އިންޑީއާ ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އެމްއެންޑީއެފް އާއި އިންޑިއާގެ ނޭވީ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ޖޮއިންޓް އޭރިއަލް ސަވައިލެންސް ޕެޓްރޯލެއް މިއަދު ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ ޑޯނިއާ ދެ ބޯޓު ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.

އެމްއެންޑީއެފް އާއި އިންޑިއާއާއި ނޭވީ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ އިރު މި ދެގައުމު ގުޅިގެން ކޮންމެ އަހަރަކު ވެސް ދަނީ ތަމްރީން ޕުރޮގުރާމް ތަކާއި ހާއްސަ އޮޕަރޭޝަންތައް ވެސް ދޭތެރެ ދޭތެރެއިން ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު