އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ބްލެއިކްމެއިލްކުރާ މައްސަލައެއްގެ ތަހުގީގަށް ފޮރެންސިކް ހެކިތަކެއް ފުލުހުން ހޯދައިފިއެވެ.

އަންހެން ކުއްޖަކަށް ބްލެއިލްމެއިލް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށައެޅިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ. މި މައްސަލައިގެ މައުލޫމާތުތަކެއް ފުލުހުން ތިލަކޮށްފައިމިވަނީ ދައުރުވަމުންދާ ޓްވީޓްތަކާއި ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ޓްވިޓާގައި ކާކުކަން ނޭގޭ އައިޑީއަކުން ވަނީ، އޭނާގެ އާއިލާ އަންހެން ކުއްޖަކަށް މީހަކު ބިރުދައްކައި ބްލެއިކްމެއިލް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. ކޯލް ރިކޯޑިން ތަކަކާއި ގުޅާ މީހާގެ ވަނަވަރުވެސް ޓްވިޓާގައި ލިޔެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ ޕީޖީ އޮފިހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހިމެނޭ މީހާ ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ. ޓްވިޓާގައި އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު ވެސް މިމައްސަލައިގައި ހިމެނޭ މީހާ ހުރީ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައެވެ.

ކުޑަކުއްޖަކު ބްލެކް މެއިލް ކުރުމުގެ މައްސަލަތަކުގައި 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ވެސް އައުން އެކަށީގެންވެއެވެ. ނަމަވެސް މިމައްސަލައިގެ ތަފްސީލްތައް އަދި ނޭނގޭތީ، ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އަތުވެދާނެ ހުކުމުގެ ކުޑަބޮޑުމިން ލަފާކުރާކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވޮއްލެ

    ހައްޔަރު ކުރުމުގެކުރިން އެމީހަކީ ރޯޔަލް ފެމިލީ މީހެއްތޯ ދަނީ ބަލަމުން.

  2. ޡުމާ

    .މި ދިޔައަހަރު ސެޕުޓެމްބަރ އަ ދިކިރިޔާ ފޮރެންސެކު ހެކިހޯ ދުނީ..އެކަމު ދުނިޔޭގައި ނެއްފެންވަރު ސާމާނުހުޜޭ ކީކޭބުނާނީ

  3. ޣުސްޓާ

    .ތިކަމެއްހޯ ދަން އަހަރު ވަނީ..ކީއްކުރާފޮރެންސެކު އެއްބާ..ސި،ޔާސީކަމެއްނަމަ އެއް ދުވަސް