ދުރައްދާ މަންޒަރު ފެންނާނެ. އަސްކަރީ ކޯޓެއް ޒަމާނީ ގޮތަށް އެކުލަވާލެވިއްޖެނަމަ ކުރިއެރުންތަކެއް ލިބިދާނެ.

  3. ލާމު

    100 ގެ ވާހަކައެއް.

  4. އަބޫ

    ހަމަ އަށް އެޅުވޭނީ ވަޒީފާއިން ކަޑާލާފަ ހުރި މީހުން އަލުން ވައްދާ ވެރިނަށް ހެދީމަ... ތިތާ ވެރިންނަށް އަސްލު ލާންވީ މަޖުލިހުގެ މެންބަރުން...

  5. މާކު

    މޮޔަސޮރު ކިޔަނީ ހެޑްލައިން އެކަނިތޯ؟ އެއޮތީ ނޫންތަ ބުނެފަ ބިލެއް ފަރުމާކޮށްފަ ފޮނުވިވާހަކަ.
    ތިޔަބުނާ ޒާތުގެ ކޯޓެއް ހެދުން މާ ލަސްވެސް ވެއްޖެ. އެއް ވެރިކަމުގަ އިޙްލާސްތެރިކަމާމެދު ސުވާލު އުފެދިގެން އެއްފަރާތް ކުރާ މީހާ އަނެއް ވެރިކަމުގެ މަތީ މަޤާމާ އެކު ޔުނިފޯމް ލަނީ. ސުވެލޭ އުފެދޭ ހިސާބުން ދެން އަލުން ވަޒީފާ ދޭންވާނީ އެވަރަށް ދިރާސާކޮށްފަ. ދިނަސް ކޮންމެ ކޮންމެ ތާކަށް ލައިގެން ނުވާނެ.