ދެފުށަށް ކެނޑޭ މެމްބަރުނެއް ބޭނުމެއް ނޫންކަމަށާއި އިޚްލާސްތެރި މެންބަރުންނާއެކު ރައްޔަތުންގެ މަޖިލީހުގެ އަޤުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"...އަޣުލަބިއްޔަތު ހޯދާނަން. އަޅުގަނޑުމެން އަޣުލަބިއްޔަތު ހޯދަން ބޭނުމީ އިޚުލާސްތެރި މެމްބަރުންނާ އެކީގައި. އަޅުގަނޑުމެން ބޭނުމެއް ނޫން ދެފުށަށް ކެނޑޭ މެމްބަރުންނާ އެކީގައި އަޣުލަބިއްޔަތު ހޯދާކަށް،" ރުމާލު 2 ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ އެހެން ވިދާޅުވެފައި މިވަނީ އިދިކޮޅު މެންބަރުންގެ އަދަދު 44 އަށް އިތުރުވެ، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިފަ ދަޑިވަޅެއްގަ އެވެ. މިދިޔަ ހަތަރު އަހަރު މަޖިލީހުގައި ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތުއޮތް ނަމަވެސް، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދު ވަނީ 41 އަށް ދަށްވެފަ އެވެ. އެއީ، ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ.

ދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ 21 މެމްބަރުން ތިއްބަވައިގެން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި އެމަނިކުފާނު ކުރިން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި މައިނޯރިޓީއާއެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެވޭނެ ކަން ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ހުންނަވަނީ "ހެވިފައި" ކަމަށެވެ.

މީގެ އިތުރުން މިއަަދު ނެގުނު ވޯޓަށް މޫސަވަނީ އަލިއަޅުވާލާފައެވެ. މޫސަ ބުނެފައިވަނީ މަޖިލީހުގައި ވޯޓެއް ނަގާ ވަގުތު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބަވަން ޖެހޭނެ ކަމަށާއި މެމްބަރުން ވަޑައިނުގަތުމުގެ ސަބަބުން ރައްޔިތުންގެ ހައްގު ގެއްލޭ ކަމަށެވެ. މިއަދު ރައްޔަތުންގެ މަޖިލީހުގައި ކުއްލި ނުރަައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށްނެގި ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރު ބައިވެރިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާއިދު

    ރުފިޔާއަށް ވިކިގެން ދިޔަ މެމްބަރުން އެޔަށްވުރެ ގިނަ ރުފިޔާދިނީމާ ކޮޅު ބަދަލުކުރާނެ! މިއީ ތޯތޯއެއްނޫން! ނުވަތަ ދެންބުނި ފައިސާ ހަމަޔަށް ނުދޭނަމަވެސް ކޮޅު ބަދަލުކުރާނެ! ޤިޔާމަތަށްދާންދެންވެސް މިފަދަ މީސްމީހުން އުޅޭނީ މިހެން!

  2. ޒަޢީމާ

    އިދިކޮޅުމީހުން ފައިސާދީގެން ކޮޅުބަދަލުކުރި މީހުން އެމީހުން ދާއިރަތަކަށް ހޮވައިދިން ރައްޔިތުންނަށް ކުފުރުވެއްޖެއެވެ.

  3. ތަރަސޯޓު

    އަނހަ މީއެއްކަލަ މޫސާ ދޯ ކެނެރީގޭ ކަލޭގެވެރިކަމުގަވެސް ބުނީމެއްނު 500 އަހަރުންވެސް ނުކެރޭނޭ ވެރިކަން ވަށްޓާލަން
    އެހެން ވީމާ ތިހުރީ އެއްގޮތަށް ތާ!
    އެނގޭ މޫސާ ޔާމީނު ކަލެއްށް އިތުބާރުނުކުރޭ ތިޔައީ
    ޕީޕީ އެމްވެސް ހަލާކުކުރަން ކަން އެނގޭ
    ޕީ.ޕީއެމް ސަޕޯޓަރުން (އަހަރެމެން ސަޕޯޓެއްނުކުރާނަން)

  4. މގަމާރުގ

    ޠީދޯަާަަ

  5. ފާތުން

    މިހާރުވެސް ކޮޅަކަށް ގުޑިލަން ނުކެރިފަ ތިހުރީ ރިސޯޓް ހެދުމަށްފަހު ޔާމީނުއަށް 25% ހިއްސާ ދީފައި އަދި ނުވިތާކަށް އަފްރާށިމްގެ މަރުގެ މައްސަލައިގައި ދަނބިދަރީގެ އަތެއްވާތީވެ އިތުރަށް ގުޑިލިޔަސް ދެން ޔާމީނުކިބައިން ސަލާމަތެއްނެޔްކަން އެނގޭތީވެ