މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ބަދަލުތައް ގެނެސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
އެސްޕީޖީ އަކީ އެމްއެންޑީއެފް އިން ސެކިއުރިޓީ ދޭ ފަރާތްތަކުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ޔުނިޓެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ 6 މޭ 2021 ގެ ޓެރަރިސްޓް ޙަމަލައާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ރައީސް ވަނީ އަންގަވާފައި ކަމަށެވެ.
އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެނައިކަން އިއްޔެ އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ. އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި، އެސްޕީޖީގެ ކޮމާންޑަރުގެ މަގާމަށް މިހާރު ކާނަލް އަބްދުލް މުއިއްޒު ވަނީ އައްޔަން ކޮށްފައެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް މޭޖާރ މޫސާ ރަމީޒު ވަނީ އައްޔަންކޮށްފައެވެ. އެސްޕީޖީގެ ކޮމާންޑަރަކަށް އައްޔަން ކުރި މުއިއްޒު އަކީ ކުރީ ސަރުކާރުގައި ސިފައިންގެ ކަނޑާލާފައި ވަނިކޮށް މިސަރުކާރުން އަލުން ސިފައިންގެ ވަޒީފާ ދިން ބޭފުޅެކެވެ.
އެމްއެންޑީއެފްގެ އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފައި ވަނީ، ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް އިން ގޯސްތަކެއް ހަދާފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.
2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ވެސް އެސްޕީޖީ އަށް ބަދަލުތަކެއް ގެނައެވެ. އެފަހަރު އެސްޕީޖީގެ ތެރެއިން ވަކި ޔުނިޓެއް އުފައްދަވާ، އެޔުނިޓް ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހާއްސަ ކުރިއެވެ.
ސަރުކާރާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެ މުނާފިގުވެގެން ކަނޑާލި ހުރިހާ މީހުން މިސަރުކާރަށް މިގެންނަނީ. ދެން ރައްޔިތުންނަށް މިސަރުކާރުން ހެޔޮކަމެއްކޮށްދޭނީ ކިހިނެއް؟
ވެރިކަމުގަ ހުރީ ފޮޓޯ ލޯގަނޑެއް.ދަނޑުތަކުގަ ވާ އަދި ދޫނި ފަދަތަކެތި ކާރި ނުވާގޮތަށް ހުންނަ “ސްކެއާކްރޯ” ވެސް ތަންކޮޅެއް ހަރުދަނާކޮށް މަސައްކަތްކުރޭ.ވވ.ވެދުން
ބިރުފުޅުގަތީ އޮތަ
މޑޕ ހަމަ ރީތިކޮއް ދެފަޅިވީ ތި.
ރައީސްތާ އަންގާނީ، ދެން ކާކު މޯދީތަ އަންގަންވީ.