ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެދައުވާއެއްގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ޔާމީންގެ ޝަރީޢަތް ކެންސަލް ކުރީ ޝަރީޢަތް ކެންސަލް ކުރަން އެމަނިކުފާނުގެ ފަރާތުން އެދިވަޑައިގެންނެވުމުން ކަމަށެވެ.

ކޯޓަށް ހާޒިރުކޮށްގެން ޔާމީންގެ ޝަރީޢަތް ކުރިއަށް ގެންދަން ނިންމުމުން ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަކީލުން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަން ވަރަށް ނުރައްކާތެރި ޙާލަތެއްގައިވާ ދަނޑިވަޅެއްކަމަށްވާއިރު، މި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން މި ބަލިން ރައްކާތެރިވުމަށްޓަކައި، މި ދަނޑިވަޅުގައި ގެއިން ނިކުތުން ވެސް މަނާކުރެވިފައިވާއިރު، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ޔާމީން ކޯޓަށް ހާޒިރު ކުރަނީ ޞިއްޙީ ނުރައްކަލަށް ހުށަހެޅޭ ގޮތައް ކަމަށެވެ.

އެއީ "ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤަށް ހުރަސް އެޅޭ ކަމެއްކަމަށް." ކަމަށް ވަކީލުން ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދަން ތާވަލް ކޮށްފައި އޮތީ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއްގެ ޝަރީޢަތެވެ. އެދައުވާތައް ދައުލަތުން ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

މަނީ ލޯންޑްރިން މައްސަލައެއްގައި ޔާމީންގެ މައްޗަށް މިހާރު ވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް މިވަގުތު އެމަނިކުފާނު ހުންނެވީ ގޭބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޫނީ

    ގަޓުރައީސް ގޭގައޭތޯ ހުރީ؟ ތިޔަހިސާބު ގޭގޭމީހުންގެ ވޮލެޓާ ތިޖޫރީތަކަށް މިދުވަސްކޮޅު ވަކިންބޮޑަށް ސަމާލުވާތި.

    4
    12
    • ގުލްފާމް

      އާންމުގޮތެއްގައި މީހަކަށް ވަގަށްގޮވާނީ ވަގެއް. ހޯދާބަލާ މިއީ ތެދެއްކަން އެނގޭނެ.

    • Anonymous

      އޯ ބަރން. ރީނދޫ ގުންޑާ އިން ޓައުން!

    • ކާފަބޭ2020

      ތިޔަހާހެޔޮއެދޭނަމަ ސޫނީހުންނަންވީނުފާރައަށް! ކިޔާއުޅޭ ވަގުންގެފޮށިބާރަށްބަންނާނޭ! އަނެއްކާ ސުނީއަށްތިޔަވަނީ؟؟؟؟؟؟؟

    • ސޯލިހް

      ކައެ އަބަދު އޮންނަނީ ސަޖިދައިގަ ކަމަށްބުނެ ބޭރުގެ ނޫސްތަކުގަ އޮތްވާހަކަ ބުނި، އެއީ ތެދެއްތޯ؟

  2. އަލްޖިބްރާ

    މިއޯ ގަޓުރައިސް އެކަމު ބަޑުކައްކާވަރުން ގެއަށް ބަދަލުވެގެން ޗޯރު އެ ހުރީ