ނިރުބަވެރިން ބަންދު ކުރަން ހުރި ގާނޫނީ ހުރަސްތައް ސާފު ކުރުމުގެ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅުއްވައިފިއެވެ.

ރިއްފަތު އާއި ސުވާލ ކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

މެންބަރު ކުރެއްވި ސުވާލުގައި ވަނީ، ޓެރިޒަމް މަނާ ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ވެސް މުޖުތަމައަށް ނުރައްކާ ހުރި ނިރުބަވެރި ކަމުގެ ތުހުމަތު އޮތް ފަރާތްތައް ބަނދުގައި ބައިތިއްބާނެ ގާނޫނީ ހުރަސްތަކެއް އޮތް ކަން ފާހަގަ ކުރަމުންދާތީ އެ ކަންކަން ސާފުކޮށްދިނުމަށެވެ.

އަދި މި މައްސަލަތަކަށް ގާނޫނީ ފަރުވާއެއް ހޯދައި ނުދީ ލަސްވަމުން ދަނީ ކީއްވެގެންތޯ ސުވާލު ކުރަން ވެސް މެންބަރު ވައްޑެ ހުށަހަޅުއްވައިފައެވެ.

ވައްޑެ އިޝާރާތް އެ ކުރައްވަނީ މި މަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫވެފައިވާއިރު ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރު ކުރެވިދާނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުވެވަޑައިގެން ވިދާޅުވެފައިވާ ވާހަކައަށެވެ.

އައްޑޫ ސިޓީން ހަރުކަށި ފިކުރު ފަތުރަމުންދާ ބަޔަކު ހައްޔަރުކޮށްފައި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ފުލުހުން ހިންގަން ފެށި އޮޕަރޭޝަންތަކަށް ފަހުގައެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލާގައި ވެސް ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

ނަޝީދު މިހާރު ހުންނެވީ ޖަރުމަން ވިލާތުގައެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވުމަށް ފަހުގައެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން އިތުރު ފަރުވާ ހޯއްދެއްވިއިރު، މިހާރު އެ ހޮސްޕިޓަލުން ވެސް ވަނީ ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަނާ

    ލާދީނީފިކުރުގެ ނުބައިކަމުންމިގައުމު ސަލާމަތްކުރައްވާ ﷲގެދީންމިގައުމުގަކުރިއަރަެިގެންދާނެ އިންޝާﷲ ނިރުބައޭ ހަރުކައްޓޭ ކިއައިގެން ދީނައްފުރައްސާރަކުރާނެކަމެއްނެތް ކެރޭނަމަ މަޖިލިސްއުވާލާފަ ދެން މެޖޯރެޓީހޯދަބަލަ...

  2. ނާސިރު

    ތިޔައީ އަހަރެންވެސް ކުރަން ވަރައް ބޭނުން ސުވާލެއް އެއީ މިގައުމުގަ ޓެރަރިޒަމައް ހިއްވަރުދީ އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުންވެސް ކުއްވެރިނުވެ އުލެވޭތީ އެއީ ކިހިނެއްވާ ކަމެއްތޯ އުފެދޭ ސުވާލު

  3. އަބްދޫ

    އެމްޑިޕީ ގެފަރާތުން ވަނީ ފަހުން ހެދި ގާނޫނުއަސަސީގެ ފުލުހުންނާއިދެކޮޅަށާ ކޯޓުން އެއްވެސް ކަމެއް ސާބިތު ނުކުރެވޭގޮތަށް އެތައްކަމެއް ގާނޫނުއަސަސީގެ ހިމަނާފަވޭ.ފުލުހުންގެ ކުރިމަތީގެ އިއުތިރާފްވެ އިއުތިރާފް ބަޔާން ކޯޓަށް ހުށަހެޅިޔަސް ގާނޫނުއަސަސީގެ 52 ބުނާގޮތުން އެއީ އެއްވެސް އެއްޗެއްނުން. މިއީ ގ. ކެނެރީގެ މުހައްމަދު ނަސީދު ޖަރީމާ ހިންގަން ގާނޫނުއަސަސީގަ ރަވާފަ އޮތް ރޭވުން. އޭނަ ހިންގާފަ އޮތް ެއްވެސް ޖަރިމައެއް ސަބިތު ވެފާ އެބައޮތްބާ؟ މިގައުމު އަނދަވަޅަކަސް ވައްޓާލީ ތިޔަ މީހުން.

  4. އަބްދޫ

    ތިޔައީ ސީދާ އޭނަ ރާވާ ހިންގިކަމެއްކަމަށް ތުހުމަތު ކުރެވޭ. އޭޑީކޭން އެބުނާ ފެންވަރުގެ ތަކެތި މެޔަށާއި ގޮހޮރަށް ވާސިލްވި އިރު މަގުމައްޗަކުވެސް އެންމެ ލެތިއްކެއްވެސް ވެއްޓިފަނެތީ އެއީ ކުރަތްޕެއްތަ؟ އޭނަގެ ބޭރުން ފެންނަން ހުރިކަމަށް ބުނާ މެށުންތަކުގަ ބޭސްއަޅާ ބެންޑޭޖް ކުރިއިރު އެތަނުންއެއްޗެއވަދެފަ ހުރި ވަހަކަ ނުބުނޭ މިތަކެތި ފެނުނީ ސްކޭންކުރީމަ އެތަކެތި ބޭރުން ނުވަދެ ގޮހޮރަށާއި މެޔަށް ދިޔައި ގޮވި ވަގުތު އަނގަ ހުޅުވިފަ ހުއްޓާ އަނގަތެރޭނެލާފަ ވަނީތަ؟ ގަބޫލު ނުކުރެވޭ ޒާރުގެ ވާހަކަދެއް ކީމާ ގަބޫލު ނުކުރެވޭނެ، ސައިކަލް މަޑި ފުންމައިގެން ދިއުމާއި ކައިރީގަ ހުރި ސައިކަލް ވެއްޓުން ނޫންކަމެއްވިތަނެއް ވީޑިއޯއަކުންވެސް ނުދެކެން. ކައިރީގަ ހުރި ފިހާރައިގެ ބިއްލޫރި ވެސް ނުތެޅޭ. އެކަހަލަ ބޮންހުރޭތަ؟

  5. އަބްދޫ

    އޭޖީ ގެ ފެންވަރު ނެތިތަ ؟ ގާނޫނު ދިރާސާ ކުރުމުގެ ގާބިލްކަންނެތީތަ؟ މަޖިލީހުގަ ތިބި ލިޔަންކިޔަން ނުދަންނަމީހުނަށް އޭޖީއަށް އޮޅުންފިލުވާދެވެނީ ކޮންކަމެއް ؟