ސައިކަލެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ/ ހ. ސަމަރގްރީންގެ، އިބްރާހިމް ޒަކަރިއްޔާ (30އ) އެވެ.

އިބްރާހިމް ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481696 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ފުލުހުން އާއްމުކުރި ޚަބަރުގައި ވިދާޅުވެފައި ވެއެވެ.

މާލޭ މަގުމަތީ ޕާކް ކޮށްފައި ހުންނަ ސައިކަލް ވަގަށް ނެގުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ވަރަށް މަދު ފަހަރަކު ނޫނީ ސައިކަލް ވަގަށް ނަގާ މީހުން ހައްޔަރެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައިވަރޭ

    މިއީ ޑުރާމާކުޅޭ ސޮރެއް ދޯ؟

  2. ރަދީފް

    ބޮޑު ވަގު.ސައިކަލް ވަގު.ލަދު ކޮބާ؟

  3. ބުއްޅަބެ.

    އައްޗި ޒަކައްޓެ ދޯ.. ސައިކަލު ޗޯރު. ޝަހުދާނު ޗޯރު ކޭޝްކާޑް ޗޯރު.