މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ވަޒީފާތަކަށްް އެދި ހުށަހެެޅޭނީ ހަމައެކަނި އޮންލައިންކޮށްް ކަމަށް އެކުންްފުނިން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެެސްސީ އިން މިއަދު ނެެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މާދަމާ އިން ފެށިގެން އެކުންފުނީގެ ވަޒީފާތަކަށް އެދި ހުށައެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށާއި، މިގޮތުން، އޮންލައިން އެޕްލިކޭޝަން ލިންކްގައިވާ ފޯމް ފުރުމަށްފަހު އޮންލައިންކޮށް ވަޒީފާ ތަކަށް އެދި ހުށައެޅޭނެ ކަމަށެވެ.

އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖައްސާފައި މިވަނީ، ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ތިމާވެއްޓާއި ރައްޓެހި، އަދި ރައްޔިތުންނާއި ވީހާވެސް ގާތުން ލުއިފަސޭހަގޮތެއްގައި، ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

"މިގޮތުން، އޮންލައިންކޮށް، ކޮންމެ ވަގުތެއްގައި، ކޮންމެތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއި އެކު ވަޒީފާއަށް އެދި ހުށައެޅޭނެ ކަމަށާއި، މިފަދައިން އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖެހިގެންދިޔުމުން، ވަޒީފާއަށް އެދި ހުށައެޅުމާއި ވަޒީފާއަށް
މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދަށްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް
މަގުފަހިވެގެންދާނެކަމަށް މިކުންފުނިން ދެކެމެވެ." އެމްޑަބްލިއުއެެސްސީ އިން މިއަދު ނެެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކޮވިޑް 19 ގެ މިހާލަތުގައި، ޚިދުމަތްތައް ހޯދުމުގައި އެކުންފުނީގެ އޮންލައިން ޕްލެޓްފޯރމްތައް ބޭނުންކުރުމަށް އެދޭކަމަށް އެކުންފުނިންް ވަނީ ވިދާޅުވެފައެވެ.